ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިލިޕީންސް ނަރުސް މޭރީގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ!

ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދިޔަ މެރީ ގްރޭސްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސް ވައި އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ އަށް ތާވަލު ކޮށްފިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް ކުރަނީ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާ އެވެ. އެހުރިހާ މައްސަލައެއްގެ ޝަރީއަތް ވެސް އޮންނާނީ މާދަމާ ހެނދުނު 09:30 ގައެވެ.

މީގެ ކުރިން މިމައްސަލައިގައި ހެކިބަސް ދިން ބައެއް މީހުން ވަނީ ދައުލަތުން ހުށަހެޅި ހެކިން ނަމަވެސް ލަމްހާއަށް ފަހިވާ ގޮތައް ހެކިބަސް ދީފައެވެ. މޭރީ މަރުވި ވަގުތުގެ އިރުކޮޅެއް ކުރިން ލަމްހާ އެގޭގެ ސިޑި މަތިން ފެނުނުކަން ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިން ހެކިބަސް ދިނީ ލަމްހާ ވެސް މާވިން ވެސް ސިޑި މަތިން ނުފެންނަ ކަމަށް ބުނެއެވެ.

ހަތަރު އަހަރުގެ ކުޑަ އަންހެން ދަރިޔަކު ވެސް ހުންނަ ގްރޭސް މަރާލީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު 19 ވަނަ ދުވަހުއެވެ

މޭރީ މަރުވީ ދަންޖެހިގެންކަމަށް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުން ގަބޫލު ނުކުރާތީ އާއި އެ މީހުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލައި މޭރީގެ ޕޯސްޓްމޯޓަމް ހެދުމުން އެނގުނީ އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ގެއްލުންތަކެގެ ސަބަބުން ކަމެވެ.

އޭނާ މަރުވީ ބްލަންޓް އިންޖަރީ ނުވަތަ އެއްޗަކުން ބާރަށް ޖެހުމުން ލިބޭ ފަދަ ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށް ރިޕޯޓުން ދައްކަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: