ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ބަޔާން މިންގަނޑަށް ނުފެތޭ ފަސް ކެނޑިޑޭޓުން 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ވާދަކުރި 8 ކެނޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ގާނޫނުގައިވާ މިންގަނޑަށް ނުފެތޭ ފަސް ކެންޑިޑޭޓުންކުރެ ކޮންމެ ކެންޑިޑޭޓެއް ވިހިހާސް ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިސީގެ ނައިބުރައީސް އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ކެންޑިޑޭޓުންގެ މާލީ ބަޔާން އެ ކޮމިޝަނުން ދިރާސާ ކޮށްފައިވާކަމަށެވެ. އަދި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭ ފަސް ކެންޑިޑޭޓަކަށާއި، އެ ފަސް ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުންނަށް ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަން ކޮމިޝަނުގެ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ފަސް ކެންޑިޑޭޓުންކުރެ ކޮންމެ ކެންޑިޑޭޓަކު ވިހިހާސް ރުފިޔާ އިން ޖޫރިމަނާކޮށް، ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އެޖެންޓުން ވެސް ވަނީ ހަހާސް ޖޫރިމަނާކޮށްފައެވެ. އަދި ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކޮމިޝަނަށް ދައްކަންޖެހޭ ކަމަށް ބަޔާނުގައިވެއެވެ.

ޤާނޫނުގައި ބުނާ މިންގަނޑުތަކަށް ފެތެނީ ތިން ކެންޑިޑޭޓުންގެ މާލީ ބަޔާން ކަމަށް ހަބީބް ވިދާޅުވިއެވެ. އެހެންކަމުން އެކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާލީ ބަޔާން ގާނޫނުގައިވާ މިންގަނޑަށް ނުފެތޭ ފަސް ކެންޑިޑޭޓުންނަކީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އުމަރު ނަސީރާއި، ހަސަން ޒަމީލްއާއި، ފާރިސް މައުމޫން އާއި މުހައްމަދު ނަޡީމް އާއި އަދި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އިލްޔާސް ލަބީބްއެވެ.

ކޮންމެ އިންތިހާބަކަށްފަހު އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް އެ އިންތިހާބެއް ބާއްވާތާ އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ގޮތަށް އިންތިހާބީ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ފަހުން ތަސްދީގު ކުރައްވާފައެވެ.

އޭގެ އިތުރުން އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާހުގައި، ކޮންމެ އިންތިހާބަކަށްފަހު އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 70%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: