ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ފިކުރެއްގެ ދިރުން” ނަމުގައި ރައީސް ނަޝީދު ސިޔާސީ ޕާޓީއެއް އުފައްދަނީ!

އެމްޑީޕީ ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: އަރީހު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު އެ ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތް “ފިކުރެއްގެ ދިރުން ސިޔާސީ ޕާޓީއެއްގެ ގޮތިގައި ރަޖިސްޓްރީކޮށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމައިފިއެވެ.

ފިކުރެއްގެ ދިރުން އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ކަނޑައަޅާނީ ޑިމޮކްރެޓިކް އުސޫލުގެ ތެރެއިން ކަމަށާއި ޕާޓީ ރަޖިސްޓްރީ ކުރުމުގެ ކަންކަން ނިމުމުން ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ފިކުރެއްގެ ދިރުންއިން ވާދަ ކުރާނެ ކެޑިޑޭޓަކީ ރައީސް މުހައްމަދު ނަޝީދު ތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އިވާ އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވި އެވެ. އީވާ ވިދާޅުވީ ރައީސް ނަޝީދު ނިންމަވާ ގޮތެއް އޭނާއަށް ވިދާޅުވާން ދަތި ކަމަށެވެ.

މީގެއިތުރުން އީވާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެއްވެސް ސިޔާސީ ޕާޓީއަކާ އިއްތިހާދުވާން ޖެހިއްޖެނަމަ އެކަމަށް ވެސް ތައްޔާރު ކަމަށެވެ. ފިކުރެއްގެ ދިރުން ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރައީސް ނަޝީދު ނިންމެވިއިރު އެމަނިކުފާނު އެމްޑީޕީން އިސްތިއުފާ ދެއްވާފައެއް ނުވެއެވެ. ނަމަވެސް އެމަނިކުފާނާއި އެކު މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ އެމްޑީޕީން ވަކިވެ ވަޑައިގެންފައެވެ.

ޕާޓީން ވަކިވި މެމްބަރުންގެ ތެރޭގައި :

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް

މާފަންނު މެދު ދާއިރާގެ  މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް

މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު

މަޖިލީޙުގެ ނައިބް ރައީސް އިވާ ވިދާޅުވި ގޮތުގައި  އެމްޑީޕީން އެބޭފުޅުން ވަކިވެވަޑައިގަތީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާ ހިލާފަށް ޕާޓީ އާއި ސަރުކާރު ހިންގަމުންދާތީ ކަންކަން އިސްލާހުކުރުމަށް އަދި ސަރުކާރު ޖަވާބުދާރީކުރުވުމަށް އެއްވެސް ފުރުސަތެއް ނުލިބުމުން މިނިވަންކަމާ އެކު އެ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: