ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ ޕާޓީއާ އެކު ކުރެވޭ މަޝްވަރާތަކެއް ނުނިމޭ: އަފްޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ފަރާތުން ޖުމްހޫރީ ޕާޓީ އާއި އެކު ކުރިއަށްގެންދަން ފަށާފައިވާ މަޝްވަރާތައް ހުއްޓިފައިނުވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ތަރުޖަމާނު އަދި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން އަފްޝަން ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި އެކު ކުރަމުންދިޔަ މަޝްވަރާތައް ނުހުއްޓޭ ކަމަށާއި ގާސިމް އިބްރާހިމް އަކީ ފިކުރެއްގެ ދިރުމާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅެއް ކަމަށާއި މިހާރުވެސް ގާސިމް ލަފައާއި އިރުޝާދު ދެމުންދާ ކަމަށެވެ.

އަފްޝަން ވިދާޅުވީ ގާސިމް އިބްރާޙިމް އާއި ފިކުރެއްގެ ދިރުމުގެ މަޝްވަރާތައް ބްރޭކްޑައުން ވިކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެއާއެކު އަފްޝަން ވިދާޅުވީ އެބޭފުޅުން ދަނީ އެހެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީގެ ބޭފުޅުންނާއިވެސް މަޝްވަރާ ކުރަމުން ކަމަށެވެ.

ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީގެ ބައްދަލުވުންތައް ހުއްޓުމަކަށް އައިސްފައިވަނީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ ޖުމްހޫރީ ޕާޓީ އާއި ކުރި މަޝްވަރާތަކުގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް ނަޝީދުގެ ހުށަހެޅުމަށް އިޖާބަ ނުދިނުމުން ކަމަށެވެ.

ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ފަރާތުން ހުށަހެޅި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ގިނަ އަދަދެއްގެ މެމްބަރުން ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގައި ތިބި ކަަމަށެވެ. އެހެންކަމުން ސިޔާސީ މަޝްވަރާތައް ހުރިހާ ޕާޓީތަކާއެކު ކުރިއަށް ގެންދާ ކަމަށެވެ.

ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދަ ޑިމޮކްރަޓްސް ހެދުމަށް ހުއްދަ ވަނީ ދީފައެވެ. އެހެންކަމުން މިވަގުތު އެ ޕާޓީގެ ފަރާތުން ކުރަމުންދަނީ މެމްބަރުން އިތުރުކުރުމުގެ މަސައްކަތެވެ. އެގޮތުން އެ ޕާޓީގެ ތަރުޖަމާން އަފްޝަން ވިދާޅުވީ އެ ޕާޓީއާއި އަލަށް ގުޅުމަށް ގިނަ މެމްބަރުން އެދެމުންދާ ކަމަށާއި މިވަގުތު ކުރިއަށްދަނީ ފޯމް ފުރުމާއި ޕާޓީ ރަޖިސްޓަރ ކުރުމުގެ މަސައްކަތްތައް ކަމަށެވެ.

އަފްޝަން ވިދާޅުވީ އައު ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރާތީ އެކަމަށް ފާޑު ކިޔާތަން ނޫސްތަކުގެ ހެޑްލައިންސް ތަކުން ފެންނަ ކަމަށާއި އެހެން ނަމަވެސް ޑިމޮކްރަސީއެއްގައި ޕާޓީތައް އިތުރު ވުމަކީ ލިބޭ ބާރަކާއި އިތުރު ކުރިއެރުމެއް ކަމަށެވެ.

އެހެންވީމަ އަޅުގަނޑުމެންގެ ފެށުމާއި  ހިސާބުންވެސް މިބަލަނީ ވީހާ ބޮޑަށް، ރައްޔިތުން ބައިވެރިކޮށްގެން ވީހާވެސް ގިނަ އައު ބައިވެރިންތައް ފްރަންޓްލައިނަށް ނެރެވޭތޯ

އަފްޝަން ވިދާޅުވީ ދަ ޑިމޮކްރެޓްސްގައި ޒުވާން އުމުރުގެ ބޭފުޅުންނާއި އެމްޑީޕީގައި ކުރިން އުޅުނު ބޭފުޅުންނާއި އެއްވެސް ސިޔާސީ ޕާޓީއެއްގައި މީގެ ކުރިން އުޅެފައިނުވާ ބޭފުޅުން ހިމެނޭ ކަމަށެވެ. އަދި އެޕާޓީ ބޭނުންވަނީ ވީހާވެސް ގިނަ ބޭފުޅުންނަށް ޖާގަދީ ހުރިހާ އުމުރުފުރައެއްގެ ބޭފުޅުންނަށް ފުރުސަތުދީ ވީހާވެސް ގިނަ އާއްމު މެމްބަރުން ބޭނުންވާ ގޮތަށް ކުރިއަށް ދިއުމަށް ކަމަށެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އާއި އެމްޑީޕީގެ ރައީސް ނަޝީދާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރަން ފެށީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ފަހުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހް، ރައީސް ނަޝީދުގެ މައްޗަށް ކުރި ހޯއްދެވުމުން  އެކުގައި ކުރާނެ ސިޔާސީ މަސައްކަތެއް ނެތްކަމަށް ވިދާޅުވެ ރައީސް ނަޝީދު ފިކުރެއްގެ ނަމުގައި ގޮތްޕެއް ހައްދަވައި ސިޔާސީ މަސައްކަތްތައް ރައީސް ސާލިހާއި ދެކޮޅަށް ކުރިއަށްގެންދަން ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: