ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯފަން މީހުންނަށް އަމިއްލައަށް ވޯޓްލެވޭ އިސްލާހު މަޖިލީހަށް ބަލައިގަނެފި

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އިތުރު މީހެއްގެ އެހީއާ ނުލައި ވޯޓްލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އިންތިހާބުތަކާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގަނެފިއެވެ.

ލޯފަން މީހުންނަށް އިންތިހާބުގައި އެކަނި ވޯޓްލުމާއިބެހޭ އިސްލާހު މަޖިލީހުގެ ފަރާތުން ވަނީ މުޅި މަޖިލީހުގެ ކޮމިޓީަށް ފޮނުވާފައެވެ.

އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް ހުށަހެޅުނު ލޯފަން މީހުންގެ ވޯޓް ލުމާއިބެހޭ އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ.

އިސްލާހު ހުށަހަޅުއްވައި ޖީހާން ވަނީ ލޯފަން މީހުން ވޯޓްލުމުގައި ބޭނުން ކުރާނެ ހާއްސަ ޓެމްޕްލޭޓެއް މަޖިލީހާ ހިއްސާކޮށްފައެވެ. އެ ޓެމްޕްލޭޓް މެދުވެރިކޮށް ލޮލަށް ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް ފަސޭހަކަމާއެކު އިތުރު މީހެއްގެ އެހީއާއި ނުލާ އިންތިހާބުގައި ވޯޓްލެވޭނެ ކަމަށް ޖީހާން ވިދާޅުވިއެވެ.

އިތުރު އެހީތެރިޔަކާ ނުލައި ވޯޓް ލުމުގެ ކުޅަދާނަކަން ލިބިފައިވާ ނުވަތަ ޖިސްމާނީ އެހެން އުނދަގުލެއްނެތް ހަމައެކަނި ލޯފަން މީހުން ވޯޓްލުމުގައި ބޭނުންކުރާނެ ޓެމްޕްލޭޓްގެ މައުލޫމާތު ހިއްސާ ކުރައްވައި ޖީހާން ވިދާޅުވީ އެ ޓެމްޕްލޭޓަކީ ވަގުތީ ގޮތުން ވޯޓް ކަރުދާސް އޭގެ ތެރެއަށް ލައްވާލެވޭ ނުވަތަ ވަގުތީ ގޮތުން ކަރުދާސް އޭގެ މަތީގައި ބޭއްވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޓެމްޕްލޭޓެއް ކަމަށެވެ.

އެގޮތުން އެ ޓެމްޕްލޭޓްގައި ކޮންމެ ކެންޑިޑޭޓަކަށް ވޯޓް ދިނުމަށް ފާހަގަ ޖަހަންޖެހޭ ދިމާލުގައި ކަނޑާ ނަގާފައި އޮންނާނެ ކަމަށް ޖީހާން ވިދާޅުވިއެވެ. އަދި އެ ޓެމްޕްލޭޓްގައި ވޯޓްދޭ ކެންޑިޑޭޓަކަށް ފާހަގަ ޖެހުމަށް ރަސްގެއަކަށް ވާހެން ކަނޑާނަގާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖީހާންގެ އެ އިސްލާހުގައި ބުނެފައިވަނީ ވޯޓް ކަރުދާސް އަދި ވޯޓްލާ ޓެމްޕްލޭޓް ދޫކުރާ ހިސާބުން ފެށިގެން ވޯޓް ކަރުދާސް ވޯޓް ފޮއްޓަށް ވައްޓާލުމާ ހަމައަށް އިލެކްޝަންސްގެ އެއްވެސް އޮފިޝަލަކު އެހީތެރިވެގެން ނުވާނެ ކަމަށާއި އެތަނުގައި ހާޒިރު ވެ ހުރެގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ލޯފަން މީހާގެ ވޯޓްގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: