ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

13 ދަރިވަރުންނާއިއެކު އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމް ފަށައިފި

ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން އެމް.ޕީ.އެލްގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އެލް.ޑީ.ޑީ) އިން ހިންގާ އިންޓާރންޝިޕް ޕްރޮގްރާމް 13 ދަރިވަރުންނާއެކު ފަށައިފިއެވެ.

އިންޓާރންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 ޑިސެންބަރ 2023 އިން 4 ޖަނަވަރީ 2024ގެ ނިޔަލަށެވެ. އަދި މިޕްރޮގްރާމްގެ ގެ ބައިވެރިންނަށް މިއަދު ކުރިއަށް ގެންދިޔަ އޮރިއެންޓޭޝަން ބައްދަލުވުމުގެ ތެރެއިން، ކުންފުނީގެ ސީ.އީ.އޯ މުޙައްމަދު ވަޖީޙް އިބްރާހިމް ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ ބައްދަލުކުރައްވައިފައެވެ.

ވަޖީޙް ވިދާޅުވީ ޕޯޓުގެ ދާއިރާތަކަށް ޒުވާނުންގެ ޝައުގުވެރިކަން އިތުރުކުމަށް އެމް.ޕީ.އެލް އިން ބޭނުންވާ ކަމަށާއި ޒުވާނުންނަށް ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އެމް.ޕީ.އެލް ދެމި އޮންނާނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް އެކުންފުނީގެ ދާއިމީ ވާޒީފާތަކުންވެސް ފުރުސަތު ހޯދޭނެކަމަށާއި އަދި ކުންފުނީގެ ވަޒީފާގައި ދެމިހުރެގެން ކުންފުނީގެ ހަރަދުގައި މަތީތައުލީމް ހާސިލްކުރުމުގެ ފުރުސަތުތައް ލިބިގެން ދާނެކަމަށް ވަޖީހް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕޯޓުގެ އެކި ދާއިރާގައި މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަކީ އެމްޕީއެލްއިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

މި އަހަރުގެ އިންޓާރންޝިޕް ޕްރޮގްރާމްގައި ދަރިވަރުން ތަމްރީނު ހޯދުމަށް ތަފާތު ދާއިރާތަކެއް ވަނީ ކަނޑައަޅައިފައެވެ. އޭގެތެރޭގައި އިންޖީން ރިޕެއަރ އެންޑް މެއިންޓަނަންސްއާއި ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާރ އާއި ކާޕެންޓްރީ ގެ އިތުރުން ޕަވަރަ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަނާއި، އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާރވިސްގްރެފިކް ޑިޒައިނިންގ އާއި ކޮޕީ ރައިޓިންގ އާއި ސިވިލް އިންޖިނިއަރިންގ ނުވަތަ ސާރވޭއިން އަދި އާކިޓެކްޗަރަލް ޑްރާފްޓިންގ ހިމެނެއެވެ.

މި ޕްރޮގްރާމްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށް ވެސް މެންޓަރއެއް ހަމަޖެއްސުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މައުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓަރގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުން ކަމަށް ކުންފުނިން މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމްގެ އެއް ބޭނުމަކީ އެމް.ޕީ.އެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުމާއި ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރިކުރުން ކަމަށް އެމްޕީއެލްއިން މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: