ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕަރ މެޖޯރިޓީ ގެއްލި ފަނޑިޔާރުން ވަކި ނުކުރެވޭ ވަރަށް ސަރުކާރު ބަލިކަށިވެއްޖެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިިލީހުގައި އެމްޑީޕީއިން ދަމަހައްޓަމުން އައި ސުޕާރ މެޖޯރިޓީ ގެއްލިފައިވާކަމަށްވުމުން ސަރުކާރު އޮތީ ފަނޑިޔާރުންނަށް ވަޒީފާއިން ވަކި ކުރުމުގެ ބިރުނުދެއްވޭ މިންގަނޑަށް ބަލިކަށިވެފައިކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ގުޅިގެން އެ ޕާޓީ ބައިބައިވެ، ޕާޓީގެ ތެރެއިން އުފެދިފައިވާ ފިކުރެއްގެ ދިރުމުގެ މެމްބަރުން އިދިކޮޅު ޕާޓީއެއް ހެދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އިޝާރާތްކުރައްވާ ޝިޔާމްވަނީ ސަރުކާރު ބަލިކަށިވެފައިވާކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، އަނެއްކާވެސް ރައީސް ޔާމީންގެ އުފަން ދުވަސް އައި ޖެހިފައިވާކަމަށެވެ. ޝިޔާމް ވިދާޅުވީ، މިއަހަރަކީ ރައީސް ޔާމީން ޖަލުގައި އޮންނަވަނިކޮށް އުފަން ދުވަސް އައިޖެހިފައިވާ ތިންވަނަ ފަހަރުކަމަށެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޔާމިންގެ މައްޗަށް ހިންގާ ތަހުގީގުތަކާއި ޝަރީއަތްތަކަކީވެސް ސިޔާސީ ގޮތުން ހިންގާ ތަހުގީގުތަކަކާއި ޝަރީއަތްތަކެއްކަން އެންމެހާ ދިވެހިންނަށްވެސް އެނގޭކަމަށެވެ. އަދި އެކަމުގައި އަދުލުވެިކަމެއް ނެތްކަންވެސް ދިވެހި ރައްޔިތުންނަށް ސާފުކޮށް އެނގޭކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީން ތަހުގީގާއި ޝަރީއަތަށް ނުފިއްލަވައި ދައުލަތުގެ ޝަރުއީ ނިޒާމަށް އަދިވެސް އިހުތިރާމު ކުރައްވާ ވަކާލާތު ކުރައްވަމުންދަނީ އެމަނިކުފާނުގެ މައުސޫމުކަން ސާބިތުކޮށްދެއްވުމަށް އެކަނި ނޫންކަމަށެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން ނުފިއްލަވަނީ އަންނަނިވި ޖީލުތަކަށް އިބުރަތެއް އުނގަންނައިދެއްވުމަށްކަމަށެވެ. އޭނާ ވިދާޅުވީ، އިންސާފުވެރި ޝަރީއަތެއް ހިންގައިފިނަމަ އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުން ބަރީއަވެވަޑައިގަންނަވާނެކަން ރައީސް ޔާމީން އެކި ފުރުސަތުތަކުގައި ތަކުރާރުކުރައްވާފައިވާކަމަށެވެ. ޝިޔާމް ވިދާޅުވީ، ކޮންމެ ދުވަހަކީވެސް އާ ދުވަހެއްކަމާއި އަބަދު ކަންކަން އެއް ގޮތަކަށް ނޯންނާނެކަން ސިޔާސީ ތާރީހާއި ދުނިޔެ ދައްކާ ހަގީގަތްތަކުން ފެނިގެންދާކަަމަށެވެ.

ސަރުކާރުން ފަނޑިޔާރުންނަށް ބިރުދައްކާކަމުގެ ތުހުމަތުތައް ކުރެވިފައިވާކަމަށްވެސް ޝިޔާމްވަނީ އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، މީގެ ކުރިން ބައެއް ފަނޑިޔާރުންނަށް ދައްކާފައިވާ ބިރާއި ބައެއް ފަރާތްތަކަށް ދީފައިވާ ހިތްހަމަޖެހުންތައްވެސް ހާލަތު އޮތް ގޮތުން ސަރުކާރަށް ދެވެން އަދި ދެއްކެން ނެތްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ކަންކަން ބަދަލުވަމުން އަންނަކަން އަނގައިދޭ އަލިގަދަ ހެއްކެއްކަމަށެވެ. ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ގެންގުޅުނު ސުޕާރ މެޖޯރިޓީ ގެއްލިގޮސްފައިވާމަށެވެ. އަދި މިއަދު ސަރުކާރަށް ފަނޑިޔާރުން ވަކި ނުކުރެވޭނެ މިންގަނޑަށް ބާރު ގެއްލިގޮސްފައިވާކަމަށް އޭނާ ފާހަގަކުރެއްިވއެވެ.

ޝިޔާމް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ރައީސް ސާލިހުގެ ސަރުކާރަށް ފުރުސަތު ނުދޭނެކަން ކަށވަރުކަމަށެވެ. އޭނާ ވިދާޅުވީ ގައުމެއްގެ ސުލްހަމަސަލަސްކަން ދެމެހެއްޓިފައި އޮންނާނި އެ އަދުލުވެރި ޝަރޫއީ ނިޒާމެއްގެ މައްޗަށްކަމަށެވެ. އެހެންކަމުން ރާއްޖޭގައި މަސައްކަތްކުރައްވާ ފަނޑިޔާރުންވެސް ވެވަޑައިގެންނެވި ހުވަޔާ އެއްގޮތަށް ގައުމީ މަސްއޫލިއްޔަތު އަދާ ކުރެއްވުމުން ޝަރީއަތްތައް އިންސާފުވެރިކަމާއިއެކު ކުރިއަަށް ދާނެކަން ކަށަވަރުވެވަޑައިގަންނަވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވަނީ ރައީސް ސާލިހަށް ބަހުގެ ހަމަލާތަކެއްވެސް ރައްދުކުރައްވާފައެވެ. އެގޮތުން ޝިޔާމްވަނީ ރައީސް ސާލިހު ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުއްވާކަމަށް އިޝާރާތްކުރައްވާފައެވެ. އޭނާ ވަނީ މުއައްސަސާތައް މެދުވެރިކޮށް ޝަރުއީ ނިޒާމަށް “އަތް ބާނަން” ނެހެއްދެވުމަށް އިލްތިމާޒްކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންއަށް ބައިވެރިވެވަޑައިނުގެންނެވޭ އިންތިހާބެއް މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެކަމަށް ދުނިޔެވެސް ގަބޫލުނުކުރާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީން އަކީ ރާއްޖޭގެ އެންމެ ތާއީދު ބޮޑު ސިޔާސީ ލީޑަރުކަމަށެވެ. އަދި އެއީ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓުކަމަށާއި އެހެންކަމުން އެމަނިކުފާނު މިނިވަންކުރެއްވުމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: