ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ފަހު ކުއާޓާގައި ކަސްޓަމަރުންނަށް ފްލެޓްތައް ހަވާލު ކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ކޭޕާކް

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭޕާކް ރެސިޑަންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތަރައްޤީ ކުރަމުންދާ “ކ-ޭޕާކް” ރެސިޑެންސް ގެ އެޕާޓްމަންޓްތައް މިއަހަރުގެ ފަހު ކުއާޓާގައި ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޭޕާކް ކުންފުނީގެ ފަރާތުން ބުނެފިއެވެ.

ކުންފުނީގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ކުންފުނީގެ ހިންގުމަށް އެ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ޙަސަން މަމްދޫޙުގެ ފަރާތުން ކުރިމަތިކުރުވި ހުރަސްތައް ނައްތާލެވިފައިވާތ،ީ ކުންފުނީގެ ފަރާތުން އިޢުލާނުކޮށްފައިވާ ގޮތަށް މިއަހަރުގެ ފަހު ކުއާޓާގައި ކަސްޓަމަރުންނާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުމަށްޓަކައ،ި ކޯޓާ އިތުރުކޮށް ލޭބަރުން ގެނައުމަށް ކުންފުނީގެ ފަރާތުން ފާސްކުރަންޖެހޭ ކަންކަން ފާސްކޮށް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް އެކަންކަން މިހާރު ދަނީ ކުރަމުންނެވެ.

ބަޔާނުގައި ބުނެފައި ވަނީ ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތަރައްޤީ ކުރަމުންދާ “ކ-ޭޕާކް” ރެސިޑެންސް ގެ އެޕާޓްމަންޓްތައް ކުންފުންޏަށް އެނގުމެއްނެތި ވިއްކާފައިވާތީ އާއި ވިއްކުމުގެ މުޢާމަލާތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ސޮއި ފޯޖުކޮށްގެން ހިންގާފައިވާ މުޢާމަލާތްތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުންފުނީގެ ފަރާތުންކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާތަނަށް ކުންފުނީގެ ފަރާތުން މި މައްސަލާގައި ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވަނީ ބުނެފައެވެ. 16 މެއި 2023 ގައި ބޭއްވުނު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް ތަފްޞީލީ ގޮތެއްގައި މައްސަލައިގެ މަޢުލޫމާތު ޙިއްސާކޮށްދެވިފައިވާ ކަމަށް ހަމްބޯ ކުންފުނިން ވަނީ ބުނެފައެވެ. އަދި މި ބައްދަލުވުމަށް ހާޟިރުވި ފަރާތްތަކާއި ކުންފުންޏަށް ލިޔެކިޔުންތައް ޙިއްޞާކޮށްދެއްވި ބޭފުޅުން ހިމެނޭގޮތުން ގަވާއިދުން މަޢުލޫމާތު ބަދަލުކުރެވެމުންދާ ކަމަސް ވެސް ވަނީ ބުނެފައެވެ.

ހަމްބޯ ކުންފުނީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޭޕާކް ޕްރޮޖެކްޓާ ގުޅިގެން މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނީގެ ބޯޑު ބައްދަލުވުން ބޭއްވުމަށް ޙަސަން މަމްދޫޙުގެ ފަރާތުން ކުރިމަތިކުރުވި ގޮންޖެހުންތަކެވެ.  ނަމަވެސ،ް ކުންފުނީގެ ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށްފަހ،ު ނިންމި ނިންމުން 25 މެއި 2023ގައި ތަންފީޛުކުރުރެވިފައިވާތީ ކުންފުނީގެ ބޯޑު ބައްދަލުވުން ބޭއްވުމަށް ޙަސަން މަމްދޫޙުގެ ފަރާތުން ކުރިމަތިކުރުވި ހުރަސްތައް މިހާރު ނައްތާލެވިފައިވާ ކަމަށް ހަމްބޯ ކުންފުނިން ވަނީ ބުނެފައެވެ.

މި ބަދަލު ގެނެވިފައިވަނީ ކުންފުނީގެ ޙިއްސާ އަށް ބަދަލުތަކެއް ގެނެސް އާ ޙިއްސާދާރެއް އިތުރުކޮށ،ް ކުންފުނީގެ ބޯޑަށް ޑިރެކްޓަރަކު އިތުރުކޮށްގެންނެވެ. މިކަމުގެ ސަބަބުނ،ް ކ-ޭޕާކް ޕްރޮޖެކްޓާ ގުޅިގެން ކުންފުނީގެ ފަރާތުން އާބަންކޯ އަދި ދައުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތް ބާރުދުވެލީގައި ކުރެވޭނެ ކަމަށް ވެސް ހަމްބޯ ކުންފުނުން ވަނީ ބުނެފައެވެ.

ހަމްބޯ ކުންފުނީގެ ބަޔާނުގައިވާ ގޮތުގައި ކުންފުނީގެ ފަރާތުން މިހާރު ކުރަމުންދާ މަސައްކަތަކީ 02 މެއި 2023 ވަނަ ދުވަހު ކުންފުނީގެ ފަރާތުން ޢާންމުކުރި އިޢުލާނަށް އިޖާބަދ،ީ އެ އިޢުލާނުގައިވާ ގޮތުގެމަތިން ކުންފުންޏަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތެވެ.

.ޙަސަން މަމްދޫޙުގެ ފަރާތުން ކުންފުނީގެ ލިޔެކިޔުންތައް ހިފަހައްޓައި އެލިޔުންތައް ލިބިފައިނުވާތީ އާއި ތަޙްޤީޤަށް އެއްބާރުލުންނުދީ ހެކި ނައްތާލުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުކޮށް ބަޔާނުގައި ބުނެފައި ވަނީ އެކަމުގެ ސަބަބުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށްވެސް އެ ލިޔެކިޔުންތައް ފުރިހަމައަށް ލިބޭގޮތް ވެފައިނުވާތީ ލިޔެކިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތަށް ގިނަގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ވެސް ހަމްބޯގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ކުންފުނީގެ ފަރާތުން އެދެނީ ދިވެހި ފުލުހުންގެ ޚިދުމަތުން އެދިފައިވާ ފަދައިން އެ އިދާރާއަށް ރިޕޯޓުކޮށް މަޢުލޫމާތު ޙިއްސާކޮށްދިނުމަށް ކަމަށް ވެސް ހަމްބޯ ކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: