ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ބާއްވާ ކަނޑު ވިއްކާލި އެއްވުމަށް ނުދާން ގާސިމް އެދިވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގައުމީ ކޮންފަރެންސްގައި ވާހަކަ ދަައްކަވަނީ / ފޮޓޯ: ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހްގެ ސަރުކާރުން ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ އިދިކޮޅުން 02 ޖޫންގައި ބޭއްވުމަށް ނިންމާފައިވާ އެއްވުމުގައި އެއްވެސް ފަރާތަކުން ބައިވެރިނުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ގާސިމް ވަނީ މެމްބަރުންގެ ކިބައިން އިިދިކޮޅުގެ އެއްވުމުގައި ބައިވެރި ނުވުމަށް އެދިވަޑައިގެންފައެވެ.

ގާސިމްގެ މެސެޖްގައި ވިދާޅުވެފައިވަނީ ޖޫން 2 ގައި އިދިކޮޅުން ބާއްވާ ޖަލްސާގެ މިސްރާބާއި އެކަމުގެ ނަތީޖާ އަކީ ކޮބައިކަން ޖޭޕީގެ ލީޑަރޝިޕްގެ ގިނަ މެމްބަރުންނަށް އެނގޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން 2015 ވަނަ އަހަރު ބޭއްވި މޭޑޭގެ މުޒާހަރާގައި ބައިވެރިނުވުމަށް އޭރުގައި ނިންމި ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ގޮތަށް ގައުމުގެ އަމަން އަމާން ކަމާއި އާއްމު މަސްލަހަތަށް ރިއާޔަތްކޮށް ޕާޓީ އާއި ޕާޓީގެ ލީޑަރޝިޕުން ދެމިތިބެން ވާނީ ގައުމު ހަލަބޮލި ނުވާނެ މަގަށް ވިސްނުން އިސްކޮށްގެން ކަމަށެވެ.

އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މިދިޔަ އޭޕްރިލް 28 ވަނަ ދުވަހު ނިންމީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހަމަޖައްސައި ރާއްޖެއާ މޮރިޝަސް އާއި ދެމެދު ހިޔާލުތަފާތުވެފައިވާ ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއް ރާއްޖެއަށް ލިބޭ ގޮތަށެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: