ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ވަކިވި މެމްބަރުންގެ ނަންތައް މަޖިލީހުގައި އިއުލާންކޮށްފި

ނަޝީދު އުފައްދަވާ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން/ ފޮޓޯ: އަދަދު - އިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ދޫކޮށް  ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން އަލަށް އުފައްދާ ޕާޓީއާ ގުޅުމަށް ޕާޓީން ވަކިވި މެމްބަރުންގެ ނަންތައް މިއަދު މަޖިލީހުގައި އިއުލާން ކޮށްފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި އީވާ ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން 12 މެމްބަރުން ވަކިވެފައިވާ ކަން އަންގާފައިވާ ކަމަށް ވިދާޅުވެ އެ މެމްބަރުންގެ ނަން އިލެކްޝަންސް ކޮމިޝަންގެ ޕާޓީ ދަފްތަރުން އުނިކޮށްފައިވާ ކަން 18 މެއި 2023 ގައި މަޖިލީހަށް އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީން ވަކިވި މެމްބަރުންގެ ތެރޭގައި ހިމެނެނީ:

  1. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް
  2. މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
  3. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
  4. މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދު
  5. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
  6. ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް
  7. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
  8. ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް
  9. ގައްދޫ ދާއިރާގެ މެމްބަރ އަހްމަދު ޒާހިރު
  10. ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
  11. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  12. މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން

 

އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 34 ވަނަ މާއްދާގެ ށ ގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅާފައިވާތީ އެ މާއްދާގެ (ބ) ގެ ދަށުން އެކަން އިއުލާން ކުރައްވާ ކަމަށެވެ. އަދި އެ ބަދަލާއެކު މަޖިލީހުގެ ދަފްތަރުގައި މެމްބަރުން ހިމެނޭ ގޮތުގެ ތަފްސީލް އީވާ ދެއްވިއެވެ. އެގޮތުން މިވަގުތު އެމްޑީޕީގައި 55 މެމްބަރުން ހިމެނޭއިރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި 05 މެމްބަރުން، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި 03 މެމްބަރުން، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގައި 03 މެމްބަރުން، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި 02 މެމްބަރުން، މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަަޔަންސް (އެމްޑީއޭ) ގައި 02 މެމްބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 17 މެމްބަރުން ހިމެނޭ ކަމަށް ރިޔާސަތުން ވަނީ އިއުލާންކޮށްފައެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދަށް އައި ބަދަލާއެކު މަޖިލީހުގެ ކޮމިޓީތަކަށް އަންނަ ބަދަލު ފާސްކުރުމަށް ފަހުން ހުށަހަޅާނެ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ބަހުސް ކުރުމަށް ލިބޭ ވަގުތަށް އަންނަ ބަދަލުތަކާއި ގުޅޭ އިތުރު ތަފްސީލު މަޖިލީހުގެ އިދާރާ އިން މެމްބަރުންނަށް އަންގާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: