ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުމޫނުގެ ޕާޓީން އެ ފެންނަނީ، ނަޝީދުގެ މުސްތަގުބަލު: ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފެއްދުމަށް މަސައްކަތްކުރަމުންދާ ޕާޓީގެ މުސްތަގުބަލު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްއަށް ބެލުމުން ފެނިގެންދާނެކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދެމެދު ރިޔާސީ ކެނޑިޑަސީ އާއި ގުޅުވައި އުފެދިފައިވާ މައްސަލައިގެ ސަބަބުން އެ ޕާޓީވަނީ ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައެވެ. ޕާޓީގެ ތެރޭގައި އުފެދިފައިވާ ރައީސް ނަޝީދާއި ރައީސް ސާލިހު ފެކްޝަނުން ތުހުމަތުތަކާއި ބަހުގެ ހަމަލާތައް ރައްދުކުރަމުންދިއުމަށްފަހު، ރައީސް ނަޝީދަށް ތާއީދުކުރައްވާ ޕާޓީގެ އިސް މެމްބަރުންތަކެއްވަނީ އެމްޑީޕީއިން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދުމަށް ކަނޑައެޅިފައިވާކަން އަދި ރިޔާސީ ކެނޑިޑޭޓެއްވެސް ނެރޭނެކަން ހާމަކޮށްފައެވެ.

އުފެދިފައިވާ މައްސަލައަށް ވާހަކަދައްކަވަމުން، ޝަރީފް ވަނީ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ފިކުރެއްގެ ދިރުން އުފައްދައިގެން 5000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ 5000 މެމްބަރުންގެ ސޮއި އާއިއެކު ގޮފިތައް ހައްދަވައިގެން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިކަމަށެވެ. އަދި ޕާޓީގެ ރިޔާސީ ޓިކެޓުވެސް އަތުލައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާކަމަށް ވީ ނަމަވެސް އެމަނިކުފާނަށް އެ ކަންކަން ކުރެއްވިފައިނުވާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރިޔާސީ ޓިކެޓު އަތުލައްވާނެކަމަށް ވިދާޅުވަމުންދިއުމަށްފަހު، މިހާރު އަޑު ހަރުކޮށް ވިދާޅުވަމުންދަނީ ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީ އެމްޑީޕީއަށްވުރެ ބޮޑު ސިޔާސީ ޕާޓީއަކަށް ވެގެންދާނެކަމަށް ކަމަށެވެ. އެނާ އިޝާރާތްކުރެއްވީ އެކަން އެއީ ރައީސް ނަޝީދަށް ނުކުރެއްވޭނެކަމެއް ކަމަށެވެ.

ޝަރީފް ވަނީ ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީގެ މުސްތަގުބަލު އޮތް ގޮތް އޭނާއަށް ފެނިވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވާފައެވެ. އެގޮތުން ފިކުރެއްގެ ދިރުމަށް ވެގެންދާނެ ގޮތުގެ މިސާލު އެމްއާރްއެމްއަށް ބެލުމުން ފެނިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، 2024 ގެ އިންތިހާބަށް ފަހު ފިކުރެއްގެ ދިރުން ވެގެންދާނީ އެމްއާރްއެމް ވަރުގެ ކުޑަ ޕާޓީއަކަށް ކަމަށެވެ. އޭނާ ވިދާޅުވީ، އެމްއާރްއެމް އެނބުރެނީ ރައީސް މައުމޫނު ފަހަތުންކަމަށެވެ. އެގޮތުގެ މަތިން ފިކުރެއްގެ ދިރުންވެސް އެނބުރޭނީ ރައީސް ނަޝީދުގެ ފަހަތުންކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: