ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް ނެތް: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ ހޯޑެއްދޫ އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް ނެތްކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

 

މިއަދުގެ އިމްރާން ހާޒިރުކޮށްފައިވާއިރު، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން މިނިސްޓަރާއި ސުވާލުކުރެއްވީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައާއި ގުޅިގެންނެވެ. މިކަމުގެ އެންމެފަހުގެ ތަފްސީލަކީ ކޮބައިތޯ ސުވާލުކޮށް، މެންބަރު ވަނީ ޕޯސްޓްމޯޓަމް ނަގަނީކަމަށް ބުނިފަހުން މައްސަލައިގައި އާއިލާއަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާކަމަށް ބުނެފައެވެ.

އިމްރާން ވިދާޅުވީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ޕޯސްޓްމޯޓްވެސް ހެދިކަމަށާއި، އެކަންކުރުމަށް ވަރަށް ގިނަ ދަތިތަކާއި ގޮންޖެހުންތަކާއި ކުރިމަތިވިކަމަށެވެ.

ޕޯސްޓް މޯޓަމް ހެދުމުގެ ބޭނުމަކީ، މި މައްސަލައިގައި ފުލުހުންގެ ސީދާ އަމަލެއް އޮތްތޯ ބެލުންކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގަިއ ފުލުހުންގެ އެއްވެސް އިހުމާލެއް ނެތްކަމަށާއި، ސީދާ އަނިޔާއެއްކޮށް އިހުމާލެއް ވެފައި ނެތްކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ފުލުހުންގެ ތަހުގީގަކުން އަބްދުﷲ ރަޝީދަށް ފުލުހުން އިހުމާލުވީކަން ސާބިތުނުވާނަމަ ވާހަކައެއް ދެކެވި، ތުހުމަތެއް ކުރެވުން އެއީ ކުރެވޭ ނަމަވެސް ކުރާނެކަމެއް ނޯންނާނެކަމަށެވެ. މިނިސްޓަރ އިމްރާން ވަނީ މީގެ ކުރިންވެސް ހަމަ މި މައްސަލައިގައި ފުލުހުން ދިފާއުކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން އަބްދުﷲ ރަޝީދުގެ މަރުގައި އާއްމުންނަށް ފެނުނު ކަންތައްތަކަށް ބަލައި ގޮތް ނުނިންމޭނެކަމަށް ވިދާޅުވިއެވެ.

މިކަން ހިނގައިދިޔަ ގޮތް ދާއިރާގެ މެންބަރު ފިރުޝާންއަށް އެނގޭކަމަށް އިމްރާން ވިދާޅުވީތީ، ރައްދުދެއްވާ ފިރުޝާން ވިދާޅުވީ އެކަން ހިނގައި ދިޔަ ގޮތް ނޭނގޭކަމަށެވެ. އަދި އޭނާ ސުވަލުކުރެއްވީ ފުލުހުންގެ ތަހުގީގު ނިމިއްޖެތޯއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ފުލުހުން އަބްދުﷲ ރަޝީދު ހައްޔަރުކޮށްފައިވަނީ ގދ މަޑަވެލިންނެވެ. އޭނާ ހައްޔަރުކޮށްގެން ލޯންޗުގައި ގެންދަން އުޅެނިކޮށް ނޭވާލާން އުނދަގޫވާ ކަމށާއި ސިއްހީ މަރުކަޒަށް ގެންގޮސް ދިނުމަށް އޭނާ އެދުނު ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ރަށުން ބަންދަށް ގެންދަން ބަނދަރު ކައިރި ހުއްޓާވެސް އަބްދުﷲ ރަޝީދުގެ ހާލު ދެރަވެގެން ބިންމަތިގައި އޮތް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އެ މަންޒަރު މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން އާއި އެކު ވަރަށް ގިނަ ރައްޔިތުންނަށް ފެނިފއިވެއެވެ.

ފިރުޝާން ވަނީ އަބްދުﷲ ރަޝީދު ޑޮކްޓަރަށް ދެއްކުމަށްފަހު ހައްޔަރަށް ގެންދިއުމަށް އެވަގުތު އެދިފައެވެ. ނަމަވެސް ފުލުހުން އެކަމާ ދެކޮޅު ހަދައި ލޯންޗަށް ލައިގެން އަބްދުﷲ ރަޝީދު ގެންދަނިކޮށް އޭނާ ވަނީ ކަނޑުމަތީގައި ނިޔާވެފައެވެ.

އަބްދުﷲ ރަޝީދު ނިޔާވީ މެއަށް ތަދެއް އަރައި ފިޓް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމަށްފަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އޭނާ މަރުވި ގޮތުގެ ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އާއިލާ އާއި ދެކޮޅަށް ޕޯސްޓޠް މޯޓަމް ހަދާފައެވެ. އަދި ޕޯސްޓް މޯޓަމް ރިޕޯޓް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އާއިލާއިން އޮޓޮޕްސީއެއް ނެހެދުމަށް އެދި އާދޭސްކޮށް، އެކަމާއި ދެކޮޅު ހަދަމުން ދަނިކޮށް، އޮޓޮޕްސީ ހެދުމަށްފަހު މިހާރު އަބްދުﷲ ރަޝީދުގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ.

އާއިލާގެ ރުހުމަކާއި ނުލައި އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހެދުމަށް ނިންމި ސަބަބެއްކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނެފައި ވަނީ މައްސަލައިގެ އިންސާފަށް ވާސިލުވުމަށެވެ. މިއީ ގޮތް ނޭނގޭ މަރެއް ނޫންކަމާއި، ހަށިގަނޑުގެ ބޭރުފުށުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތުމުގެ އިތުރުން ހެލްތް ސެންޓަރުގެ ރިޕޯޓުގައި އަބްދުﷲ މަރުވީ ސަޑެން ކާޑިކް އެރެސްޓެއްގެ ސަބަބުންކަމަށް ވާތީ އާއިލާއިން އެދެނީ އިތުރު އެއްވެސް ޓެސްޓުތަކެއް ކުރިޔަށް ނުގެންދިއުމަށެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން ފުލުހުންނަށް ކުރެވުނު ތުހުމތަކުގެ ސަބަބުން މުވައްސަސާގެ އިތުބާރު ދެމެހެއްޓުމަށް ފުލުހުންވެސް އެދުނީ ޕޯސްޓްމޯޓަމްއެއް ހެދުމަށެވެ.

އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހަދައިގެން، ފުލުހުން އޭނާއާއި މެދު ވީ އިހުމާލުތައް ނުފެންނާނެކަމަށާއި، އެހެން ކަމުން ހަށިގަނޑަށް އިތުރު އެއްވެސް ގެއްލުމެއް ދޭން ބޭނުން ނުވާކަމަށް ތަކުރާރުކޮށް އާއިލާއިން އޭރު ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: