ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީފް މުނައްވަރަށް: އުތުރުން ބެހި އިރު 35 ނޯޓިކަލް މޭލު ލިބުނަސް ވަރިހަމަކަށް ތިބީ ކީއްވެ؟

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ބަނޑާރަ ނައިބު ޑރ މުހައްމަދު މުނައްވަރު ސަރުކާރަށް ހިދުމަތްކޮށްދެއްވަން ހުންނެވިއިރު، ރާއްޖޭގެ އިރު އުތުރުންނާއި އުތުރުން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ނުހޯއްދެވި ސަބަބާއިމެދު މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސުވާލު ކުރައްވައިފިއެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލައިގައި އިދިކޮޅުންނާއި އާންމު ބައެއް ފަރާތްތަކުންވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު، ޗާގޮސް މައްސަލައިގައި ސަރުކާރު ދިފާއުކުރައްވާ ޝަރީފް ވަނީ ކުރީގެ ބަނޑާރަ ނައިބު މުނައްވަރަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ. އޭނާވަނީ މުނައްވަރު ސަރުކާރުގައި ހުންނެވިއިރު، އިރު އުތުރުންނާއި އުތުރުން ފުށު އެރުމުގެ ސަބަބުން ބަހާވައިފާ ސަރަހައްދާއިމެދު ސުވާލު ކުރައްވާފައެވެ.

އޭނާ ސުވާލު ކުރެއްވީ އެ ދުވަސްވަރު އެ ސަރަހައްދުތަކުގައި 200 ނޯޓިކަލް މޭލު ކަނޑައަޅައި ރޮނގު ދަމައިގެން ނުހޯއްދެވި ސަބަބާއިމެދުއެވެ. އޭނާ ވިދާޅުވީ، އެ ސަރަހައްދުތައް ބެހި އިރު، މުނައްވަރު ހުންނެވީ 35 ނޯޓިކަލް މޭލުގެ ސަރަހައްދެއް ލިބުނަސް ވަރިހަމަވެވަޑައިގެންކަމަށެވެ. އަދި އެ ސަރަހައްދުތަކުގެ މަސްވެރިން 35 ނޯޓިކަލް މޭލަށްވުރެ ބޭރަށް މަސްވެރިކަން ކުރުމަށް ނުދަނީތޯވެސް އޭނާ ވަނީ މުނައްވަރު ޓެގް ކުރައްވައި ސުވާލު ކުރައްވާފައެވެ.

އޭނާ ވިދާޅުވީ، އުތުރުގެ މަސްވެރިނަށް 35 ނޯޓިކަލް މޭލަށް ނުކުމެވޭ ގޮތަށް އޮތުން އިދިކޮޅުގެ މެމްބަރުންނަށް ގަބޫލުކުރެއްވޭކަމަށެވެ. އެހެންނަމަވެސް އެ ބޭފުޅުންގެ ވިސްނުމުން ދެކުނުގެ މަސްވެރިން 200 ނޯޓިކަލް މޭލަށްވުރެވެސް ބޭރުން ކަނޑަށް ނުކުންނަ ކަމަށް ވާކަމަށް ޝަރީފް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިޓްލޮސްއިން ރާއްޖެ އަދި މޮރިޝަސްގެ އިން ވަކިކޮށްފައިވާގޮތުން، މަސްވެރިންނަށް 180 ނޯޓިކަލް މޭލު ބޭރަށް ދެވޭކަމަށެވެ. ޝަރީފް ވިދާޅުވީ، ކަނޑު ގެއްލިއްޖެކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކުގެ ފަހަތުގައި ހަގީގަތެއް ނެތްކަން މިކަމުން އެނގިގެންދާކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ރައީސް ސާލިހު ފޮނުއްވި ސިޓީއަށްވެސް އަލިއަޅުއްވައި އެމަނިކުފާނު ދިފާއުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ފޮނުއްވި ސިޓީއިން އަދި އެމަނިކުފާނު ދައްކަވާ ވާހަކައަކުންވެސް ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވެންށާއި އިތުރުކުރެވެންވެސް ނޯންނަކަމަށެވެ. ޝަރީފް ވިދާޅުވީ، އެކްސްކުލޫސިމް އިކޮނިމިކް ޒޯނު ބަހަނީ އިޓްލޮސްގައި ބަޔާންކުރާ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށްކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: