ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީގެ ސަރުކާރެއްގައި ބޯހިޔާވަހިކަމުގެ މައްްސަލަ ހައްލު ކުރަން ސޮވަރެއިން ގެރެންޓީއެއް ދޭނެ: ނާޒިމް

ކާނަލް ނާޒިމް— ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ލިބިވަޑައިގެންފި ހާލަތެއްގައި ދިވެހި ރައްޔިތުނަށް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައިވާކަން އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

“ސަންގު” އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ނާޒިމްވަނީ ވެރިކަމާއި ހިސާބަށް އެމްއެންޕީއަށް ވާސިލުވެވިއްޖެ ހާލަތެއްގައި އެ ޕާޓީއިން އަމަލުކުރާނެ ގޮތުގެ ތަފްސީލުތަކެއް ދެއްވާފައެވެ. އެގޮތުން ރައްޔިތުންނަށް ލުއިތަކެއް ގެނަސްދިނުމަށްޓަކައި އެންމެ އަސާސީ މައްސަލަތަކަށް ހައްލު ގެނައުން މުހިންމުކަމަށް ނާޒިމްވަނީ ސިފަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ފެނާއި ކަރަންޓު ބިލު ނުދެއްކި އެތައް ބަޔަކު ތިބިކަމަށެވެ. އެހެންކަމުން އެމްއެންޕީގެ ވިސްނުމަކީ ސްޓެލްކޯ ވެމްކޯ ފަދަ ކުންފުނިތަކުން ކުރަމުންދާ “ބޭކާރު” ހަރަދުތައް ކުޑަކުރުންކަމަށާއި އެކި ތަންތަނަށް ސްޕޮންސާރ ދިނުމުގެ މަސައްކަތްތައްވެސް އެމްއެންޕީގެ ސަރުކާރަކުން ހުއްޓުމަކަށް ގެންނާނެކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެ ކުންފުނިތަކަކީ ފައިދާތަކެއް ވަމުންދާކަމަށް ދައްކަންޖެހޭ ކުންފުނިތަކެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މިއީ މުބާރާތެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ލިބެމުންދާ ފައިދާގެ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ފެނިވަޑައިނުގަންނަވާކަމަށެވެ. ނާޒިމް ވިދާޅުވީ، ބޭނުންވެވަޑައިގަންނަވަނީ ރައްޔިތުންނަށް ލުއިތަކެއް ގެނެސްދެއްވުމަށްކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ސަރުކާރެއްގައި ފެންބިލާއި ކަރަންޓު ބިލު ކުޑަކުރެވިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަމުންދާ މަންޒަރު ފެނިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން އެކަން ހައްލު ކުރުމުން އެ ފައިސާގެ ބޭނުން ހިފައި ރައްޔިތުންނަށް ލުއިތަކެއް ގެނެސްދެއްވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީވެސް ހައްލު ކުރުމަށް ކަނޑައެޅިފައިވާ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، ކުލިތައް ހުރީ އަތް ފޯރާ ފަށުން ބޭރުގައިކަމަށެވެ. ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއްގައި ހިޔާ ފްލެޓުތަކުގެ ކުލި 4000 ރުފިޔާއަށް ކުޑަ ކުރައްވާނެކަމަށް ވިދާޅުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ޕާޓީއިންވަނީ އެކަން ކުރެއްވޭނެތޯ ބެއްލެވުމަށް ހިސާބު ޖައްސަވާފައިކަމަށެވެ. އަދި އެއީ ކުރެއްވޭނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގެދޮރު ބިނާ ކުރުމަށް ބޭނުންވާ މިހާ ތަހައްމަލު ކުރާނެ ދަތިތައްވެސް ތަސައްވަރު ކުރެއްވޭކަމަށެވެ. ނާޒިމް ވިދާޅުވީ، އޭނާއަކީވެސް އެ މަސައްކަތްތައް ކުރައްވަމުންދާ ފަރާތެއްކަމަށްވުމުން ތަޖުރިބާތަކެއް ކުރެއްވިފައިވާކަމަށެވެ. އެގޮތުން ރާއްޖޭގައި ގޯއްޗެއް އޮތް ނަމަވެސް އެތަނުގައި ގެދޮރު ބިނާ ކުރުން އެއީ ދަތި އުނދަގޫ ކަމެއްކަމަށް އޭނާ ސިފަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ، އިކުއިޓީ ބޭނުންވާކަމަށެވެ.

ނާޒިމް ވިދާޅުވީ، ދާދި ފަހުން ރާއްޖޭގެ ސަރުކާރުން ރިސޯޓެއްގެ ވެރިޔަކަށް 130 މިލިއަން ޑޮލަރުގެ ސޮވަރެއިން ގެރެންޓީ ދީފައިވާކަމަށެވެ. އެހެންކަމުން ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ސޮވަރެއިން ގެރެންޓީއެއް ދެވިދާނެކަމަކީ ހަގީގަތެއްކަން ގަބޫލު ކުރަންޖެހޭކަމަށާއި އެހެންކަމުން އެ ޕާޓީގެ ސަރުކާރެއްގައި ބެންކުތަކަށް އެ ގެރެންޓީ ދީގެން ރައްޔިތުންނަށް ގެދޮރު ބިނާ ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވުމަށް ވިސްނާވަޑައިގެންފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އޭނާވަނީ ދިވެހި ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް ހައްލުތަކެއް ގެނެސްދެއްވުމުގެ ވިސްނުންތަކެއް ގެންގުޅުއްވާކަންވެސް ހިއްސާކުރައްވާފައެވެ. ނާޒިމް ވިދާޅުވީ، މިހާރު ވިޔަފާރިތަކަށް ލިބޭ ލޯނުގެ އިންޓްރެސްޓު ރޭޓުތައް ބޮޑުވުމުގެ ސަބަބުން ނަގާ ފަރާތްތައް ދަރަނިވެރިވެގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ވިޔަފާރިތަކަށްވެސް 6 އިންސައްތައާއި ގާތް ކުރާ އަދަދެއްގެ އިންޓްރެސްޓުގައި ލޯނު ދެއްވުމަށް ޕާޓީއިން ވިސްނާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: