ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ބަނަދަރު ހަރަދަނާ ކުރުމަށްޓަކައި އެމްޕީއެލްއިން ފޯކްލިފްޓް އިތުރުކޮށްފި

ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރަމަޟާން މަހުގެ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން 5 ފޯކްލިފްޓް ކުންފުނީގެ އޮޕަރޭޝަންސްއަށް އިތުރުކޮށްފިއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް މާލޭ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދު އިތުރުވާ ދުވަސްވަރެކެވެ. ވަކިން ހާއްސަކޮށް ޕެރިޝަބަލްސް (އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި) އެތެރެކުރާ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެއެވެ. އެހެންކަމުން، ކޮންމެ އަހަރަކުވެސް އެ ކުންފުނިން ރަމަޟާން މަހަށް ދުރާލާ ތައްޔާރުވެއެވެ. ކާބޯތަކެތީގެ ބާވަތްތައް އަވަހަށް ކްލިއަރކޮށް، ވިޔަފާރީވެރިންނަށް ވީހާވެސް ލުއި ފަސޭހަގޮތްތަކެއް ހަމަޖެއްސުމަށް ކޮންމެ ރަމަޟާން މަހަކުވެސް އެމްޕީއެލްގެ އޮޕަރޭޝަންސްތަކަށް ބަދަލުތަކެއް ގެނެއެވެ.

މި އަހަރުގެ ރަމަޟާން މަހު މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް އަވަސްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، އެމްޕީއެލްއިން މިހާރު ވަނީ 5 ފޯކް ލިފްޓް މި ކުންފުނީގެ އޮޕަރޭޝަންސްއަށް އިތުރުކޮށްފައެވެ. އެމި ކުންފުނިން ގެނެސްފައިވަނީ “HELI” ބްރޭންޑްގެ 3.5 ޓަނުގެ 5 ފޯކް ލިފްޓެވެ.

މި އަހަރުގެ ރަމަޟާން މަހު މުދާ ކްލިއަރކުރުމުގެ އޮޕަރޭޝަންސް އިތުރަށް ހަރުދަނާކުރުމަށް އިތުރު މަސައްކަތައްވެސް އެ ކުންފުނިން ކުރިއަށް ގެންދާކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: