ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބަށް ”ދަ ޑިމޮކްރެޓްސް“ ނެރޭ ކެނޑިޑޭޓު އުއްމީދު އާކޮށްދޭނެ: އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ”ދަ ޑިމޮކްރެޓްސް“ އުފެއްދުމުގައި އިސްކޮށް އުޅުއްވާ އީވާ އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

“ދި ޑިމޮކްރަޓްސް” އިން މިއަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ ރިޔާސީ ކެނޑިޑޭޓު ރައްޔިތުންނަށް އުއްމީދު އާލާކޮށްދޭނެކަމަށް މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށްގެންދެވި “ފިކުރެއްގެ ދިރުން” ސިޔާސީ ޕާޓީއަކަށް ހެދުމަށް “ދި ޑިމޮކްރަޓްސް” ނަމުގައި މިާރު އިލެކްޗަންސް ކޮމިޝަނ (އީސީ) އަށް ވަނީ ހުށައަޅާފައެވެ.

މި ޕާޓީއާއި ގުޅޭ ތަފްސީލުތަށް ދެއްވާ ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި އީވާ ވިދާޅުވީ އެމްޑީޕީގެ މި ސަރުކާރު ރަނގަޅު މަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ތެރެއިން ކުރުމަށް ގަރާރުތަކާއި، މައްސަލަތައް ހުށައެޅި ނަމަވެސް، އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ބޭނުންކޮށް ސަރުކާރުން އެކަމަށް ހުރަސް އެޅިކަމަށެވެ.

އީވާ ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށްގެންދެވި “ފިކުރެއްގެ ދިރުން” ސިޔާސީ ޕާޓީއަކަށް ހެއްދެވީ ގިނަ ބަޔަކު “ފިކުރެއްގެ ދިރުން” ގެ އަސާސްތަކާއި އުސޫލުތަށް ތަންފީޒުކުރެވޭނެ މަގެއް ހޯދުމަށް ބޭނުންވުުންކަމަށެވެ.

“ދި ޑިމޮކްރަޓްސް” ގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާއިރު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އޮތް އުއްމީދު ގިނަ ބަޔަކު ވަނީ އެއްކޮށް ކަނޑާލާފައިކަމަށް އީވާ ވިދާޅުވިއެވެ. އަދި އެމްޑީޕި މެންބަރުންގެ ބޭރުން ތިބި ރައްޔިތުންނަށް ރައީސް ސާލިހާއި މެދު އެއްވެސް އުއްމީދު ނެތްކަމަށް އީވާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

އީވާ ވިދާޅުވީ “ދި ޑިމޮކްރަޓްސް” ވެގެންދާނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލާ ހިތްނުވެ، އެތައް ބަޔަކަށް އުއްމީދު އާކޮށްދޭނެ ޕާޓީއަކަށްކަމަށެވެ. އެގޮތުން ސަރުކާރާއިމެދު އޮތް އުއްމީދު ފަޑުވިވަރުގެ ސަބަބުން ދެން ވޯޓުނުލުމަށް ނިންމައިގެން ތިބި ރައްޔިތުންގެވެސް “ދި ޑިމޮކްރަޓްސް” ގެ ޗޮއިސްގެ ސަބަބުން އުއްމީދު އާވާނެކަމަށް އިވާ ވިދާޅުވިއެވެ.

ދެން އެމްޑީޕީއާއި ވަކިވެގެން އައިސް މިފަހަރު ދި ޑިމޮކްރަޓްސް އާ ޕާޓީ މި އުފެއްދީ  ފުދޭ ވަރަކަށް ތަޖުރިބާވެސް ހުރި ބައެއް، އަދި އައު ބަޔަކުވެސް އެބަތިބި.

“ދި ޑިމޮކްރަޓްސް” ގައި ތިއްބެވީ ތަކުރިބާކާރު ބޭފުޅުންކަމަށް ވިދާޅުވެ، އީވާ ވަނީ އެމްޑީޕިގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވާ ޕާޓީއާއި ވަކިވި މުހައްމަދު ޝިފާޒް އާއި އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރުގެ އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޯ) ގެ ސީއީއޯކަމުގެ މަގާމުގައި ހުންނެވުމަށްފަހު އިސްތިއުފާދެއްވި އަފްޝަން ލަތީފްގެ ނަން ފާހަގަކުރައްވާފައެވެ. އަދި މޫލީން އައު މެންބަރުންވެސް އެބަތިބިކަމަށް ފާހަގަކުރައްވާ އިވާ ވަނީ ކޮންމެ ދާއިރާއަކަށްވެސް ގާބިލު ބޭފުޅުން “ދި ޑިމޮކްރަޓްސް” އެބަ ތިބި ވިދާޅުވެފައެވެ.

އެމްޑީޕީ ހިންގުމުގައު އާއި އަދި ސަރުކާރުގައި އާއި އަދި ދައުލަތުގެ އެކިއެކި ވަޒީފާތަކުގައި ތިއްބެވި ފުދޭ ވަރަކަށް ތަޖުރިބާ ހުރި މީހުންނާއި އަދި އައު މީހުންތަކަކާއިވެސް އެބައުޅޭ. އެހެންވީމަ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނަށް ރަނގަޅު މަސައްކަތަކެއްކޮށްގެން، ރަނގަޅު މެނިފެސްޓޯއެއް އެކުލަވާލައިގެން، ރަަނގަޅު ސިޔާސަތަކާއިއެކު ހަމަ ވަރަށް ރަނގަޅު ޗޮއިސްއެއް ދިވެހި ރައްޔިތުންނަށް އިރާދަކުރެއްވިޔާ މިފަހަރުގެ ރިޔާސީ އިންތިހާބަށް ދެވޭނެހެން.

އެހެންކަމުން ރަނގަޅު މެނިފެސްޓޯއެއް އެކުލަވާލުމަށް ފަސޭހަވާނެކަމަށް ވިދާޅުވާފަދަ މޭރުމަކުން ވާހަކަދައްކަވާ އީވާ ވިދާޅުވީ މި މަގުން މަސައްކަތްކޮށް ރަނގަޅު ސިޔާސަތުތަކާއިއެކު “ދި ޑިމޮކްރަޓްސް” އަށް ރައްޔިތުންނަށް ރަނގަޅު ޗޮއިސްއެއް ދެވޭނެކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: