ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ އިތުބާރު ސިޔާސީ ނިޒާމަށް ހޯދައިދިނުން: އަފްޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

“ދި ޑިމޮކްރެޓްސް” ޕާޓީ އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ އިތުބާރު ސިޔާސީ ނިޒާމަށް ހޯދާ އެކަން ގާއިމްކުރުން ކަމަށް ޕާޓީގެ ތަރުޖަމާން އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޝަން ވިދާޅުވީ ޒުވާނުން ސިޔާސީ ކަންކަމުގައި ޝާމިލްވާން ބޭނުން ނުވާ ވާހަކަ އަޑު އިވޭ ކަމަށާއި ސިޔާސީ ކަންކަމުގައި ޒުވާނުންގެ އިތުބާރު އެއްވެސް ފަރާތަކަށް ނޯންނަ ކަމަށެވެ.

އެއްވެސް ބަޔަކީ ޒުވާނުންގެ ހެވަށް އެމީހުންގެ ކުރިމަގަށް ބާއްޖަވެރި މުސްތަގުބަލެއް މިގައުމު ހޯދުމުގެ  މަގްސަދުގައި މަސައްކަތް ކުރާ ބައެއް ނޫޅޭ ޒުވާނުން ބުނޭ. މި އިންޒާމު އޮތީ އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައި. ސިޔާސީ އެއްވެސް ކަމެއްގައި އެއްވެސް އިރެއްގައި މަޝްއޫލުވެގެން އުޅޭ އެންމެނަށް މިތުހުމަތުގެ އިނގިލި ދިއްކުރޭ. އަޅުގަނޑުމެންގެ އެންމެ ބޮޑު އެއްބޭނުމަކީ އަލުން ސިޔާސީ މަސައްކަތްތައް، ސިޔާސީ ވިސްނުން، ސިޔާސަތު ކަނޑައެޅުން، މިކަންކަމުގައި ރައްޔިތުން އެކި އުމުރު ފުރައިގެ އެކި ބެކްގްރައުންޑްގެ އެކި މަސައްކަތްކުރައްވާ އެކި ދާއިރާގެ ތައުލީމީ ފެންވަރުގެ ބޭފުޅުންނާ އެކީގައި މި މަސައްކަތް ކޮށްގެން ފުރިހަމަ ސިޔާސީ ޕާޓީއެއް ރައްޔިތުންގެ އެންމެ ފުރިހަމަ ހިއްސާ ހިމެނޭ ޕާޓީއެއް ބިނާކުރުން.

އަފްޝަން ވިދާޅުވީ އަލަށް މަސައްކަތެއް ފަށާއިރުގައި އެ ބައްޓަންކޮށް ފަރުމާކުރުމުގެ ފުރިހަމަ އިހްތިޔާރު ލިބެން އޮންނަކަމަށެވެ. އެހެންކަމުން ދަ ޑިމޮކްރެޓްސްގެ މަގްސަދަކީ އެންމެ ފެށުމާއި ހަމައިން ވެސް އެންމެ ފުރަތަމަ ފިޔަވަޅުން ފެށިގެންވެސް ވީހާވެސް ރަނގަޅަކަށް ރައްޔިތުންގެ ބައިވެރިވުމާއި ވީހާވެސް ގިނަ ބައެއްގެ ބަހާ އެކީގައި ޕާޓީގެ ސިޔާސަތުތައްވެސް އަދި ޕާޓީ ހިންގުމާއި ޕާޓީގެ އޮނިގަނޑު ކަނޑައެޅުން ކަމަށް އަފްޝަންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ދަ ޑިމޮކްރަޓްސްގެ ހިންގާ ގަވާއިދާއި ހިންގުމުގެ އޮނިގަނޑާއި ޕާޓީގެ އުސޫލުތަކާއި ހަމަ ކަނޑައެޅުމާއި މެމްބަރޝިޕް ފޯމްފުރުން ފަދަ ހުރިހާކަމެއް ކުރިއަށް ދާނީ ރައްޔިތުންނަށް ހުޅުވާލައިގެން ކަމަށް އަފްޝަން ވިދާޅުވިއެވެ.

ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ނަން އަޅުގަނޑުމެން ހޯދީވެސް ހަމަ ރައްޔިތުންނަށް ހުޅުވާލާ ވަރަށް ފުޅާކޮށް މަޝްވަރާކުރެވިގެން އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ދެކެވިގެން. އަޅުގަނޑުމެންނަށް ފެނުނު ޓްވިޓަރގަ މި ޑިސްކަޝަން ދިޔަތަން، ކްލަބް ހައުސްގައިވެސް މިވާހަކަ ދެކެވުނުތަން އެކިއެކި ވައިބަރ ގްރޫޕްގައި ދެކެވުނުތަން އިންސްޓަރގްރާމްގައި ޑީއެމް އުން އަޅުގަނޑުމެންނަށް މެސެޖް އަންނަމުންދިޔަ. އަޅުގަނޑުމެން ބެލީ ވީހާވެސް ގިނަ ހުށަހެޅުންތައް ހުށަހަޅައިގެން އެންމެ ގިނަ ބޭފުޅުންގެ އެދުމާއި އެއްގޮތަށް ނަމެއް ކަނޑައަޅަން.

އަފްޝަން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ހިންގާ ގަވާއިދާއި އުސޫލުތައް ކަނޑައެޅުމުގައިވެސް ނަން ފާސްކުރުމުގައި އާއްމުންގެ ހިޔާލަށް ހުށަހެޅިފަދައިން އަމަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަން ވަރަށް ހާއްސަކޮށް ފާހަގަކޮށްލާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އަށް އާއްމުންނަށް ހިޔާލު ހުށަހެޅޭނެ ގޮތްތައް ހުޅުވާލެވިފައިވާ ކަމަށް އަފްޝަން ވިދާޅުވިއެވެ. އެގޮތުން ފޭސްބުކާއި އިންސްޓަރގްރާމް އާއި ޓިކްޓޮކް އަދި ޓްވިޓަރ މެދުވެރިކޮށް އާއްމު ރައްޔިތުންނާ މިހާރުވެސް ވާހަކަ ދެކެވެމުންދާ ކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި ޕާޓީގެ ވެބްސައިޓެއް އަވަސް މުސްތަގުބަލުގައި ލޯންޗް ކުރެވިގެންދާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

ދަ ޑިމޮކްރަޓްސް އިން އާއްމުންގެ ހިޔާލު ހޯދުމުގެ އެކިއެކި ޕްލެޓްފޯމްތައް ހުޅުވާލާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި އެ ޕްލެޓްފޯމްތަކުން އެއްކުރެވޭ ހިޔާލުތަކަކީ ހަމައެކަނި ޕާޓީގެ ބޭނުމަށް ބޭނުންކުރާނެ އެއްޗަކަށްގެ  ބަދަލުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެ މައުލޫމާތުތައް އާއްމު ކުރެވިގެންދާނެ ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.

އޭގައި ވެދާނެ އަޅުގަނޑުމެންނާ ދޭތެރޭގައި ނެގެޓިވްވެސް. ނެގެޓިވް ހިޔާލުވެސް ހުންނާނެ. އެކަމަކު އެއީ އަޅުގަނޑުމެން ހުއްޓަންޖެހޭނެ ކަމެއް ނޫން. އިއްޔެވެސް އަޅުގަނޑު ފާހަގަކުރިން ސިޔާސީ ގިނަ ފިކުރާއި ހިޔާލަށް ޑިމޮކްރަސީ އަށް ލިބޭ މުއްސަނދިކަމެކޭ. އެއީ ތިޔާގި ކަމެކޭ. އެއްގޮތަކަށްވެސް އަޅުގަނޑުމެން އިތުރު ބަޔަކު  ސިޔާސީ ހަރަކާތަށް ނުކުތުމަކީ އެއީ ލިބޭ ހީނަރު ކަމެއް ނޫނޭ.

މީގެ ކުރިން ސިޔާސީ ހަރަކާތްތަކުގައި އެކްޓިވްކޮށް އުޅެފައި ތަންކޮޅެއް ދުރަށްޖެހިފައިތިބި މީހުންނާ އެކުގައި އެފަރާތްތަކުގެ ލަފަޔާއި އިރުޝާދާއި އެކީ މަސައްކަތް ކުރުމަކީ ދަ ޑިމޮކްރެޓްސްގެ އެއް އަމާޒު ކަމަށް އަފްޝަން ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: