ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރުމުގެ މަޝްވަރާތައް ފަށައިފި!

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމުގެ މަޝްވަރާތައް ފަށާއިފިކަން ހާމަވެއްޖެއެވެ.

މި މަޝްވަރާތައް ފަށާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުންނެވެ. މިކަން ކަށަވަރުކޮށްދެއްވާފައިވަނީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ.

މި މަޝްވަރާތައް ފަށާފައި މިވަނީ އީވާ އެމްޑީޕީއިން ވަކިވެފައިވަނިކޮށެވެ. އެމްޑީޕީއިން ވަކިވެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ “ފިކުރެއްގެ ދިރުން” އިން އުފައްދަވާ ޕާޓީއަށް އޭނާގެ ތާއީދު އޮތްކަން އީވާ ވަނީ ހާމަކޮށްފައެވެ. އީވާ ވިދާޅުވީ މަގާމެއްގެ ބިރުވެތިކަމުގައި ޕާޓީ އުފެއްދި މަގުސަދުތަކާއި ހިލާފުވަމުން ގެންދާ ޕާޓީއެއްގައި ނުހުންނަވާނެކަމަށެވެ. ނަމަވެސް އޭނާ އަމިއްލައަށް މަޖިލީހުގެ ނައިބުކަމުން އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވިއެވެ.

އީވާއަކީ ފާޅުކަން ބޮޑު ގޮތެއްގައި އެމްޑީޕީގެ މި ވެރިކަމަށް ތާއީ ނެތްކަމާއި، މި ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާކަން ހާމަކުރައްވާ، މި ސަރުކާރާއި ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި ވަކާލާތުގެ ކުރައްވަމުން ގެންދަވާ މެންބަރެކެވެ. އީވާ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޣާމުން ވަކިކުރުމުގެ މަޝްވަރާތައް ފަށާފައިވާއިރު، އެމްޑީޕީއިން ދާދި ފަހުން ވަނީ ޕާލިމަންޓްރީ ގުރޫޕުގެ މަޝްވަރާތަކަށްފަހު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ޕާޓީއިން ވަކިކޮށްފައެވެ.

އާޒިމް ޕާޓީން ވަކި ކުރުމަށް ނިންމައި އެޅި ފިޔަވަޅުތަކުގެ ތަފްސީލީ ރިޕޯޓު ވެބްސައިޓުގައި ވަނީ އާއްމުކޮށްފައެވެ. އެގޮތުން ކޮމިޓީގެ ރިޕޯޓުގައި ވާގޮތުން މައްސަލަ ލިބިފައި ވަނީ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް އާޒިމް ހަރަކާތްތެރިވާކަމާއި، އެކަންކަމަކީ ފިޔަވަޅު އަޅަން ޖެހޭ ސަބަބުތަކެއްކަން ފާހަގަކޮށް ފިޔަވަޅު އަޅައިދޭން އެދި ޕާލިމަންޓް ގުރޫޕުގެ ފަރާތުންނެވެ.

ޕީޖީން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ފުރަތަމަ ނުކުތާއަކީ އާޒިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކޮށްފައި ވުމެވެ. ދެވަނަ ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، ސިޔާސީ ގޮތުން އިދިކޮޅު ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުކިއުންތައް އަމާޒުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ދެ ފަހަރެއްގެ މަތީން ބައިވެރިވެފައި ވުމެވެ.

އެއީ ޗާގޮސްގެ މައްސަލައިގައި މަޖިލީހުގެ އިދަރާގައި ބޭއްވި ޕްރެސް އާއި، ހޮޓެލް ޖެންގައި ދާދި ފަހުން ބޭސްވި ނޫސްވެރިންގެ ބައްދަލުވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: