ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ފިކުރެއްގެ ދިރުން” ގެ މެންބަރުންނަށް ނަސޭހަތްތެރިވުމުން ޖާބިރު މަޖިލީހުން ބޭރުކޮށްފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ނަން އިއުވުމަށްފަހު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.

އޭނާ ތަޅުމުން ބޭރުކުރީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ފެނަކައާއި ބެހޭ ގޮތުން ހުށައަޅުއްވާފައިވާ ގަރާރުގެ ބަހުސްގެ ފުރުސަތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށްގެންދަވާ “ފިކުރެއްގެ ދިރުން” އަށް ނިސްބަތްކުރައްވާ ދެއްކެވި ވާހަކަތަކަށްފަހުއެވެ. ޖާބިރު ވަނީ ރައީސް ނަޝީދު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މަސައްކަތްކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ. ޖާބިރު ވިދާޅުވީ ރައީސް ނަޝީދު ހުންނެވީ ޑިމޮކްރަސީ ސޮއްސާލުމަށްފަހު ނިކުމެވަޑައިގެންކަމަށެވެ. އަދި ރައީސް ނަޝީދު މަސައްކަތްކުރައްވަމުން ގެންދަވަނީ މަޖިލީހުގެވެސް އުސޫލުތަކާއި ހިލާފަށްކަމަށް ވިދާޅުވިއެވެ.

ޖާބިރު ވަނީ ރައީސުލްޖުމްހުރިއްޔާ އިބްޜާހީމް މުހައްމަދު ސާލިހާއި ޗެލެންޖުނުކުރުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ. “ފިކުރެއްގެ ދިރުން” އަށް ކާމިޔާބީ އޮތީ އިސްވެ ރައިސް ސާލިހާއި ވާހަކަދައްކަވައިގެންކަމަށް ޖާބިރު ވިދާޅުވުމާއިއެކު، ރައީސް ނަޝީދު ވަނީ ހުށައެޅިފައިވާ ގަރާރަށް ބަހުސްކުރެއްވުމަށް އެދިފައެވެ.

މިރާއްޖޭގެ އެކިއެކި ބޭފުޅުންނަށް ނަސޭހަތްދެއްވުމާއި، އެބާވަތުގެ ކަންކަން އެހެން ގޮތަކަށް ހުށައަޅުއްވައިގެން ކުރިއަށް ގެންދެވުން އެދެން.

ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު ޖާބިރު ވަނީ ރައީސް ނަޝީދުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ. މަޖިލީހުގެ ނިޒާމު ގެއްލޭފަދައިން އަޑުގަދަކުރުމުން ޖާބިރުގެ ނަން ރިޔާސަތުން އިއްވިއެވެ.

ވަރަށް ގަދަ
18%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 82%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: