ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުން ޖަވާބުދާރީ ކުރެވޭނީ ބަރުލަމާނީ ނިޒާމްގެ ތެރެއިން : ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ގެނެސް ޖަވާބުދާރީ ކުރުމުގެ މައްސަލަ ބަރުލަމާނީ ނިޒާމުގެ ތެރެއިން ހައްލުކުރެވިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވަޒީރުން ޖަވާބުދާރީ ވުމުގައި ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވުމުން އޭނާ އަށް ރައްދުދެއްވައި ރައީސް ނަޝީދު ވިދާޅުވީ ޕާލިމަންޓް ނިޒާމަށް ބަދަލު ނުކުރެވޭ ނަމަ އެކަން ކުރުމުގައި އުނދަގޫތައް ކުރިމަތި ވާނެ ކަމަށެވެ.

މަޖިލީހުގެ ނިޒާމު ޕާލިމަންޓްރީ ނިޒާމަކަށް ނޭނބުރި މި އުނދަގުލުގައި ތިއްބާ ދުވަހަކު ހަގީގަތުގައި މިކަން މިގޮތަށް ހިނގަމުންދާނީ

ކޮންމެ ދުވަހަކު 10 ވަރަކަށް  ވަޒީރުން މަޖިލީހަށް ހާޒިރު ކުރި ނަމަވެސް ބެކްލޮގެއް ސާފުނުކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި އަބްދުﷲ ރިޔާޒް ވިދާޅުވީ ވަޒީރުންނާ ކުރެވޭ ސުވާލުތަކުގެ ޖަވާބު 14 ދުވަހުގެ ތެރޭގައި ލިބެންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައި އޮންނަ ނަމަވެސް ޖަވާބު ލިބުމަށް 3 މަސް ދުވަސް ހޭދަވެގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ މަހު ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިމޭއިރު، ވަޒީރުންނާއި ކުރަން ހުށަހެޅިފައިވާ ސުވާލުތަކަށް ޖަވާބު ނުލިބިވާއިރު އެކަމަކީ މެމްބަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތް ނުކުރެވުން ކަމަށް ރިޔާޒް ސިފަކުރެއްވިއެވެ.

ވަޒީރުންނާއި ސުވާލު ކުރެވޭ ދެގޮތެއް މަޖިލީހުގެ ގަވާއިދުގައި އޮވެއެވެ. އެގޮތުން އެއް ގޮތަކީ ވަޒީރު މަޖިލީހަށް ހާޒިރު ކޮށްގެން ސުވާލުކުރުމެވެ. ދެވަނަ ގޮތަކީ ލިޔުމުން ވަޒީރަށް ސުވާލު ފޮނުއްވައި އެ ޖަވާބު މަޖިލީހުގެ އިދާރާ އަށް ހުށަހެޅުމުން މަޖިލީހުގެ އަމީން އާއްމު އެ ޖަވާބު މަޖިލީހުގައި އިއްވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: