ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލެކްޓްރިކް ބަސްތައް ޗާޖު ކުރާނެ ޝްޓޭޝަންތައް މާލޭގައި ގާއިމްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާން ސަރުކާރުގެ އެހީއާއި އެކު، މާލެ ސަރަހައްދުގައި ބޭނުންކުރާ އިލެކްޓްރޯނިކް ބަސްތައް ޗާޖު ކުރާނެ ޝްޓޭޝަންތަކެއް ގާއިމްކޮށްފިއެވެ.

މާލެ ސަރަހައްދުގެ ޕަބްލިކް ޓްރާންސްޕޯޓްގައި ބޭނުންކުރާ އިލެކްޓްރިކް ބަސްތައް ޗާޖު ކުރުމަށް ގާއިމްކުރި ސްޓޭޝަންތައް ރަސްމީކޮށް ހުޅުއްވައި ދެއްވައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ ދިވެހި ރާއްޖެއަކީ ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި އިއާދަ ކުރުވަނިވި ހަކަތަ ބޭނުންކުރާ ގައުމަކަށް ހެދުން މުހިއްމު ކަމަށެވެ. އެގޮތުން  މާލޭގައި ޗާޖިންގ ސްޓޭޝަންތައް ގާއިމް ކުރެވިގެން ދިއުމަކީ ސަރުކާރުން ރާއްޖެ ނެޓް ޒީރޯ ގައުމަކަށްއަ ހެދުމުގައި ކުރާ މަސައްކަތުގެ ހާސިލްކުރެވުނު މުހިއްމު ލަނޑުދަނޑިއެެއް ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

ނަހުލާގެ އިތުރުން ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކިއުޗީ މިޑޯރީ އާއި ޔޫއެންޑީޕީގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވް އެންރިކޯ ގެވެގްލިއާގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ އިލެކްޓްރިކް ބަހުގެ ހިދުމަތް އިފްތިތާހު ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ގްރޭޓާ މާލޭ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ބަސްތަކުގެ ޗާޖިން ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށްފަހު، ނަހުލާ ވަނީ ތިމާވެއްޓާއި ރައްޓެހި ބަހުގައި މާލޭގައި ދަތުރުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: