ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްއިން ސީ ޓު އެއަރ ކާގޯގެ ހިދުމަތް ފަށަނީ!

އެމްޕީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން--
ޝެއާރކޮށްލާ ކަހަލަދޯ؟

މާޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެމްޕީއެލްއިން ސީޓު އެއަރ ކާގޯގެ ހިދުމަތް ދޭން ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލްއިން މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން އެ ކުންފުނިންވަނީ ސީ ޓު އެއަރ ކާގޯ ޓްރާންސް ޝިޕްމަންޓުގެ ހިދުމަތްތައް މާޗު މަހުގެ 15 ވަނަ ދުވަހުގައި ފެށުމަށް ނިންމާފައެވެ. އަދި އެއީ ރާއްޖޭގައި އަލަށް ފަށާ ހިދުމަތެއްކަމަށާއި ރާއްޖެއަށް ކަނޑުމަގުން މުދާ ގެނައުމަށްފަހު ވައިގެ މަގުން ބޭރުކުރުމަށް ފަހިގެންދާނެކަން ހާމަކޮށްފައިވެއެވެ.

އެމްޕީއެލްއިން ބުނެފައިވާގޮތުން މި ހިދުމަތްތައް ދޭނީ އެމްއޭސީއެލްއާއިވެސް ގުޅިގެންކަމަށެވެ. އަދި މަސައްކަތްތަކުގައި ބައިނަލްއަގުވާމީ އެއަރލައިންތަކުންވެސް ބައިވެރިވާނެކަން ހިއްސާކޮށްފައިވެއެވެ. އެ ކުންފުނިން ބުނެފައިވާގޮތުން ފެށިގެންދާ އައު ހިދުމަތާއިއެކު އާމްދަނީ އިތުރުވެގެންދާނެކަމަށާއި މިއީ ކުންފުނީގެ ވިޔަފާރި އާ ދާއިރާތަކުން ކުރިއަށް ގެންދިއުމަށް މެނޭޖުމަންޓުން އެކުލަވާލާފައިވާ ޕްލޭންތަކެއްކަމަށްވެސް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން އެކި ބާވަތްތަކުގެ މުދާ އެކްސްޕޯޓުކުރާ ގައުމުތަކުން ބައެއް މަންޒިލުތަކަށް އަވަހަށް މުދާ ފޯރުވުމުގެ ބޭނުމުގައި ހިދުމަތް ލިބިގަންނާނެކަމަށެވެ. އަދި ރާއްޖެއަށް ގިނަ އަދަދެއްގެ ގައުމުތަކުން ދަތުރުތައް އަޅަމުންދާކަމަށްވުމުން މިކަމުގެ ސަބަބުން ބޮޑެތި ފައިދާތައް ލިބިގެންދާނެކަމަށްވެސް އަލިއަޅުވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: