ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ޕީޕީއެމް އިން ޕާޓީތަކަށް ދައުވަތުދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އިތުރަށް މަޖިލިސް ތެރެއިން ވަރުގަދަ ކުރުމަށް ވާދަވެރި ސިޔާސީ ޕާޓީތަކަށް އިދިކޮޅު ޕީޕީއެމް ޕީއެންސީން ދައުވަތު ދީފިއެވެ.

ޕީޕީއެމް އިން ބުނެފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރަން ބޭނުންވާ އެންމެނާއި ސިޔާސީ ޕާޓީތަކަށް އެފުރުސަތު ހުޅުވިފައިވާ ކަމަށެވެ.

އިދިކޮޅުން މީގެ ކުރިންވެސް ޗާގޮސްގެ މައްސަލައިގައި އިއްތިހާދެއް ހަދައި ގުޅިގެން ވަނީ އެކުގައި މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެމްއާރުއެމް އާއި ޖުމްހޫރީ ޕާޓީ އާއި ފިކުރެއްގެ ދިރުމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ އާޒިމާ ޝުކޫރާއި މުހައްމަދު މުނައްވަރާއިއެކުގައި މަސައްކަތް އިދިކޮޅުން ވަނީ ކޮށްފައެވެ.

މީގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައި އެކަމުގައި އިދިކޮޅުން ވަނީ ސިޔާސީ ޕާޓީތަކާ އެކުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އިދިކޮޅުން މިއަދު ކުރި ޓްވީޓްގައި ބުނެފައިވަނީ އެ ޕާޓީއާއި ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ޕާޓީތަކާއި މެމްބަރުންނަށް ދައުވަތު އަރުވާ ކަމަށާއި އެއީ މި ސަރުކާރު ޖަވާބުދާރީ ކުރުމަށް  މަޖިލީހުގެ ތެރެއިން ވަރުގަދަ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމުގެ ގޮތުން ކަމަށެވެ.

ފިކުރެއްގެ ދިރުމުން ދަ ޑިމޮކްރަޓްސް ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެ ޕާޓީގެ ތަރުޖަމާނު އަފްޝަން ލަތީފް ވެސް ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކާއި އެކު ސިޔާސީ ކަންކަމުގައި މަޝްވަރާ ކުރަމުންދާކަށާއި އެގޮތުން ޕީޕީއެމް އާއި ޕީއެންސީ އަދި ޖޭޕީ އާއި އެކުގައި ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: