ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްއިން ރިސްކް މެނޭޖްމެންޓް ފޯރަމެއް ބާއްވައިފި

އެމްޕީއެލްގެ ފޯރަމްގެ ތެރެއިން: ފޮޓޯ/ އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިސްނަގައިގެން ރިސްކް މެނޭޖްމެންޓް ފޯރަމެއް ބާއްވައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ޝާހިދު ވިދާޅުވީ، މިއީ އެ ކުންފުނިން އިސްނަގައިގެން ރިސްކް މެނޭޖްމެންޓް ފޯރަމެއް ބާއްވާ 2 ވަނަ ފަހަރުކަމަށެވެ. އޭނާ ވިދާޅުވީ ކޯރޕޮރޭޓް ގަވަރނެސްއަކީ ކޮންމެ އޯރގަނައިޒޭޝަނެއްގެވެސް ވަރަށް މުހިންމު ބައެއްކަމަށެވެ. ޝާހިދް ވިދާޅުވީ އެހެން ކުންފުނިތަކާއެކު ފޯރަމް ކުރިއަށް ގެންދިއުމުން، ރިސްކް މެނޭޖްމެންޓް އެކުންފުނިތަކުގައިވެސް ތަންފީޒުކުރެވިގެންދާކަން ފާހަގަކުރެެއްވޭކަމަށެވެ.

އެމްޑީ ވިދާޅުވީ ފޯރަމްގެ މައިގަނޑު އެއް ބޭނުމަކީ ގިނަ ކުންފުނިތަކާއެކު ރިސްކް މެނޭޖްމެންޓް ފަންގްޝަންގެ މަޝްވަރާ އިތުރުކޮށް އެއްބައެއްގެ ތަޖުރިބާތަށް އަނެއްބަޔަކާ ހިއްސާކުރެވި، ރިސްކް މެނޭޖްމެންޓް ފަންގްޝަން ކުންފުނިތަކުގައި ހަރުދަނާކުރުމަށް ބޭނުންވާ މައުލޫމާތ،ު ލިބޭ ޕްލެޓް ފޯމަކަށް އެފޯރަމް ހެދުން ކަމަށެވެ. ފާއިތުވެދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ ފޯރަމް ކުރިއަށް ވުރެ ކާމިޔާބު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބެއް ގޮތުގައި ބައިވެރިވެފައިވާ ކުންފުނިތަކުގެ އަދަދު ގިނަވުން ފާހަގަކުރެއްވިއެވެ.

ފޯރަމް ގެންދަނީ ތަފާތުކޮށް ކަމަށާއި އީއާރުއެމް ވީކެއް ގޮތަށް ގެންދެވޭ މިފޯރަމްގައި މެނޭޖްމެންޓް ލެވެލްގެ ބޭފުޅުންނަށް ޓްރެއިނިންގ ސެޝަންތަކެއް ކުރިއަށް ގެންދެވޭ ކަމަށްވެސް ޝާހިދް ވިދާޅުވިއެވެ. އެމްޕީއެލް އިން މި ފޯރަމް ގެންދިއުމުގެ ބޭނުމަކީ ކުންފުނިތަކުގެ މުވައްޒަފުންނަށް ރިސްކް މެނޭޖްމެންޓް ފަންގްޝަނަކީ ކިހާ މުހިންމުއެއްޗެއް ކަން ކިޔައިދިނުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: