ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީހާން އިންޓަޕާލިމެންޓަރީ ޔުނިއަންގެ ކޮމިޓީއެއްގެ ރައީސްކަމަށް!

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު، އަދި ހިއުމަން ރައިޓްސް އެންޑް ގެންޑާރ ކޮމިޓީގެ ޗެއާ ޖީހާން މަހުމޫދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަރ ޕާލިމެންޓަރީ ޔުނިއަންގެ (އައިޕީޔޫ) ކޮމިޓީ އޮން ޑިމޮކްރެސީ އެންޑް ހިއުމަން ރައިޓްސްގެ ރައީސްކަމުގެ މަގާމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އައްޔަނުކޮށްފިއެވެ.

އައިޕީޔޫއިން ބުނެފައިވާގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ދަނީ އިންސާނީ ހައްގުތަކާއި ޑިމޮކްރެސީއަށް ހަނގުރާމަ ކުރަމުންނެވެ. އަދި އެ ހައްގުތަކަށް އެކި ގޮތްގޮތުން ނުރައްކާތައް ކުރެމަތިވެފައިވާކަމަށް ބުނެފައިވެއެވެ. އައިޕީޔޫއިން ބުނެފައިވާގޮތުން އެ ޖަމިއްޔާގެ ޑިމޮކްރެސީ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ކޮމިޓީއިން ކުރަމުންދަނީ ހުރިހާ އެންމެނަށްވެސް މުޖުތަމައުގެ ތެރެއިން ހައްގުތައް ކަށަވަރުކޮށްދިނުމަށެވެ.

އައިޕީޔޫއިން ބުނެފައިވާގޮތުން އެ ކޮމިޓީއިން ބަލަމުންދާނީ މިހާރު ހުރި އަދި އުފެދެމުންދާ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކާއި ގުޅުންހުރި މައްސަލަތަކެވެ. އަދި މަޖިލީހުގައި ކުރަންވީ މަސައްކަތްތައް އަހަރަކު އެއް ފަހަރު ގޮތަކަށް އިރުޝާދު ލިބިގެންދާނެކަމަށާއި މެމްބަރުން އެ ނިންމުން ބަލައިގަންނަންވާނެކަމަށޭވެ.

އައިޕީޔޫއިން ބުނެފައިވާގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް ރައީސްކަން ކުރާނީ ރާއްޖެއިންނެވެ. ރާއްޖެ ތަމްސީލު ކުރައްވަނީ މެމްބަރު ޖީހާންއެވެ. ނައިބުރައީސްގެ މަގާމުގައި ހުންނާނީ އާރްމީނިއާގެ މަންދޫބެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: