ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަމުން ބޮޑު، ކަމުން ކުޑަ މުޒާހަރާއަކުން ސަރުކާރު ގުޑުވައެއް ނުލެވޭނެ: މަވޯޓާ ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް/ ފޮޓޯ: ރައީސް ސޯލިހު ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނަމުން ބޮޑު ކަމުން ކުޑަ މުޒާހަރާއަކަށް ސަރުކާރު ގުޑުވާނުލެވޭނެކަމަށް ފާހަގަކުރައްވާ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެއްޖެއެވެ.

އިދިކޮޅުން ބޮޑު ބައްދަލުވުމެއް އިންތިޒާމުކުރަމުންދާއިރު، ބައެއް ފަރާތްތަކުންދަނީ އިދިކޮޅުގެ ހަރަކާތާއި މީގެ އަހަރުތަކެއް ކުރިން އެމްޑީޕީއިން ކުރިއަށް ގެންދިޔަ މޭޑޭ މުޒާހަރާ އާއި އެއް ފަދަ ކޮށްފައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެ ޕާޓީގެ މެމްބަރުންނަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ބައިވެރިނުވުމަށް އިލްތިމާޒްކުރައްވާފައެވެ.

އިދިކޮޅުން ސަރުކާރާއި ދެކޮޅަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތަށް އިޝާރާތްކުރައްވާ ޝަރީފްވަނީ އެންމެހާ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މޭޑޭގައި އެމްޑީޕީއިން ބޭއްވި ވަރުގެ މުޒާހަރާއެއް ކިތަންމެ މަސައްކަތްތަކެއް ކުރިނަމަވެސް، އަދި ހުރިހާ އިދިކޮޅު ޕާޓީތަކެއް އެކުގައި ހިންގި ނަމަވެސް، ހިންގުމުގެ ގާބިލުކަން ނެތްކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނަށް އެވަރުގެ ތާއީދެއްވެސް ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ސަރުކާރާއި އިދިކޮޅު ހުރިހާ ޕާޓީތަކެއް އަދި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ގުޅިގެން ކުރިއަށް ދިޔަނަމަވެސް، ނަމުން ބޮޑު އަދި ކަމުން ކުޑަ މުޒާހަރާއެއް މެދުވެރިކޮށް ސަރުކާރު ގުޑުވާނުލެވޭނެކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށް ރައީސް ސާލިހުވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިކަމަށެވެ. އަދި ރައްޔިތުން އެ މަސައްކަތްތައް ބަލައިގަންނަކަމަށާއި، ރައްޔިތުން ދިވެހިރާއްޖެ ހަލަބޮލި ކުރުމަށް ބޭނުންނުވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: