ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިނޭންސް މިނިސްޓްރީއިން ހަފްތާގެ ތަފާސް ހިސާބުތައް ނެރުން ހުއްޓިފައިވާތާ އެތައް ދުވަހެއް!

މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު ނެރެމުންދާ ދައުލަތުގެ މާލިއްޔާތުގެ ތަފާސް ހިސާބުތައް ނެރުން ހުއްޓިފައިވާކަން ފާހަގަކުރެވިއްޖެއެވެ.

ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު ނެރެމުންދާ “ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް” އެންމެ ފަހުން ނެރިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ސަރުކާރުންވަނީ މި އަހަރުގެ މޭ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ ބަޖެޓުގެ 40.42 އިންސައްތަ ބޭނުންކޮށްފައެވެ. އެއީ 16.5 ބިލިއަން ރުފިޔާއެވެ.

އެންމެ ފަހުން ނެރިފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން، ސަރުކާރަށް އެކި ގޮތް ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.3 ބިލިއަން ކަމަށްވާއިރު، މިއީ މިހާތަނަށް ހޭދަކުރެވުނު އަދަދަށްވުރެ މަދު އަދަދެކެވެ. އެގޮތުން ޓެކްސް ފައިސާގެ ގޮތުގައި 9.23 ބިލިއަން ލިބިފައިވާއިރު، އެއަރޕޯޓު ޗާޖުތަކާއި އެހެނިހެން ގޮތް ގޮތުން 2.91 ބިލިއަން ލިބިފައިވެއެވެ.

ސަރުކާރުގެ މުއައްޒިފުންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ހޭދަކޮށްފައިވާ އަދަދުވެސް ވަނީ މިދިޔަ އަހަރުގެ މިހާހިސާބާ އަޅާކިޔާއިރު، އިތުރުވެފައެވެ. އަދި ސަރުކާރުގެ އިދާރީ އާއި ހިންގުންތެރިކަމުގެ މަސައްކަތްތަކަށް ހޭދަކޮށްފައިވާ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މި ދިޔަ އަހަރުގެ މޭ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 5.81 ބިލިއަން ހޭދަކޮށްފައިވާއިރު، މި އަހަރުގެ ހޭދަކޮށްފައިވަނީ 7.07 ބިލިއަންއެވެ. މިއީ 2022 ވަނަ އަހަރާއި އަޅާ ކިޔާ އިރު 21.7 އިންސައްތައިގެ އިތުރުވުމެކެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކޮށްފައިވާ ހަރަދުތައްވަނީ މިދިޔަ އަހަރާއި ބަލާ ދެ ގުނަ ވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މޭ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 2.37 ބިލިއަން ހަރަދުވެގެންދިޔައިރު، މި އަހަރުގެ ތެރޭގައި 4.25 ބިލިއަން ހަރަދުވެފައިވެއެވެ. ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރޭގައި މި އަހަރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޓްރާސްޕޯޓު ދާއިރާއަށެވެ. އެ ދާއިރާއަށް ޖުމުލަ ގޮތެއްގައި 1.33 ބިލިއަން ހަރަދުކޮށްފައިވާއިރު ދާއިރާގެ ތެރެއިން އެންމެ ބޮޑު ހަރަދުތަކެއް ކޮށްފައިވަނީ ވައިގެ ބަނދަރުތަކުގެ މަސައްކަތްތަކާއި ބަނދަރު އަދި ބުރިޖު އެޅުމުގެ މަސައްކަތްތަކަށެވެ.

ކޮންމެ ހަފްތާއަކު ހިއްސާކުރަމުން އައިސްފައިވާ ތަފާސް ހިސާބުތައް އާންމު ކުރުން ހުއްޓުމަކަށް އައިސްފައިވާއިރު، އިދިކޮޅު ފަރާތްތަކުންދަނީ ސަރުކާރުން ދައުލަތުގެ މާލިއްޔާތުގެ ނަހަމަ ބޭނުންތައް ކުރަމުންދާކަމަށް ފާހަގަކޮށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: