ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫރަޕަށް އެކްސްޕޯޓުުރާ މަހުން ނަގާ ޑިއުޓީ ކަނޑާނުލެވި އޮތީ ސަރުކާރުން ބޭނުން ނުވާތީ: ބޮންޑެ

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫރަޕަށް އެކްސްޕޯޓުުރާ މަހުން ނަގާ ޑިއުޓީ ކަނޑާނުލެވި އޮތީ ސަރުކާރުން ރައްޔިތުންނަށް ހެވާ ލާބަ ނޭދޭތީކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެއްކަމަށެވެ. މިކަމަށްޓަކައި މަޖިލީހުން ކުރި މަސައްކަތްތަކަށް އަލިއްއަޅުއްވައި އިބްރާހީމް ރަޝީދު ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމަށް މަޖިލީީހުން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މަސްވެރިކަމާއި ބެހޭ ގާނޫނެއް އެކުލަވާލުންކަމަށެވެ.

އެ ގާނޫނުގައި އޮފްޝޯ ޕްލެޓްފޯމްތައް އެޅުމަށާއި އަދި ދިވެހިރާއްޖޭގެ މަސްދޯނިފަހަރު ބޭރުގެ އެކި ގައުމުތަކަށް ގޮސް މަސްކިރުމުގެ މަސައްކަތްކުރުމަށްވެސް ހިމެނިކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. ދިވެހި ރާއްޖޭގެ މަސްވެރިކަން އެހެން ހިސާބަކަށް ކުރިއެރުވުމަށްޓަކައި އަމާޒު ކަނޑައެޅިކަމަށާއި، މިއާއިއެކު މަސައްކަތް ކުރަމުންދިޔައީ ދިވެހިރާޖެއިން ޔޫރަޕަށް އެކްސްޕޯޓުުރާ މަހުން ޔޫރަޕުން ނަގާ ޑިއުޓީ ކަނޑާލުމަށްކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ނަމަވެސް ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތުތަކުގެ މިހާރު ބައްޓަންވެފައި ހުރީ ރައްޔިތުންގެ ލާބައާއި މަންފާއަށް ނޫންކަމުން ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން ވަކާލާތު ނުކުރާކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އިބްރާހީމް ރަޝީދު ވިދާޅުވީ ދައުރު ނިމިގެން މިދަނީ މިކަންވާނެކަމަށް ސަރުކާރުން ބުނަމުންދަނިކޮށްކަމަށެވެ.

ދިވެހިރާއްޖޭގައި މިހާރު ބޭރުގެ ހާރިޖީ ސިޔާސަތުތައް ބައްޓަންވެފައި އޮތް ގޮތުނ، އެއީ އަޅުގަނޑުމެން ގަބޫލުކުރި އެމްޑީޕީގައި އަބަދުވެސް ވަކާލާތުކުރާނީ ރައްޔިތުންގެ ފައިދާއާއި ލާބަޔާއާއި މަންފާއަށްޓަކައިކަމަށް. އެހެން ނަމަވެސް ދިވެހިރާއްޖޭގެ މަސްވެއރިންގެ އަތުން ނަގަމުންދާ. މަސްވެރިންގެ ޖީބަށް ވަންނަޖެހޭ މި ދެންނެވި 22% ފައިސާ ކަނޑާލާކަން ވަކާލާތެއް ނުކުރޭ ދިވެހި ސަރުކާރު.

މީގެ އިތުރުން އިބްރާހީމް ރަޝީދު ވަނީ ޗާގޮސްގެ މައްސަލައަށް އަލިއަޅުއްވައި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ދިވެހި ސަރުކާރުން ވަނީ މަހުގެ ވިޔަފާރި މޮނިޕޮލީކޮށްފައި އޮތް ގައުމަކަށް ރާއްޖޭގެ އަތޮޅެއް ވިއްކާލާފައިކަމަށެވެ. އޭނާ އެ އިޝާރާތްކުރެއްވީ މޮރިޝަސްއަށެވެ. އިބްރާހީމް ރަޝީދު ވިދާޅުވީ އޭނާ އުއްމީދުކޮށްގެން ހުރީ މި ސަރުކާރުން މަސްވެރިންނާއި، އަދި ދިވެހި ރައްޔިތުންގެ އިގްތިސާދަށްޓަކައި މަސައްކަތްކުރައްވާނެކަމަށް ނަމަވެސް، ސަރުކާރުން މަސައްކަތްކޮށްދެއްވީ، އަދި އިސްކުރީ މޮރިޝަސްގެ މަސްލަހަތުކަމަށެވެ.

ގައުމެއްގެ ދުޝަމަނުން އެ ގައުމެއްގެ ތެރެއިން އުފެދުމަކީ ދުނިޔޭގައި ވަރަށް މަދުން ހިނގާކަމެއްކަމަށް ފާހަގަކޮށް، އިބްރާހީމް ރަޝީދު ވިދާޅުވީ ނަމަވެސް މިގައުމުގައި، ގައުމުގެ ދުޝްމަނުން އެބަތިބިކަމަށެވެ. އޭނާ ވަނީ މިކަމާއި ގުޅުވައި ފޮރީން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: