ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގައި ހުރީ ބޮޑު މޮޔައެކޭ ބުނަން ދެރަވެސް ވޭ: ބޮންޑެ

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ މަސްއޫލިއްޔަތާއި ހަވާލުވެ ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ “ބޮޑު މޮޔައެއް” ކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިބްރާހިމްވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ތާރީހުން ދައްކާ ގޮތުން ދިވެހިންނަކީ މުއްސަނދި އަދި ތިޔާގި ދިރިއުޅުމެއް ގެންގުޅޭ ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިން އިންޑިއާ ކަނޑު ސަރަހައްދުގައި އުޅޭތާ އެތައް ޒަމާނެއް ވެއްޖެކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިންނަކީ އެކި ބާވަތްތަކުގެ ވިޔަފާރިތައް ކުރަމުން އައި ބައެއްކަމަށެވެ. އެހެންނަމަވެސް ފަހަރަކު ވިޔަފާރިއެއް ގެއްލެމުން ގެއްލެމުންގޮސް މިއަދު ބާކީ އޮތީ ދިވެހިންގެ މަސްކަނޑުތައްކަމަށް އިބްރާހިމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެހެން ބަޔަކަށް މޮނޮޕޮލައިޒް ނުކުރެވެނީ އެ ސިނާއަތު އެކަނިކަމަށެވެ.

އިބްރާހިމް ވިދާޅުވީ، ޕޯޗުޖީޒުންނާއި ޑަޗު މީހުންގެ އަމަލުތަކުގެ ވާހަކަތައްވެސް ދިވެހި ތާރީހުގައި ފެންނަން ހުރިކަމަށެވެ. އޭނާ ވިދާޅުވީ، އެހެން ގޮތެއްގެ މަތިންނަމަވެސް މިއަދު އަލުން އެފަދަ ތާރީހެއް އިޔާދަވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖެ ދިފާއުކުރި ފަރާތްތަކުން ބޮޑެތި ގައުމުތަކާއި މުއާމަލާތްކޮށްފައިވަނީ އެ ފަރާތްތައް ހިންގަފާނެ އަމަލުތައްވެސް ދަނެ ތިބެގެންކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގައި ރައްޔިތުންނަށް ވަގަށް އެހެނިހެން ގައުމުތަކަށް ސިޓީ ފޮނުވަމުންދާކަމަށް އިބްރާހިމް ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު މޮރިޝަަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީއަށް އަލިއަޅުއްވައި އިބްރާހިމްވަނީ އެމަނިކުފާނަށްވެސް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރައްޔިތުންނަށް ނޭނގި ސިޓީއެއް ފޮނުވުމަށްފަހު، އެ ސިޓީގެ ވާހަކަ އެނގުމުން އެއީ ދައްކަން ނުޖެހޭ އެއްޗެއްކަމަށް ބުނާކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ވެރިކަމުގައި ހުރީ “ބޮޑު މޮޔައެއް” ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް އަށް އެފަދަ ގޮތަކަށް މުހާތަބު ކުރައްވަން ޖެހިވަޑައިގަންނަވާތީ ހިތާމަ ކުރައްވާކަމަށެވެ. އެހެންނަމަވެސް މިއަދު އެމަނިކުފާނަށް ދެއްވެން އޮތީ އެ ލަގަބުކަމަށް އިބްރާހިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ހުންނެވީ އެވަރުގެ ކަމެއް ކުރައްވައިގެންކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ހުންނެވީ ހިޔާނާތްތެރިވެ ގައުމަށް ގައްދާރުވެފައިކަމަށެވެ. އޭނާ ވަނީ އިތުރު މައްސަލަތަކަށްވެސް އަލިއަޅުއްވާފައެވެ. އިބްރާހިމް ވިދާޅުވީ، ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަވާ ފަރާތަކީ މިނިވަންކަންމަތީ ހުންނަވާ ފަރާތެއްކަމަށެވެ. އެހެންނަމަވެސް މިހާރުގެ ބަނޑާރަ ނައިބު ސިފަވެގެންދަނީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ފަރާތެއްގެ ގޮތުގައިކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އޭޖީ ރިފްއަތުއަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ރިފްއަތުގެ އަމަލުތައް ހުންނަވަނީ އޭނާގެ މަގާމާއި ނުބައްދަލު ގޮތަކަށްކަމަށް އިބްރާހިމް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: