ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މިހާރު އޮތީ ކުރިއަށްވުރެ ވަރުގަދަކޮށް: ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުންގައި ހިމެނިވަޑައިގަންނަވާ މެމްބަރުން އެމްޑީޕީ ދޫކުރެއްވުމަކީ ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއެއްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސިފަކުރައްވައިފިއެވެ.

ރިޔާސީ ކެނޑިޑަސީއާއި ގުޅުވައި ވެރިކަން ކުރާ މައި ޕާޓީގެ ތެރޭގައި އޮތް ވާދަވެރިކަން ބޮޑުވެ، ޕާޓީގެ ތެރޭގައިވާ ރައީސް ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުގެ އިސް މެމްބަރުންނާއި ބައެއް އާންމު މެމްބަރުންވެސް ވަނީ ޕާޓީއިން ވަކިވެވަޑައިގެންނެވިކަން އެކި ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރައްވާފައެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް އިސްތިއުފާ ދެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާއިރު، ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައިނުވެއެވެ.

ކާމިޔާބީއެއް ލިބިވަޑައިގެންފައިވާކަމަށް ސިފަކުރައްވާ ޝަރީފް ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، އެ ޕާޓީގެ އިސް މެމްބަރުންގެ ގޮތުގައި ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުން ވަކިވެވަޑައިގަތުމުގެ ސަބަބުން ޕާޓީ ބަލިކަށިވެގެން ނުދާކަމަށެވެ. ޝަރީފް ވިދާޅުވީ، އެމްޑީޕީ މިހާރު އޮތީ ކުރިއަށްވުރެ ބާރުގަދަވެފައިކަމަށެވެ. އެނާ ވިދާޅުވީ، ޕާޓީގެ ތެރޭގައި ތިބެގެން މައްސަލަތައް އުފައްދައި ޕާޓީ ހަލާކުކޮށްލުމަށް މަސައްކަތްކުރާ މީހުން އެންމެ ފަހުން ޕާޓީ ދޫކޮށްލާފައިވާކަމަށެވެ.

ޝަރީފްވަނީ ރައީސް ނަޝީދަށްވެސް ބަހުގެ ހަމަލާއެއް ރައްދު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފެނިގެންދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓު އެންމެހާ ވަޒީރުން އެއް ފަހަރާ އިސްތިއުފާ ދެއްވި މަންޒަރާއި އެއްފަދަ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެ ދުވަހުވެސް ރައީސް ނަޝީދު އިސްތިއުފާ ނުދެއްވާކަމަށެވެ. އަދި މިހާރު ފިކުރެއްގެ ދިރުން ޓީމުގައި ހިމެނިވަޑައިގަންނަވާ މެމްބަރުން އާ ޕާޓީއެއް ހެދުމަށް މަސައްކަތްކުރަމުންދާއިރުވެސް ރައީސް ނަޝީދު އިސްތިއުފާ ނުދެއްވާ ހުންނަވައިގެން އެ މެމްބަރުން ކުރިއަށް ނެރުއްވައިގެން ހުންނެވިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: