ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ބޭނުން ވަނީ ފެޑަރަލް ނިޒާމެއް، ނޫނީ ފަހުން ލިބޭ ހިތާމަ ބޮޑު ވާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ފެޑެރަލް ނިޒާމަކަށް ބަދަލުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު މަސްހުނިވެފައިވާތީ އެކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަނީ ރައީސް ނަޝީދެވެ. ރައްޔިތުންނަށް ނިޒާމީ ވޯޓުގެ ހައްގު ދެވަނަ ފަހަރަށް ދޭން ޖެހޭކަމަށް ރައީސް ނަޝީދު ގަބޫލު ކުރާ އެންމެ ބޮޑު ސަބަބަކީ 2008 ގެ ރިޔާސީ އިންތިހާބުގެ ކުރިޔަށް ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އައު ސިޔާސީ ޕާޓީއެއްގެ މަސައްކަތްތައް ވެސް ކުރިޔަށް ގެންދަވާ ރައީސް ނަޝީދު ހއ. ދިއްދޫގައި ބޭއްވި ތިލައުތުރު އެވޯޑު ދިނުމުގެ ހަފްލާގައި ވިދާޅުވީ ވެރިކަމުގެ ނިޒާމާއި އެކު އުފެދިފައިވާ މައްސަލަތަކަށް ހައްލު ގެނެސްދޭން ޖެހޭ ކަމަށެވެ. އަދި ކޮންމެހެން ވެސް ރިޔާސީ ނިޒާމެއް އޮތުމަށް ފެނޭތޯ ވޯޓެއް ނަގައި ގޮތެއް ނިންމުން އެއީ އެންމެންގެ ހައްގެއްކަމަށް ވިދާޅުވި އެވެ.

ގާނޫނު އަސާސީއަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަކީ މުހިންމުކަމެއްގެ ގޮތުގައި ގިނަ ރައްޔިތުން ދެކޭ ކަމަށެވެ. އަދި ފެޑަރަލް ނިޒާމަކަށް ބަދަލުވުމުގެ މުހިންމުކަން ފާހަގަކުރި އެވެ.

ނުވިސްނައިފިނަމަ މިކަންކަމުން ލިބޭނެ ގެއްލުން ވަރަށް ބޮޑު. މިއަދު ފެޑްރަލް ނިޒާމަކަށް ބަދަލުވާން އަޅުގަނޑުމެން ނުވިސްނައިފިނަމަ އަޅުގަނޑުމެންގެ ހަޔާތުގައި ވަރަށް ހިތާމަވެރި މަންޒަރެއް ފެނިދާނެއޭ. އިގުތިސޯދީ ތަނަވަސްކަމާއި އެކީގައި ފަލްސަފާއެއް ގަބޫލު ކުރެވެން ފެށީމާ ދެން ކާމިޔާބު ހޯދުމަށް ޒުވާނުން ނުނުކުންނާނެ ކަމަށް އިންސާނީ ތަޖުރިބާއެއް ވެސް ގައުމުތަކުގެ ހަޔާތެއް ވެސް ދައްކާފައެއް ނެތް

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، އާއްމުކޮށް އުފެދޭ އެތެރޭގެ އެކި މައްސަލަތަކުގެ ތެރެއިންނާއި ދާހިލީ ދެބަސްވުންތަކުގައި ވަކިވެގަތުމާއި ބަޣާވާތުގެ ރޫހެއް އުފެދޭ ކަމަށެވެ. އެހެންކަމުން، ފެޑަރަލް ނިޒާމަކަށް ބަދަލު ނުކުރެވިއްޖެ ހާލަތެއްގައި ފަހުން ލިބޭ ގެއްލުން މާ ބޮޑުވާނެކަމަށް ވިދާޅުވި އެވެ.

ފެޑެރަލް ނިޒާމަކީ މަރުކަޒީ އިދާރާއަކާއި ގާނޫނު އަސާސީ އެކުލަވާލާ ސިޔާސީ ޔުނިޓްތަކުގެ މެދުގައި ބާރު ބަހާލެވިފައިވާ ވެރިކަމުގެ ގޮތެކެވެ. އެއީ ގައުމީ ސަރުކާރާއި ސްޓޭޓް އަދި ލޯކަލް ގަވަމަންޓްތަކާއި ދެމެދު ވެރިކަމުގެ ބާރުތައް ބަހާލާ ނިޒާމެވެ.

ލާމަރުކަޒީ އުސޫލު ތަންފީޒު ކުރުމަށް އެންމެ ފަސޭހަ އެއް ނިޒާމަކީ އެއީ އެވެ. އެހެންވެ ރައީސް ނަޝީދު އެކަން ފާހަގަކޮށް އަބަދުވެސް ވާހަކަ ދައްކަވަ އެވެ.

މިހާރު ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ދައުލަތެކެވެ. އެއީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތެވެ. މި ނިޒާމުގެ ސިފައަކީ މައި ސަރުކާރަށް ހުރިހާ ބާރުތަކެއް ލިބިގެންވުމެވެ. އަދި ދައުލަތް ހިމެނޭ ހުރިހާ ސަރަހައްދެއްގައި ހިނގާނީ އެއް ގާނޫނެކެވެ.

އެންމެ ކުޑަމިނުން މިމައްސަލަ ރައްޔިތުންނާއި ހަމައަށް ގެންދަން ޖެހޭ. ފެންނަ ނުފެންނަ ވޯޓަކާއި ހަމައަށް ގޮސް ވެރިކަމުގެ ނިޒާމާއި (ގުޅޭގޮތުން) ގޮތެއް ނިންމުން. އެއީ އަޅުގަނޑުމެން އެންމެންގެ ހައްގެއް. މީގެ 17 އަހަރު ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައި ވީނަމަވެސް އަނެއްކާ އެވޯޓް މިހާރު މިއޮތީ ނަގަން ޖެހިފައި. މީގެން ކޮންމެ ވޯޓަކީ ޖީލެއްގައި ނަގަން ޖެހޭ ވޯޓެއް

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ ގޮތް ރަނގަޅު ނޫން ކަމަށާއި މެމްބަރުންނަކީ އިލްމީ މީހުންނަށް ވުމަށް ރައްޔިތުން އެދޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް އެކުލެވިގެންވާ ގޮތް އެއީ ހަމައެކަނި ދާއިރާތައް ހުއްޓިފައި އޮންނަ އުސޫލުގެ ގޮތުގައި ބޭއްވުން ލާޒިމް ނޫން ކަމަށެވެ. މަޖިލިސް އެކުލެވިގެންވާ ގޮތާއި ގުޅޭގޮތުން މިހާރަށް ވުރެ ފުންކޮށް ފުޅާކޮށް  ވިސްނަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: