ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އިމްރާން ދެއްކި ވާހަކަތަކާއި ގުޅިގެން އާއިލާގެ ބޮޑެތި ކަންބޮޑުވުން!

އަބްދުﷲ ރަޝީދު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ ހޯޑެއްދޫ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އެއްވެސް އިހުމާލެއް ނެތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއިރު، މައްސަލައިގެ ތަހުގީގުތައް ނިންމިފައިނުވުމާއިއެކު، އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕޯސްޓްމޯޓަމް ހަދަން ބުނިފަހުން މައްސަލައިގައި އާއިލާއަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާކަމަށް ބުނެ މަދަޑަލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާންް ސުވާލު ކުރެއްވުމާއި ގުޅިގެން އިމްރާންވަނީ ފުލުހުންގެ އެއްވެސް އިހުމާލެއް ނެތްކަމަށާއި، ސީދާ އަނިޔާއެއްކޮށް އިހުމާލެއް ވެފައި ނެތްކަމަށް ވިދާޅުވެފައެވެ.

އިމްރާން ދެއްކެވި ވާހަކަތަކާއި ގުޅިގެން އަބްދުﷲ ގެ އާއިލާއިން ވަނީ “ސަންގު” އަށް ކަމާއި ގުޅުން ހުރި މައުލޫމާތުތައް ހިއްސާކުރައްވާފައެވެ. އާއިލާގެ ފަރާތުން ބުނެފައިވާގޮތުން، ކަމާއި ގުޅުން ހުރި އެއްވެސް މުއައްސަސާއަކުން އާއިލާގެ އެއްވެސް ފަރާތަކާއި މައްސަލައިގެ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާކަމަށެވެ. އަދި ހިއްސާވެފައިވާ މައުލޫމާތެއް ހިއްސާވެގެންދިޔައީ ހޯމް މިނިސްޓަރު މަޖިލީހަށް ހާޒިރުވެ ދެއްކެވި ވާހަކައިގެ ތެރެއިންކަމަށްވެސް ފާހަގަކުރިއެވެ.

އާއިލާއިންވަނީ އެ ފަރާތާއި މައުލޫމާތު ހިއްސާ ކުރުމަށް އެދިފައިވާއިރު، އޭގެ ބަދަލުގައި އިމްރާން މަޖިލީހަށް ވަޑައިގެން މައުލޫމާތުތައް ހިއްސާކުރެއްވުމާއި ގުޅިގެން ނުރުހުންވެ ތިއްބެވިކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަޖިލީހުގެ ތަޅުމުގެ ބަދަލުގައި އެ ވާހަކަތައް އާއިލާއާއި ފުރަތަމަ ހިއްސާކުރެވިފައިވާންޖެހޭކަމަށް ބުނެފައިވެއެވެ.

އާއިލާއިން އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ކުރިއަށް ދާ ގޮތް ބެލުމަށް ކުރަމުންދާ މަސައްކަތްތައްވެސް “ސަންގު” އާއި ހިއްސާކުރިއެވެ. އޭނާގެ އަނބިމީހާ އަދި ދަރިއާއި އިތުރު ބޭބެއެއް މާލެއަށް އައިސް ކަމުގެ ހަގީގަތް ދެނެގަތުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައިވެއެވެ. އެގޮތުން ކުރި މަސައްކަތްތަކުގެ ތެރެެއިން ފުލުހުންގެ މުއައްސަސާގެ ފަރާތުން މައްސަލަ ބެއްލެވުމުގައި އިސްކޮށް ހުންނެވި ފަރާތަކާއި މުއާމަލާތް ކުރެވުނުކަމަށް ފާހަގަކޮށްފައިވެއެވެ. އާއިލާއިން ވަނީ އިމްރާން މަޖިލީހުގައި ދެއްކެވި ވާހަކަތައް ފުލުހުންގެ ފަރާތުން ވާހަކަދެކެވުނު ފަރާތާއި ހިއްސާ ކުރެއްވުމަށްފަހު އަބްދުﷲ ރަޝީދުގެ މައްސަލަ ނިމުމަކަށް އައިސްފައިވާކަމާއިމެދު ސުވާލު ކޮށްފައެވެ.

އާއިލާއިން ބުނެފައިވާގޮތުން، މައްސަލައިގައި ވަކި ގޮތެއް ވެފައިވާކަމަށް ބުނުމުގެ ބަދަލުގައި ފުލުހުންގެ މުއްސަސާއިންވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މައުލޫމާތު ހޯދުމަށް އިރުޝާދު ދީފައިކަމަށެވެ. އާއިލާއިން ބުނެފައިވާގޮތުން މައްސަލައިގައި ކަން ހިނގާފާވާ ގޮތް އަދިވެސް ސާފުނުވެއެވެ. އަދި މިފަދަ މައްސަލައެއްގެ ނިންމުން ބަލައިގަނެވޭނީ ލިޔެކިއުމުންކަމަށްވެސް އިޝާރާތްކުރިއެވެ.

އާއިލާއިން ބުނެފައިވާގޮތުން، ވަގުތީ ރިޕޯޓު މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބޭނެކަމަށް ބުނުމަށްފަހު، މިހާތަނަށް އެއްވެސް ރިޕޯޓެއް ލިބިފައިނުވެއެވެ. އަދި އެ ތަހުލީލުތައް ކުރީ ކޮންތަނަކުން ކަމެއްވެސް އެނގިފައިނުވާކަމަށް ބުނެފައިވެއެވެ.

ކަން ހިނގަމުންދާ ގޮތާއިމެދު އާއިލާއިންވަނީ އިންތިހާއަށް ކަންބޮޑުވާކަން ފާހަގަކޮށްފައެވެ. އެގޮތުން އެ ރިޕޯޓު އާއިލާއާއި ހިއްސާ ކުރުމަށް ފުލުހުން ބޭނުންވާކަމަށް ގަބޫލުކުރުމަށް ދަތިކަންވެސް ފާހަގަކުރިއެވެ. އާއިލާއިން ބުނެފައިވާގޮތުން ފައިނަލް ރިޕޯޓު ހިއްސާ ކުރުމަށް ކަނޑައަޅާފައިވާ ދުވަސްވެސް ފަހަނަ އަޅައި ދާން ގާތްވެފައިވާކަމަށެވެ.

އާއިލާއިން ބުނެފައިވާގޮތުން، ފުލުހުން އަނިޔާކޮށް މެރިކަމަށް އެއްވެސް އިރެއްގައި ނުބުނާކަމަށެވެ. އެހެންނަމަވެސް އިހުމާލެއް އޮތްކަމަށްބުނަނީ މޭމަތީގެ ރިއްސުމެއް ހުރިކަން އެނގިފައިވާއިރު، އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތްތަކެއް ނުކުރެވި ވަނިކޮށް އަބްދުﷲ ނިޔާ ވުމާއި ގުޅިގެންކަމަށެވެ. އަދި ފުލުހުން ގަސްތުގައި ކަމެއް ކުރިކަމަށް ބުނަމުންދަނީ އެހެނިހެން ފަރާތްތަކުންކަމަށާއި އެހެންނަމަވެސް އެ ނުރުހުންވެސް އަމާޒުވަމުންދަނީ އެ ފަދަ ތުހުމަތަކަށް ޖާގަ އޮތުމުންކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އާއިލާއިންވަނީ މިނިސްޓަރުގެ އަމަލުތައް ބައްޓަންކުރައްވާފައިވާގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން މަޖިލީހަށް ހާޒިރުވެ ޖަވާބު ދާރީ ވެވަޑައިގެންނެވިއިރު، އާއިލާއާއި ބައްދަލުނުކުރެއްވި ނަމަވެސް ސިޓީއަކުން ނަމަަވެސް އިމްރާން ދަންނަވާފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ.

އާއިލާއިންވަނީ އެ ބޭފުޅުން އެދިވަޑައިގަންނަވާ ކަން ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން އާއިލާއިން އެދެނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓާއި އަބްދުﷲގެ އަތުން އަތުލާފައިވާ ކިތަންމެ ކުޑަ ނަމަވެސް މުދަލެއް އޮތް ނަމަ، އެތަކެއްޗެއް އާއިލާއާއި ހަވާލު ކުރުމަށް އެދޭކަމަށާއި އެހެންނަމަވެސް ލިބިގެންދާނެކަމާއިމެދު ޝައްކުތަކެއް ހުރިކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: