ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭރީގެ މަރުގެ މައްސަލަ: ލަމްހާ ދޫކޮށްލަން ކުރި އަމުރު ބާތިލުކޮށް އަލުން ބަންދަށް!

މޭރީގެ ފިރިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ހަލީމަތު ލަމްހާ ޝަރީއަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައި ވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނެރުނު އަމުރު ބާތިލުކޮށް އަލުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހަލީމަތާއި އެކު ދެން ހައްޔަރުކޮށްފައި ވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި އެވެ. 2021، އޮކްޓޯބަރު  ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، މާވިން އެވެ. އޭނާއަކީ ވެސް ލަމްހާއައި، މޭރީއާއި އެކު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެކެވެ. މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަނީ ވަކީވަކީންނެވެ. އެގޮތުން ލަމްހާގެ ޝަރީއަތުގައި ދައުލަތުން ބުނީ އިންސާނެއްގެ ހަށިގަނޑަކަށް އިންޖެކްޓުކޮށް އެ މީހެއްގެ ފުރާނައަށް ނުރައްކާ ކުރާނެ ގޮތްތައް ބަލައި، އޭނާ އެކަން ކުރާނެ ގޮތް މާވިންއަށް ކިޔައިދިނީ ލަމްހާ ކަމަށެވެ.

މޭރީ މަރާލުމުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ.

ގިނަ ދުވަސް ބަންދުގައި ހުރުމުންނާއި، މުހިންމު ހެކިވެރިންގެ ހެކި ބަސްތައް ނަގާ ނިމިފައިވާތީ ބަލި ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ބަންދަށް ލުއި ދިނުމަށް ލަމްހާގެ ފަރާތުން އެދުނީ މިދިޔަ ނޮވެމްބަރު މަހު އެވެ.

ލަމްހާގެ ވަކީލު ވިދާޅުވީ ހިމާޔަތް ކުރަން ޖެހޭ ފަރުދީ ހައްގުތަކެއް ވެސް އެބަހުރިކަމަށާއި، ލަމްހާގެ ސިއްހީ މައްސަލަތަކެއް ހުރިއިރު އޭނާ ފަރުވާ ވެސް ހޯދަން ޖެހިފައި ވަނީ ޖަލުގައި ހުރެގެން ކަމަށެވެ. އެހެންކަމުން މުޖްތަމައަށް ނުރައްކާވާ މިންވަރު ކުޑަވާ ގޮތަށް، ލަމްހާގެ ބަންދަށް ލުއިދެވޭނެ ގޮތްތަކެއް އެބަހުރިކަން ފާހަގަކޮށް ވަކީލު ހުށަހެޅީ އެހެން ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި މެދު އަމަލުކޮށްފައިވާ ގޮތަށް ފައިގައި ޓެގު އެޅުވުމަށް ފަހު ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލުމަށެވެ. އެހެން ނަމަވެސް އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަކަމެއް ނޫނެވެ.

މޮނިކޮން އަމުރު ނެރެދިނުމަށް ލަމްހާގެ ވަކީލު އެދުނު އިރު، އެފަދަ އަމުރެއް ނެރެވޭނީީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ދަށުންނެވެ. ބަންދުން ދޫކޮށްދޭން އެދުމުން އެ ދުވަހުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ލަމްހާ އާއި މާވިންގެ ވެސް ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށާއި، ބަންދުން ދޫކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އަހަރަކަށް ވުރެ ގިނަ ދުވަސް ލަމްހާ ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ ހަފްތާގައި ދަށު ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ކުރި ހުކުމުގައި ވަނީ ލަމްހާ ބަންދު ކުރަން ކުރިން ނިންމި ހާލަތު ބަދަލުވި ގޮތް ކްރިމިނަލް ކޯޓުގެ ނިންމުމުން އެނގެން ނެތް ކަމަށެވެ. އަދި ކޯޓުގެ ޖާގައާއި ވަސީލަތްތަކުގެ ސަބަބުންނާއި ހެކިން ގިނަވުމުން މައްސަލަ ލަސްވެފައިވާކަމަށް ލަމްހާ ބަންދުން ދޫކޮށްލި ސަބަބެއްކަމަށް ބުނެފައިވީ ނަމަވެސް އަވަސް ޝަރީއަތެއްގެ ހައްގު އެނާއަށް ގެއްލުނު ގޮތް ކޯޓުން ނިންމީ ކޮންކަމެއްގެ މައްޗަށް ބިނާކޮށްކަން އެނގެން ނެތްކަމަށް އަމުރުގައި ވެއެވެ.

ލަމްހާގެ ފަރާތުން މުޖްތަމައަށް އޮތް ލުއި ކުޑަވާނެކަމަށް ނުވަތަ ނެތިފައިވާކަމަށް ކޯޓުން ވަޒަން ކުރީ ކިހިނެއްކަން ވެސް އެނގެން ނެތްކަމަށާއި، ލަމްހާއަކީ އެއްވެސް މުއްދަތެއް ނެތްގޮތަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ތާށިވެފައި ހުރިމީހެއްކަމަށް ބެލެވެން ނެތްކަމަށް ހުކުމުގައި ވެއެވެ.

ދަށު ކޯޓުން ލަމްހާ ދޫކޮށްލުމަށް ނިންމި ނިންމުން ބާތިލުކޮށް ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ލަމްހާ ބެހެއްޓުމަށް ކުރިން ނެރެފައިވާ އަމުރު ދެމި އޮތްކަމަށް ނިންމާކަމަށެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްލެވީ އިސް ފަނޑިޔާރު ހުސެއިން ޝަހީދާއި، ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ޝަނީޒެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ. ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް 06 އަހަރާއި 04 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފުލުހުން ބުނީ މޭރީ މަރާލާފައި ވަނީ މާވިން އާއި ލަމްހާ އެކަމަށް ދުރާލާ ރާވައިގެން މ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން މޭރީ މަރާލާފައި ވަނީ އޭނާގެ ނޭވާ ހާސްކޮށްލައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: