ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާރސް ކޮންފެރެންސް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ޝެއާރކޮށްލާ ކަހަލަދޯ؟

‘ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާރސް ކޮންފެރެންސް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) އިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފެރެންސް ކުރިއަށްދާނީ 30 މެއި އިން 2 ޖޫން 2023 ގެ ނިޔަލަށެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި ޓްރެވަލް ރައިޓަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުންހިމެނެއެވެ. އެގޮތުން “ވީވް ޔޯ މޯލްޑިވިއަން ސްޓޯރީ” ޝިއާރުގެ ދަށުން ރާއްޖޭގެ ތާރީޚާއި ސަގާފީ ތަރިކައާ ބެހޭ މަޢުލޫމާތު އަދި ވާހަކައާއި ޚަބަރު އުފެއްދުމާއި ބެހޭ އެކި މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ. އަދި މީގެ އިތުރުން މި ކޮންފަރެންސްގައި ދިވެހި އުފެއްދުންތައް ދައްކާލާ ސްޓޯލްތައްވެސް ހުންނާނެއެވެ.

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ވެގެންދާނީ އެމް.އެމް.ޕީ.އާރް.ސީގެ މިއަހަރުގެ އެންމެ ބޮޑު މާކެޓިން އިވެންޓަށެވެ.

ދިވެހިރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުން ދިރާގު އަބަދުވެސް މަސައްކަތް ކުރަނީ މި ދާއިރާ ކުރިއެރުވުމަށް ހިންގާ އެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: