ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓްލެވޭ އިސްލާހެއް ހުށަހަޅައިފި

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުތަކުގައި ލޯފަން މީހުންނަށް ފަސޭހައިން އެހީތެރިޔަކާ ނުލާ ވޯޓް ދިނުމާއި ބެހޭ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއަދު މަޖިލީހުގައި އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް ސަރުކާރު ފަރާތުން އިސްލާހު ހުށަހަޅުއްވަމުން  ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ ލޯފަން މީހުން  އިންތިހާބުގައި ވޯޓްލުމަށް ބޭނުންކުރާނެ ޓެމްޕްލޭޓެެއް ދައްކާލާފައެވެ.

އިތުރު އެހީތެރިޔަކާ ނުލައި ވޯޓް ލުމުގެ ކުޅަދާނަކަން ލިބިފައިވާ ނުވަތަ ޖިސްމާނީ އެހެން އުނދަގުލެއްނެތް ހަމައެކަނި ލޯފަން މީހުން ވޯޓްލުމުގައި ބޭނުންކުރާނެ ޓެމްޕްލޭޓްގެ މައުލޫމާތު ހިއްސާ ކުރައްވައި ޖީހާން ވިދާޅުވީ އެ ޓެމްޕްލޭޓަކީ ވަގުތީ ގޮތުން ވޯޓް ކަރުދާސް އޭގެ ތެރެއަށް ލައްވާލެވޭ ނުވަތަ ވަގުތީ ގޮތުން ކަރުދާސް އޭގެ މަތީގައި ބޭއްވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޓެމްޕްލޭޓެއް ކަމަށެވެ. އެގޮތުން އެ ޓެމްޕްލޭޓްގައި ކޮންމެ ކެންޑިޑޭޓަކަށް ވޯޓް ދިނުމަށް ފާހަގަ ޖަހަންޖެހޭ ދިމާލުގައި ކަނޑާ ނަގާފައި އޮންނާނެ ކަމަށް ޖީހާން ވިދާޅުވިއެވެ. އަދި އެ ޓެމްޕްލޭޓްގައި ވޯޓްދޭ ކެންޑިޑޭޓަކަށް ފާހަގަ ޖެހުމަށް ރަސްގެއަކަށް ވާހެން ކަނޑާނަގާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭނުމަކީ ފެނުމުން މަހުރޫމްވެފައިވާ މީހުން އެ ޓެމްޕްލޭޓް މަތީގައި އަތް ޖައްސާލައިގެން ބޭނުންވާ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ފާހަގަ ޖަހަން ފަހިކޮށްދިނުން.

މިއީ ވޯޓު ލާ ކަރުދާހުގެ ސައިޒަށް އޮންނަ ޕްލާސްޓިކް ގަނޑެއްގައި އަރިމަތީގައި ނަންބަރުތަކާ ދިމާލަށް ކަނޑާ ނަގާފައި މި ވަނީ ރަސްގެއެއްހެން ފާހަގަޖަހަންވީ ދިމާ. މިހެން އޮތުމުގެ ސަބަބުން މި ޓެމްޕްލޭޓަކީ ވޯޓު ކަރާދާހަ އެއްވަރު، އެތެރެ ފެންނަ ޕްލާސްޓިކް ވަސީލަތެއް. އެހެންވީމާ ކޮންމެ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަސްގެ ނުވަތަ ރަނގަޅު ފާހަގަ އެވަނީ ޓެކްޓައިލް ކުރެވިފަ. މި ހިނދުން މި ޓެމްޕްލޭޓް ބޭނުންކޮށްގެން ބޭނުންވާ ކެންޑިޑޭޓުގެ ނަމާ ދިމާލުގަ ގަލަމުން ފަވާލުމުގެ ފުރުސަތު ފެނުމުން މަހުރޫމްވެފައިވާ ފުރުސަތުތަކަށް ލިބިގެންދާނެ، އަދި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ބޭނުންވާ ދިމާނޫން އެހެން އެެއްވެސް ފަރާތެއްގައި ގަލަމުން ފެވުމުގެ ފުރުސަތުވެސް ނެތިގެންދާނެ.

ޖީހާންގެ އެ އިސްލާހުގައި ބުނެފައިވަނީ ވޯޓް ކަރުދާސް އަދި ވޯޓްލާ ޓެމްޕްލޭޓް ދޫކުރާ ހިސާބުން ފެށިގެން ވޯޓް ކަރުދާސް ވޯޓް ފޮއްޓަށް ވައްޓާލުމާ ހަމައަށް އިލެކްޝަންސްގެ އެއްވެސް އޮފިޝަލަކު އެހީތެރިވެގެން ނުވާނެ ކަމަށާއި އެތަނުގައި ހާޒިރު ވެ ހުރެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ލޯފަން މީހާގެ ވޯޓްގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިންތިހާބު ތަކުގައި ލޮލުން ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް ވޯޓްލުމުގެ ފުރުސަތު ދީފައިވަނީ އިތުރު އެހީތެރިއެއް ނުވަތަ އިލެކްޝަންސް އޮފިޝަލަކު މެދުވެރިކޮށެވެ.  އިލެކްޝަންސް އިން ބުނެފައިވަނީ ބައެއް ފަހަރު ވޯޓްލާން އަންނަ އެހީތެރިޔާ ބޭނުންވާ ފަރާތަކަށް ވޯޓްލާ ކަމުގެ ޝަކުވާ އެކޮމިޝަނަށް މީގެ ކުރިން ލިބިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: