ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންގެ މަސައްކަތްތައް ކަނޑައަޅަނީ އަމިއްލައަކަށް ނޫން، ޒިންމާ ހަވާލު ކުރަނީ މަޖިލީހުން: ރައީސް ނަޝީދު

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީރުންނާއި ހަވާލުކުރެވޭ މަސްއޫލިއްޔަތު ކަނޑައަޅުއްވާނީ ވަޒީރުން އަމިއްލަފުޅަށް ނޫންކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ފިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދާއި ކުރެއްވި ސުވާލަކަށް މިނިސްޓަރު ވަނީ ޖަވާބު ދެއްވާފައެވެ. އިބްރާހިމް ރަޝީދު ސުވާލު ކުރެއްވީ އެކްސްޕޯޓު ކުރެވޭ ކަންނެލި މަސް ރިޖެކްޓުވާ މިންވަރާއި އެކަމާއި ގުޅުން ހުރި މާލީ މުއާމަލާތްތަކާއި ގުޅޭ މައުލޫމާތާއިމެދުއެވެ. އޭނާ ގެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ، އެ މައުލޫމާތަކީ މިނިސްޓްރީއިން އެއްކޮށް ބަލަހައްޓާ މައުލޫމާތު ނޫންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ މައުލޫމާތަކީ މިފްކޯއިން ބަލަހައްޓާނެކަމަށް ބެލެވޭ އެ ކުންފުނީގެ ވިޔަފާރި އާއި ގުޅޭ މައުލޫމާތުކަމަށެވެ. މިނިސްޓަރުވަނީ އެ ކުންފުންޏަކީ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާ ކުންފުންޏެއް ނޫންކަމަށްވެސް އިޝާރާތްކުރައްވާފައެވެ.

މިނިސްޓަރު ދެއްވި ޖަވާބު އިއްވުމާއިއެކު، ރައީސް ނަޝީދުވަނީ އެ ޖަވާބާއިމެދު އެ މަނިކުފާނު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ހިއްސާކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، ކުރެއްވި ސުވާލު އަދި މިފްކޯގެ ހިންގުމަކީ އެ ބޭފުޅާއާއި “ބެހޭ ކަމެއް ނޫންކަމަށް” ވަޒީރު ވިދާޅުވެފައިވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުން މިނިސްޓަރާއި ހަވާލު ކުރި މަސްއޫލިއްޔަތަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތްތައް އެމަނިކުފާނު ކުރައްވަމުންދާކަމަށެވެ.

“އެ ބޭފުޅާއާއި ބެހޭ ކަންތަކާއި ނުބެހޭ ކަންތައް ކަނޑައަޅުއްވާނީ އެ ބޭފުޅާއެއް ނޫން، ވަޒީރު އަމިއްލަފުޅަށް ކުރައްވާ ކަމެއް ނޫން އެއީ” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، ފިޝަރީޒް މިނިސްޓަރުގެ މަސްއޫލިއްޔަތަކީ މިނިސްޓަރަށް އަމިއްލައަށް ކަނޑައެޅުއްވޭނެކަމެއް ނޫންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އަދާކުރައްވަންވީ ޒިންމާތައް ނިންމެވުމަކީ މިނިސްޓަރުން އަމިއްލައަށް ކުރައްވާ މަސައްކަތެއް ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ ވުޒާރާއަކާއިވެސް އެ ވުޒާރާއެއްގެ މަސައްކަތްތަކެއް ހަވާލު ކުރެވިފައިވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ މަޖިލީހުން ކަނޑައަޅާ ކަމެއްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެހެންކަމަށްވުމުން، މިފްކޯގެ ތަފާސް ހިސާބުތައް ބެލެހެއްޓުމަކީ މިނިސްޓަރާއި ހަވާލު ކުރެވިފައިވާ މަސައްކަތެއްކަމަށްވާނަމަ ވަޒީރު ހުންނެވީ ނުބައި މަގެއްގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކުރުގޮތަކަށް ބުނެލަން ޖެހެނީ އެއްބާރުތެރެއިން ކުރަމުން އައި 30 އަހަރުގެ ވެރިކަން ނިމި އާޤާނޫންއަސާސީ އެކުލަވައިލައި ތަސްދީޤުކޮށް ދައުލަތުގެ ހިންގާ ތިންބާރާއި މިނިވަން މުއައްސަސާތައް ވަކިކޮށް މުއައްސަސާތަކުގެ ޒިއްމާ ކަނޑަ ޑިމޮކްރެޓިކް ރިޔާސީ ނިޒާމެއްގެ ތެރެއިން ވާދަވެރި އިންތިޚާބެއް ވެރިކަމެއް 2008 އިން ފެށިއެއްކަމަކު ކޮންކަމެއްތޯ ރައްޔިތުންނަށް ކޮށްދެވުނީ؟ ޥައްކަމެއް މަދުނުވި ވީއިތުރު. ކޮރަޕްޝަން އިންތިހާޔަށް. ޖުދިޝަލް ސިސްޓަމް ރެނދުލައި ތަޢައްޔަރުވެފަ. ސަރުކާރުގެ ބޮޑެތި މަޤާމުތަކުގައި ތިބިމީހުން ލަގްޒަރީ ދިރިއުޅުމާއެކު މިލިއަނުން މުއްސަނދިވެފަ. ސަރުކާރު ކުންފުނިތައް ހަމައެފަދައިން އެއް އެމްޑީ މަޤާމުގެވަގުތު ހަމަނުވެ އަނެއް އެމްޑީއަކު ވަދެ ނިކުންނަނީ ހަމަ އެއްލައިނަކުން މުއްސަނދިވެގެން. ޕޮލިސްއިންޓެލިޖެންސެއްވެސް އޮވޭ. ޤައުމު ދަރާ ހުލުވެ ހަރުމުދާ ހިތުހުރި ގޮތަކަށް ވިއްކަނީ. ޕެންޝަަން ފަންޑުގައި ހުންނަ ފައިސާއިންވެސް ވައްކަންކުރަނީ. ބެންކުރަޕްޓް ވެގޮތްހުސްވާ ވިޔަފާރިވެރިޔާ މުއްސަނދި ކުރަނީ ރައްޔިތުންގެ ބޭންކުން. ފަސްލައްކަ މީހުންދިރިއުޅޭ ދުނިޔޭ އެހެނިހެން ޤައުމުތަކުގެ ރައްޔިތުންގެ މަޖްލިސް މެމްބަރުން ސާޅީސް އިން ސައްތަ އިތުރުކޮށް ތިބެމެ އެއްލައްކަ ވިހހާސްރުފިޔާގެ ޢާމްދަނީ ލިބޭ. ރައްޔިތުން ހަމަ ދަތިޙާލުގަ. މިއީ ވެރިކަން ހުރިގޮތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: