ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ މަޝްރޫއުތައް ނިމޭއިރު ރައްޔިތުންނަށް އިތުރު އިންވެސްޓްތައް ކުރެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ފ. ބިލެތްދުއަށް ޒިޔާރަތްކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މަޝްރޫއުތައް ނިމޭއިރު ރައްޔިތުންނަށް އިތުރު އިންވެސްޓްތައްކުރުމުގެ މަގުފަހިވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބިލެތްދޫގައި އަލަށް ގާއިމްކުރެވުނު އިންޖީނުގެ އާއި، އިންޖީނުގެއާއި ގުޅިގެން އިމާރާތްކުރި އޮފީސް އިމާރާތް ހުޅުވައިދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިހު ވަނީ ބިލެތްދޫ ސުކޫލުގައި އަލަށް ގާއިމްކުރެވުނު މަލްޓިޕާޕޯސް ހޯލުވެސް ފާހަގަކުރައްވާފައެވެ.

ބިލެތްދޫގެ ތާރީހަށް އަލިއަޅުއްވާ ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ އެހެން ރަށްތަކަކޭ އެއްގޮތަށް ރައްޔިތުން ބޭނުންވާ އަސާސީ، ޒަރޫރީ ހިދުމަތްތައް ހޯދުމުގައި ދަތިތައް ހުރިކަމަށެވެ. މީގެ އެތައް އަހަރުތަކެއް ކުރިން 1980 ވަނަ ބިލެތްދޫއަށް އެންމެ ފުރަތަމަ ކަރަންޓުގެ ހިދުމަތް ލިބުނީ 5 ގަނޑިއިރަށްކަމަށެވެ. އޭރުގެ ވާހަކަތަކަށް އަލިއަޅުއްވައި ރައީސް ސާލިހު ވިދާޅުވީ މިހާރު އެދުވަސްތައް މިވަނީ ފާއިތުވެފައިކަމަށާއި، ފެނެކައިން ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްކުރަމުންދާ އިންޖީނުގެތަކުގެ ތެރެއިންވެސް ބިލެތްދޫގެ އިންޖީނުގެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ.

މިއަދު ހުޅުވި އިންޖީނުގެއާއިއެކު މުޅި ރަށުގެ ކަރަންޓު ވިއުގާ ބަދަލުކުރެވިފައިވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އިންޖީނުގޭގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ފަސޭހައިން ހަމަޖެހިލައިގެން މަސައްކަތްކުރެވޭނެކަމަށާއި، ފެނަކައިގެ ޕްލޭންއަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި މި ހިދުމަތްތައް ފަސޭހަިއން މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުންކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށް އެރިޔަސް މިއަދު ތިބޭފުޅުންނަށް ފެނިގެންދާނީ މިފަދަ އެތައް މަސައްކަތްތަކެއް ފެނަކައިން ކުރަމުންދާކަން.

މި މަސައްކަތްތަކަށް އިންީނިއަރުންނާއި، ޓެކްނީޝިއަނުން ބޭނުންވާކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ އަދި އިދާރީ މުވައްޒަފުންވެސް ބޭނުންވާކަމަށާއި، އެހެންކަމުން އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައިވެސް މި މަސައްކަތްތައް ނުހަނު ބޮޑު ދައުރެއް އަދާކުރާކަމަށެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން އަޅާ ފުރަތަމަ 10 އޭޓީއެމްގެ ތެރެއިން އޭޓީއެމްއެއް ބިލެތްދޫގައި ގާއިމްކުރާނެކަމަށެވެ. މިއީ ބިލެތްދޫގެ ވަރަށް ގިނަ ރައްޔިތުންނެއްގެ އެދުމެއްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.ޖުލައި މަހުގެ ތެރޭގައި މި ހިދުމަތް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ބިން ބޮޑުކުރުމަކީވެސް ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ ރަށުގެ ބިން ހިއްކާ އެތަނުން ގޯތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ ވައުދެއްކަމަށެވެ. އަދި ވިދާޅުވީ އެމްޓީސީސީ އާއި ރަށުގެ ބަނދަރު ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވާކަމަށާއި، މިހާރު ޑިޒައިންކުރުމުގެ މަސައްކަތް ކުރިއަދާކަމަށެވެ. އޭގެ ތެރޭގައި ރަށުގެ ބިންވެސް ހިއްކިެގންދާނެކަމަށް ވިދާޅުވިއެވެ.

ފެނާއި ނަރުދަމާގެ ވާހަކައަށް އަލިއަޅުއްވައި ރައީސް ސާލިހު ވިދާޅުވީ ބިލެތްދޫގައި ކުރީ ސަރުކާރުން މި މަޝްރޫއު ފަށާފައިވާތީ ދަތި އުދަނޣޫތަކާއިއެކުވެސް މި މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި ރަށުގައި ތިބެ މަސައްކަތްކޮށް އިތުރު އިންވެސްޓްތައް ކުރުމަށް އުންމީދުކުރާ ފަރާތްތަކަށް، އެކަންކަމުގެ ސަބަބުން އެކި ފުރުޞަތުތަކަށް މަގުފަހިވެގެން ދާނެކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ބިލެތްދޫ އާއި ދާދިގާތުގައި މަގޫދޫގައި އެއަރޕޯޓެއް އެޅުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ އެ އެއަރޕޯޓުގެ ފައިދާ މުޅި އަތޮޅަށް ލިބިގެންދާނެކަމަށެވެ. އަދި ފ. އަތޮޅުގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެގެންދާނެކަން ފާހަގަކުރައްވައި، އެކަމާއި ދޭތެރޭގައި ރައްޔިތުން ވިސްނާ އެކަމަށް އިންވެސްޓްކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ސަރުކާރުން އެފަދަ މަޝްރޫޢުތަކަށް އަމާޒުކޮށްގެން ލުއިލޯނުތަކެއް ދެއްވަމުންދާކަންވެސް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. ރައީސް ސާލިހު ވިދާޅުވީ، އެއަރޕޯޓެއް އެއަރޕޯޓެއްގެ ގޮތުގައި ހިންގޭނީ އެއާ ގުޅިފައި ހުރި އެހެން ކަންތައްތަވެސް ކުރެވިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: