ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް ކުރާއިރު ވަގުތުން ގެންނަންޖެހޭނެ، ޕީއެސްއެމް ހިންގަނީ ރައްޔިތުންގެ ފައިސާއިން: އީވާ

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެސްއެމްއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަގުތުން ގެނެސްދިނުން ހުއްޓާލާފައިވާކަން ހާމަކުރުމާއިއެކު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ގުޅިގެން އުފެދިފައިވާ ބައިބައިވުންތަކުގެ ތެރެއިން ޕާޓީގެ ގިނަ އަދަދެއްގެ އިސް މެމްބަރުންވަނީ ޕާޓީއާއި ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވާފައެވެ. މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެމްބަރުންނާއި ވަކިވެވަޑައިގެންނެވި މެމްބަރުންނާއި ދެމެދުވެސް ހޫނު ބަހުގެ ހަމަލާތައް ރައްދުކުރެވިގެންދިޔަ މަންޒަރު ދާދިފަހުން އާންމުވެގެންދިޔައެވެ.

ސަރުކާރު ކޮރަޕްޓުކަމަށް ބުނެ، ޑިމޮކްރެޓްސްއިން އަޑު އުފުލަމުން ގެންދާއިރު، ޕީއެސްއެމް އިން މަޖިލީހުގެ ސެޝަންތައް ނުގެނެސްދިނުމަށް ނިންމާފައިވާކަމަށް އަލިއަޅުއްވައި އީވާ ވިދާޅުވީ، އެ ކުންފުންޏަކީ ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކޮށްގެން ހިންގަމުންދާ ކުންފުންޏެއްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަންދޫބުން ދައްކަމުންދާ ވާހަކަތަކާއި ވޯޓު އަޅަމުންދާ ގޮތްތައްވެސް އެ ފަރާތްތަކާއި ހަމައަށް ގެންސްދިނުމަކީ އެ ކުންފުނީގެ މައްޗަށް ލާޒިމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ ސެޝަންތައް ވަގުތުން ގެނެސްދޭންވާނެކަމަށެވެ. އަދި ރައްޔިތުން ބޭނުން ނުވެއްޖެ ހާލަތެއްގައި އެ ނުބެލުމުގެ ފުރުސަތު އޮންނަންވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އީވާ ވިދާޅުވީ، ޕީއެސްއެމް އިން ނިންމާފައިވާ ނިންމުމަކީ ޑޮމޮކްރެސީއަށް ކުރަމުންދާ ދަތުރުގައި އަނބުރާ 90ގެ އަހަރުތަކަށް ރުޖޫއަވުންކަމަށެވެ. އީވާ ވިދާޅުވީ، މިއީ ސެންސަރޝިޕުކަމަށެވެ.

މަޖިލީހުގެ ސެޝަންތައް ދެއްކުން ހުއްޓާލުމާއި ގުޅިގެން އީވާ ނުރުހުން ފާޅުކުރެއްވިއިރު، ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން، ޕީއެސްއެމްއިން މަޖިލީހުގެ ތަޅުމުގައި ހިނގަމުންދާ ކަންކަން ލައިވްކޮށް ނުގެނެސްދިނުމަށް ނިންމާފައިވަނީ އެ ތަޅުން ހަލަބޮލިވަމުންދިއުމާއިއެކުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: