ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް މައްސަލަ: މަންޑޭގެ އެޕާޓްމެންޓް ތަކަށް ފުލުހުންވަދެ ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭޕާކް ރެސިޑަންސްގެ ލޯކަލް އެޖެންޓްގެ ގޮތުގައި މަސައްކަތް ކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ އެޕާޓްމެންޓްތަކަށް ފުލުހުންވަދެ ފާސްކޮށްފިއެވެ.

ފުލުހުން މަންޑޭގެ އެޕާޓްމެންޓް ތަކަށް ވަދެ ފާސްކޮށްފައިވާ ކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ފުލުހުން  މިއަދު ބުނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާ ގުޅުންހުރި ބައެއް ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަމްބޯ ކުންފުނީގެ މައި ހިއްސާދާރު ޖިން ޝިހޫ މިމަހުގެ 3 ވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަކާރައި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކާ އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަަމަށެވެ. އަދި ފްލެޓްތައް ވިއްކުމުގައި ޖިންގެ ސޮއި ފޯޖްކޮށްފައިވާ ލިއުންތަކެއް ހަދައި ވިއްކި ފްލެޓްތަކުގެ އެއްވަސްވުންތަކުގައި މަންޑޭ އާއި އޭނާގެ ޕާޓްނަރު ޖައިސަން ސައީދު ސޮއިކޮށްފައިވާ ކަމަށެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކް އެކައުންޓް ހުޅުވާފައިވާއިރު، ކުންފުނީގެ އެމްޑީއަށް ނޭނގި އެނާގެ ސޮއި ފޯޖްކޮށްގެން ބީއެމްއެލްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދިކަމަށް ވެސް ޖިން ވަނީ ތުހުމަތުކޮށްފައެވެ.

މަންޑޭއަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ރޭ އޭނާ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ މައި ހިއްސާދާރު ޖިން، އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރީ އޮޅުވާލައިގެން ފްލެޓްތަކެއް ވިއްކުމަށްފަހު ފިލަން އުޅުމާއި ކުންފުނީގެ ޝެއާއަށް އަދި ޑައިރެކްޓަރުންގެ ބޯޑަށް ޖިން ގެންނަން ބޭނުންވި ބަދަލުތަކަށް މަންޑޭ ދެކޮޅު ހެދުމުން ކަމަށެވެ.

މަންޑޭއަށް ތުހުމަތު ކުރަނީ ވަރަށް ބޮޑަށް ރާވައިގެން ކަން ފާހާގަކޮށް ބަޔާނުގައި ބުނެފައިވަނީ ހަންބޯ ކޮމްޕެނީގައި އޮތް ޖިންގެ 95 ޕަސެންޓް ހިއްސާގެ ތެރެއިން އެއް ޕަސެންޓް ހިއްސާ އެ ކުންފުނީގެ ސައިޓްގައި މަސައްކަތް ކުރާ ޗައިނާގެ ރައްޔިތެއް ކަމަށްވާ ވޫ ޒީ އަށް ޓްރާންސްފަރ ކުރުމަށް ޖިން ބޭނުންވި ކަމަށެވެ. އަދި ކުންފުނީގެ ބޯޑުގައި ދެ ޑައިރެކްޓަރުން ތިއްބާ އިތުރު ޑައިރެކްޓަރަކު ބޯޑަށް އައްޔަންކޮށް ބޯޑުގެ ކޯރަމް ދެ ޑައިރެކްޓަރުންގެ މައްޗަށް ބަދަލު ކުރުމަށް ޖިން މަސައްކަތް ކުރި ކަމަށްވެސް މަންޑޭގެ ބަޔާނުގައި އޭނާ ބުނެފައިވެއެވެ.

ހަންބޯ ކުންފުނީގެ މައި ހިއްސާދާރު ޖިން އާއި ހުޅުމާލެ ހިންގުމާއި ހަވާލްވެ އޮތް ކުންފުނި އާރބަންކޯ އިން ވަނީ މަންޑޭގެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ  ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭޕާކް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ.

އިމާރާތުގެ މަސައްކަތް ނިންމާނެ ކަމަށް ބުނި އެއްވެސް ތާރީހަކަށް އަދި މިހާތަނަށް މަސައްކަތް ނިމިފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: