ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލެސީމިއާ ހިދުމަތަށް ގެނައި ބަދަލާއިމެދު ޕޭޝަންޓުންދަނީ ނުރުހުން ފާޅުކުރަމުން: ޖީހާން

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ތެލެސީމީއާގެ ފަރުވާ ބޭނުންވާ ފަރާތްތަކަށް ހިދުމަތްތައް ދެމުންދިޔަ އުސޫލަށް ގެނެސްފައިވާ ބަދަލާއިމެދު އެފަދަ ދަތިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި ތެލެސީމިއާ ޕޭޝަންޓުންނަށް ދެމުންދިޔަ ހިދުމަތްތަކަށް ގެނެސްފައިވާ ބަދަލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޖީހާން ވިދާޅުވީ، މީގެ ކުރިން ތެލެސީމިއާ ކުދިންނާއި ގުޅުން ހުރި ހުރިހާ ހިދުމަތްތައް ދެމުންދިޔައީ މޯލްޑިވްސް ބްލަޑް ސާވިސަސްއިންކަމަށެވެ. އޭނާ ވިދާޅުވީ އެ ވުޒާރާގެ ބެލުމުގެ ދަށުން ތެލެސީމިއާ ޕޭޝަނުންޓުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާކަމަށާއި ހާއްސަ ގޮތެއްގައި ޕޭޝަންޓުންނަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތައް ދެމުން އައީވެސް އެ ވުޒާރާއިންކަމަށްވާއިރު، މިހާރު ގެނެސްފައިވާ ބަދަލާއިއެކު އެ ހިދުމަތްތައް ދެމުން ދަނީ އެސްޓީއޯ ފާމަސީއިންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަމާއި ގުޅިގެން ތެލެސީމީ ޕޭޝަންޓުންނާއި އާއިލާތަކުންވެސް ހިތްހަމަނުޖެހުމާއި ކަންބޮޑުވުން ފާޅުކުރަމުންދާކަމަށާއި، ސޯޝަލްމީޑިއާގައިވެސް ޕޯސްޓުތައް ކުރަމުންދާކަން ހިއްސާކުރެއްވިއެވެ. ޖީހާން ވިދާޅުވީ، އެއް ފުރާޅެއްގެ ދަށުން ހުރިހާ ހިދުމަތްތައް ދިނުމުގެ ބޭނުމަކީ އެ ކުދިންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލަކަށިވުމުން އެނިހެން އިންފެކްޝަންތަކަށް ހުށައެޅުމުގެ ފުރުސަތު ކުޑަކުރުންކަމަށާއި އެ ގޮތުގެ މަތިން ހިދުމަތް ދެމުން އައިސްފައިވަނީ އާންމުން ތިބޭ ކިއުތަކުގައި ޖެހުމުގެ ސަބަބުން އެފަދަ ނުރައްކާތަކަށް ހުށައެޅިގެންދިއުމުން ރައްކައުތެރިކުރެވިފައިވާ ހާލަަތުގައިކަމަށް އަލިއެޅުއްވިއެވެ.

“ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ހާއްސަ ގޮތެއްގައި ޑެސްފަރޯލް ފަދަ މުހިންމު އަސާސީ ބޭސްތައް ފޯރުކޮށްދެމުން އައީ ސީދާ މޯލްޑިވްސް ބްލަޑް ސާވިސަސްއިން ނަމަވެސް މިހާރު ސަރުކާރުން ގެނައި ބަދަލުން އެ ހިދުމަތް ދިނުން މިވަނީ ފާމަސީތަކާއި އެސްޓީއޯގެ ފާމަސީތަކާއި ހަވާލުކުރެވިފައި، މިހެންވުމުން މިކަމުގެ ހިތްހަމަނުޖެހުމާއި ކަންބޮޑުވުން ތެލެސީމިއާ ކުދިންނާއި އަދި އެ ފަރާތްތަކުގެ ބެލެނިވެރިންނާއި މައިންބަފައިން ދަނީ ސޯޝަލްމީޑިއާގައާއި އެކި އެކި ގޮތްގޮތުން ވަރަށް ނުރުހުމާއިއެކު ފާޅުކުރަމުން” ޖީހާން

ޖީހާން ވިދާޅުވީ، އެއް ފުރާޅެއްގެ ދަށުން ރައްކައުތެރި މާހައުލެއްގައި އާންމު ކިއުތަކުގައި ނުޖެހި މިހާތަނަށް ބޭސް ފޯރުކޮށްދީފައިވާކަމަށާއި ކޮންމެ ސަރުކާރެއް އައި ނަމަވެސް ވޭތުވެދިޔަ 30 އަހަރު ދުވަހު މި ގޮތުގެ މަތިން ހިދުމަތްތްތައް ދަމަހައްޓާފައިވާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެކަމަށް ބަދަލުތަކެއް ގެނެސްފައިނުވަނީ ހުރިހާ އެންމެނަށްވެސް ހިލާފެއް ނެތި ކަންކަން ކުރިއަށްދާ އުސޫލު ގަބޫލުކުރެވޭތީކަމަށާއި ތެލެސީމިއާ ޕޭޝަންޓުންނާއި އާއިލާތަކުންވެސް ނުރުހުން ފާޅުކުރަމުންދަނީ އެ ފަރާތްތަކަށްވެސް ކުރިން އޮތް އުސޫލު ގަބޫލުކުރެވޭތީކަމަށް ވިދާޅުވިއެވެ. ޖީހާން ވިދާޅުވީ، ކިއުގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަކީވެސް ދަތިކަމެއް ކަމަށާއި، ލޭ އެޅުމަކީވެސް ފަސޭހަކަމެއް ނޫންކަމަށްވާއިރު، ގިނަ ވަގުތުތަކެއްވެސް އެކަމުގެ ތެރޭގައި ހޭދަވެގެންދާކަމަށް ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ މައްސަލައިގެ ބާވަތުން ފިޔަވަޅުތައް އެޅުން ލަސްކުރެވެން ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ހައްލުތަކެއް ގެނަންޖެހޭކަމަށް ގަބޫލުކުރެއްވޭކަމަށާއި މެމްބަރުންނަށްވެސް އެ އުސޫލު ގަބޫލުކުރެއްވޭނަމަ، ކަމާއި ގުޅުންހުރި ވުޒާރާތައް ވީހާވެސް އަވަހަކަށް ކޮމީޓީއަށް ހާޒިރުކޮށް ހައްލުތަކެއް ގެނައުމަށް މަޝްވަރާތައް ކުރަން ފެނިވަޑައިގަންނަވާކަމަށެވެ. ޖީހާން ވިދާޅުވީ، ލިޔެކިއުމުން މުއާމަލާތްތައް ކުރުމުގައި ގިނަ ވަގުތުތަކެއް ހޭދަވެގެންދާނެކަމަށާއި އެހެންކަމުން ކޮންމެ ދުވަހަކު ވަގުތުން ވަގުތަށް ފަރުވާ ބޭނުންވާ ފަރާތްތަކަކަށް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ފުރުސަތުވެސް އޮތްކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޓީއިންވަނީ މި މަޝްވަރާތަކަށްފަހު ކަމާއި ގުޅޭ ޖަމިއްޔާތަކާއި ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން ކުރިން ހިދުމަތްތައް ދެމުންދިޔަ ސެންޓަރަށްވެސް ކޮމިޓީއަށް ހާޒިރުވުމަށް ދެންނެވުމަށް ނިންމާފައެވެ. އަދި ގާނޫނީގޮތުން ބަލަންޖެހޭ ކަންވެސް ދެނަގަތުމަށްފަހު ކުރިއަށް އޮތް ހަފްތާގެ ދުވަހެއްގައި ހުރިހާ ފަރާތްތަކާއިއެކު ބައްދަލުކުރައްވާނެކަމަށް ޖީހާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: