ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްގެ އިންޓާރންޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހުސްވި އަހަރު އެމްޕީއެލް އިން ކުރިއަށްގެންދިޔަ އިންޓާރންޝިޕް ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޕީއެލް އިން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ އިންޓާރންޝިޕް ޕްރޮގްރާމަކީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިމްކުރަމުންދާ ދަރިވަރުން މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

އެމްޕީއެލްގެ އިންޓާރންޝިޕް ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 25 އިން އޯގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ކުންފުނީގެ ލާރނިންގ އެންޑް ޑިވަލޮޕްމަންޓް (އެލްޑީޑީ) ޑިޕާޓްމަންޓްއިންނެވެ.

އެމްޕީއެލްގެ އިންޓާރންޝިޕް ޕްރޮގްރާމްގެ ބޭނުމަކީ އެމްޕީއެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކޮށް ޕޯޓްގައި ކުރާ މަސައްކަތްތަކަށް ދަރިވަރުން އަހުލުވެރި ކުރުން ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ. އެގޮތުން އިންޓާރންޝިޕް ޕްރޮގްރާމްގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި:

  • މެކޭނިކަލް އިންޖިނިއަރިންގ
  • ސިވިލް އިންޖިނިއަރިންގ
  • މެރިން އިންޖިނިއަރިންގ
  • އިލެކްޓްރިކަލް އިންޖިނިއަރިންގ
  • އިންފޮރމޭޝަން ޓެކްނޮލޮޖީ (އައިޓީ)
  • ބިޒްނަސް ޑިވޮލަޕްމަންޓް
  • މާކެޓިންގ

ހިމެނޭ ކަމަށް ވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އިންޓާރންޝިޕް ޕްރޮގްރާމަށް ހޮވޭ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށްވެސް މެންޓަރ އެއް ހަމަޖައްސުމުގެ އިތުރުން މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ މައުލޫމާތު ދިނުމުގައި އެންމެ ބޮޑު ދައުރެއް މެންޓަރ ގެ ގޮތުގައި ކަނޑައަޅާ މުވައްޒަފުން އަދާކުރާނެ ކަމަށްވެސް އެކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ،

އެމްޕީއެލްގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް މި މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅޭއިރު، އެޕްލިކޭޝަން ފޯމް ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: