ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީގެ މަރު: ލަމްހާގެ ބަންދަށް ލުޔެއް ނުލިބުނު!

މޭރީގެ ފިރިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހަލީމަތު ލަމްހާ ޝަރީއަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް ޝަރީއަތް ކުރިޔަށް ގެންދާ ހަލީމަތު ލަމްހާގެ ބަންދު ދަމަހައްޓަން ޝަރީއަތުން ނިންމައިފި އެވެ.

އައިޖީއެމްއެޗުގައި ނަރުހެއްގެ ވަޒީފާ އަދާ ކުރަމުން ދިޔަ، މޭރީ ގްރޭސްގެ މަރުވެވައިފާ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ހަމަ އެ ހޮސްޕިޓަލުގައި ނަރުހެއްގެ ގޮތުގައި އުޅޭ އޭނާގެ ފިރިމީހާ މާވިން އެސްވައި އެވެ. ދަންޖެހުނީކަމަށް ބުނެ މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުން އޮންނަ އުސޫލުގެ ދަށުން ފުލުހަށް ރިޕޯޓު ކުރިއިރު، މައްސަލަ ތަހުގީގު ކުރަން ފެށީ މަރުގައި ޝައްކު އުފެދޭ ބައެއް ކަންތައް ފާހަގަ ކުރެވުމުގެ ސަބަބުންނެވެ. އަދި ފުލުހުން ހިންގި ތަހުގީގު ފަށައި ކުރިޔަށް ދަނިކޮށް، މީޑިއާތަކުން މާވިން އާއި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެހެން ނަރުހަކާއި ގުޅުން އޮންނަކަމަށް ރިޕޯޓު ކުރި އެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަނީ ވަކީވަކީންނެވެ. އެގޮތުން ލަމްހާގެ ޝަރީއަތުގައި ދައުލަތުން ބުނީ އިންސާނެއްގެ ހަށިގަނޑަކަށް އިންޖެކްޓުކޮށް އެ މީހެއްގެ ފުރާނައަށް ނުރައްކާ ކުރާނެ ގޮތްތައް ބަލައި، އޭނާ އެކަން ކުރާނެ ގޮތް މާވިންއަށް ކިޔައިދިން ކަމަށެވެ.

ލަމްހާ އާއި މާވިންގެ ގުޅުމުގެ ވާހަކަތައް މީޑިއާތަކުން ފެންމަތި ކުރުމުން އޭނާ ވަނީ އެހެން މީޑިއާއެއްގެ ނޫސްވެރިއަކާއި ބައްދަލުކޮށް އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ލަމްހާ އާއި މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނުއިރު، މާވިންއަށް ފަސޭހައިން މޭރީ ވަރި ކުރެވެން ނެތީ އެ މީހުން ނިސްބަތްވާ ފިލިޕީންސްގައި ގާނޫނުން އެކަމަށް ތަން ނުދޭތީ އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ލަމްހާގެ މައްޗަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ކުރާއިރު، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަރީއަތުގައި ބަލި ހާލަތާއި ގުޅޭގޮތުން ޝަކުވާތައް ހުށަހަޅާފައި ވެއެވެ. އަދި އޭނާއާއި ގުޅޭގޮތުން މީޑިއާތަކުން ހަބަރުތައް ގެނައުމުގެ ސަބަބުން، ޖަލުގައި ފުރައްސާރަ އާއި ކުރިމަތިލާން ޖެހޭކަމަށް ވެސް ބުނެފައި ވެއެވެ.

ލަމްހާގެ ބުނީ އޭނާއަކީ މީގެ ކުރިން ވެސް މައިބަދައިގައި މައްސަލަ ހުރި މީހަކަށް ވާތީ، ކަސްރަތު ކުރުމާއި ކެއުމުގައި ސަމާލުކަން ދޭން ޖެހޭ ބައެއް ކަންތައް ހުންނަ ކަމަށެވެ. ނަމަވެސް ޖަލުގައި ހެދުން ދޮވުމާއި އަދި އެ ނޫން ވެސް ބައެއް ކަންކަން އަމިއްލައިން ކުރަން ޖެހުމުގެ ސަބަބުން ފާހަނާގައި ފެން އުފުލަން އުޅުމުގެ ތެރޭގައި ވެއްޓި އަނިޔާވެފައިވާކަމަށެވެ. އަދި ޑޮކްޓަރު ބެޑް ރެސްޓަށް އިރުޝާދު ދިން ނަމަވެސް ކަރެކްޝަންސް އިން އެކަމަށް ސަމާލުކަން ނުދޭތީ އެ މައްސަލަ ބަލައިދޭން އެދުނެވެ.

ޑޮކްޓަރުގެ ލަފައަށް ރިއާޔަތްކޮށް ލަމްހާގެ ފަރާތުން ހުށަހެޅީ ގޭބަންދަށް ބަދަލު ކުރުމަށެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތުން ބުނީ ލަމްހާއަށް ލޯންޑްރީގެ ހިދުމަތާއި، ސިޑިން އެރުމުގައި އެހީތެރިކަން ފޯރުކޮށްދީ، ކާ ތައްޓަށް ކާއެއްޗެހި ވެސް އަޅައިދޭކަމަށް ކަމަށެވެ. ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ފިޒިއޮތަރަޕީ ނުދެވުމާއި، ގަވައިދުން ޑޮކްޓަރަށް ނުދެއްކުމުގެ ސަބަބުން ހާލަތު ގޯސްވެދާނެކަމަށް ބުނެ ލަމްހާގެ ވަކީލުން ވަނީ އޭނާއަށް ސީރިއަސް ކަމެއްވެއްޖެ ހާލަތެއްގައި ހަމައެކަނި މާފައަށް އެދި ނިންމާލާނީ ތޯ ބުނެ ސުވާލު އުފައްދައި، ލަމްހާ ވަނީ މިއީ އޮޅުވާލުމުގެ ބޭނުމުގައި ދައުލަތުން ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ.

ލަމްހާއަށް އެތައް ލުއި ގޮތްތަކެއް ހަމަޖެހިފައިވާނެކަމަށް ތަކުރާރުކޮށް ދައުލަތުން، ލަމްހާއަށް ކާން ތައްޓަށް ކާ އެއްޗެހި އަޅައިދެނީ ވެސް ކަރެކްޝަނުގެ އޮފިސަރުން ކަމަށެވެ. ރައްދުގައި ލަމްހާ ހިތްހަމަނުޖެހި ހުރެ ބުނީ، އެއީ ތެދެއް ކަމަށެވެ. ނަމަވެސް އަދިވެސް ފަހަތަށް ބިޑި އަޅުވާކަމުގެ ޝަކުވާ ހުށަހެޅި އެވެ.

ބަންދު މުރާޖައާ ކުރުމަށް އެދި ހުށަހެޅި މައްސަލައިގައި، ލަމްހާގެ ފަރާތުން ބުނީ ސިއްހީ ހާލަތަށް ރިއާޔަތްކޮށް އަދި މުޖުތަމައަށް ނުރައްކާ ކަމަށް ބުނާ ވަރަށް ދައުލަތަށް ހުށަހެޅި ހުށަހެޅިފައި ނުވާ ކަމަށެވެ. އެހެންވެ ޝަރުތުތަކަކާއި އެކު ބަންދުން ލުއިކޮށްދޭން އެދުނެވެ. ރައްދުގައި ދައުލަތުން ބުނީ ލަމްހާގެ ބަންދަށް ލުއި ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ލަމްހާ ބަންދުގައި ބަހައްޓަން ނިންމި ހާލަތަށް އެއްވެސް ބަދަލެއް ނާންނަކަން ފާހަގަ ކުރި އެވެ.

އަޑުއެހުމުގައި މައްސަލަ ބައްދަލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ލަމްހާގެ މައްޗަށް ކުރަނީ ބޮޑެތި ތުހުމަތުތަކެއް ކަމަށާއި، ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރުގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ.

ލަމްހާގެ ވަކީލުން ވިދާޅުވީ ކަރެކްޝަންސްއިން ޑޮކްޓަރުންގެ ލަފައަށް އެއްވެސް ގޮތަކަށް އަމަލު ނުކުރާކަމަށާއި، ލަމްހާގެ ބުރަކަށީގައި ރެނދެއް ލާފައިވާއިރު އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ވެސް ހުށަހަޅާފައިވާނެކަމަށެވެ.

މީގެއިތުރުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ދިންއިރު ދައުލަތުން ވަނީ ލަމްހާގެ ފަރާތުން ހުށަހެޅި ބައެއް ދިފާއީ ހެކިތައް ބަލައި ނުގަތުމަށް ހުށަހަޅާފަ އެވެ. އެއީ ދައުލަތުން ވެސް ހުށަހެޅި ހެކިތަކަށް ވުމާއި އަދި، ތަހުގީގަށް ބަޔާން ދިން ފަރާތަކުގެ ނަން ހުށަހަޅާފައިވުމެވެ. ދައުލަތުން ބުނީ، އެގޮތަށް ލަމްހާގެ ފަރާތުން ހުށަހަޅާފައި ވަނީ ތަހުގީގުގެ ބަޔާންތަކާއި އިދިކޮޅަށް ވާހަކަ ދައްކައި އޮޅުވާލުމަށް ކަމަށެވެ.

ލަމްހާގެ ފަރާތުން ހުށަހެޅި އެހެން ބައެއް ކަންތަކުގެ ތެރޭގައި ހެކިތައް ހާމަކޮށް ދިނުމުގެ އަމުރެެއް ނެރެދިނުން ހިމެނެ އެވެ. އަދި ވީޑިއޯ ފުޓޭޖުތައް ހޯދާފައިވަނީ އިޖުރާއަތްތަކާއި އެއްގޮތަށް، ކޯޓު އަމުރެއްގެ ދަށުންތޯ ބަލައިދިނުމަށެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ. ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް 06 އަހަރާއި 04 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފުލުހުން ބުނީ މޭރީ މަރާލާފައި ވަނީ މާވިން އާއި ލަމްހާ އެކަމަށް ދުރާލާ ރާވައިގެން މ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން މޭރީ މަރާލާފައި ވަނީ އޭނާގެ ނޭވާ ހާސްކޮށްލައިގެންނެވެ.

ލަމްހާގެ މައްޗަށް ކުރެވޭ ތުހުމަތުތައް މީޑިއާތަކުން ފާހަގަ ކުރުމުން އޭނާ ވަނީ އަމިއްލައިން ރާއްޖޭގެ އޮންލައިން ނޫހަކަށް އިންޓަވިއުއެއް ދީ މޭރީގެ މަރުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ. އަދި ކުރެވޭ ތުހުމަތުތައް ދޮގުކޮށް ހޮސްޕިޓަލުގެ އެހެން ނަރުހުންނާއި ގުޅޭގޮތުން ވާހަކަ ދައްކާފައި ވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދެލޯފުޅާ މަރާލެވުނު އަންހެންމީހާ އެއީ ސިއްހަތުސަލާމަތުންހުރި މީހެކޭ އެކަމަކުވެސް ހަމަ ރަހުމެއް ހަމްދަރުދީއެއްނެތި އެމަރާލީ ބުރަކަށީގަ ރެނދުނުލާތީދޯ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: