ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ4 ނައިބު ރައީސްކަމުގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.

އީވާ އަބްދުﷲ ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އީވާ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރުމުގެ މަޝްވަރާތައް ފަށާފައިވާކަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހާމަކުރައްވާފައިވަނީ، އީވާ އެމްޑީޕީއިން ވަކިވެވުމުންނެވެ.

އީވާއަކީ ފާޅުކަން ބޮޑު ގޮތެއްގައި އެމްޑީޕީގެ މި ވެރިކަމަށް ތާއީ ނެތްކަމާއި، މި ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާކަން ހާމަކުރައްވާ، މި ސަރުކާރާއި ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި ވަކާލާތުގެ ކުރައްވަމުން ގެންދަވާ މެންބަރެކެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކުއެވެ. އެހެންކަމުން މި ދެ މަގާމުން ކުރެ މަގާމަކުން ބޭފުޅަކު ވަކިކުރައްވަނީނަމަ 22 މެންބަރުންގެ ސޮއި ބޭނުންވާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: