ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވުމުގައި ހަމަނުޖެހުންތައް ހިންގަން އެބަ އުޅޭ: ފުލުހުން

ކަނޑު ވިއްކާލުމާއި ދެކޮޅު ޖަލްސާ އަށް ތައްޔާރު ވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ – މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށު އަރާ ސަރަހައްދާއި މެދު ގޮތެއް ނިންމާފައި ވަނީ ދިވެހި ގައުމަށް ގެއްލުންވާގޮތަށްކަމަށް ބުނެ ކުރިޔަށް ގެންދާ ބޮޑު ޖަލްސާގައި ހަމަނުޖެހުންތައް އުފެއްދުމަށް ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

”ބާނަ، ބާނާ ތިއްބައި އެ ވިއްކާލީ ކަނޑު“ ގެ ނަމުގައި ކުރިޔަށް ގެންދާ ޖަލްސާއަކީ، ސަރުކާރާއި ދެކޮޅަށް ކުރިޔަށް ގެންދާ ބަޣާވާތެއްކަމަށް ބުނެ ސަރުކާރު މެމްބަރުން ވަނީ އެ އެއްވުމުގައި ހަމަނުޖެހުމެއް ހިންގުމަށް ފުރުސަތު ނުދޭން ގޮވާލާފަ އެވެ. އަދި މި އެއްވުމުގުގެ ސަބަބުން ނިކުމެދާނެ ނަތީޖާ، 2015 ގެ މޭޑޭ މުޒާހަރާއިން ވަޒަންކޮށްލެވޭނެކަމަށް ވެސް އެ މެބްރުން ބުންޏެވެ.

މި އެއްވުމާއި ދިމާކޮށް ފުލުހުންނާއި ސިފައިން އެލާޓަށް ގެނެސްފައިވާކަމަށް ބައެއް މީޑިއާތަކުން ވެސް ރިޕޯޓުކޮށްފައި ވަނިކޮށް ފުލުހުން އާއްމު ކުރި ބަޔާނެއްގައި ބުނީ ކަނޑު ވިއްކާލުމާއި ދެކޮޅު ނަމުގައި މިރޭ ބާއްވާ ޖަލްސާގައި ގާނޫނާއި ހިލާފު އަމަލުތައް ހިންގުމަށް ބަޔަކު ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ސިޔާސީ ބައެއް މީހުންތައް އެއްވެ ބާއްވާ އެއްވުން ގާނޫނާއި އެއްގޮތަށް ސުލްހަވެރިކަމާއި އެކު ހިންގަމުންދާ ހަރަކާތްތަކަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އަދި އެ ނޫންވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެ މުވައްސަސާއިން އިސްކަން ދޭ ކަމަށެވެ.

އެކަމަކު މިރޭގެ ހަރަކާތާއި ދިމާކޮށް، މާލެއިން ބޭރު ރަށްތަކުން މީހުންތައް އަންނަކަމުގެ މައުލޫމާތުތައް ލިބިފައިވާކަމަށާއި، ބައެއް ބައިވެރިން ގާނޫނާއި ހިލާފު އަމަލުތައް ހިންގުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބޭކަމަށް ފުލުހުން ބުންޏެވެ.

މި ބަޔާނުގައި ފުލުހުން ބުނެފައި ވަނީ ހަރަކާތުގައި އާއްމު ސުލްހައަށް ބުރޫއަރާނެ އެއްވެސް އަމަލެއް ނުހިންގުމަށާއި، ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތީން ކުރިޔަށް ގެންދިއުމަށް އެދޭ ކަމަށެވެ.

ކާނިވާ ސަރަހައްދުގައި މިރޭ 08:45 ގައި ބާއްވާ ޖަލްސާގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ރައީސް މުހައްމަދު ނަޝީދު އުފެއްދުމަށް މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްގެ އިތުރުން، ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބުންކަމަށް ވާ އާޒިމާ ޝަކޫރާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން މިރޭގެ ޖަލްސާގައި ބައިވެރި ނުވުމަށް ނިންމާފައި ނުވީ ނަމަވެސް ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސެއިން އެއްވުމުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ އަލީ ހުސެއިން ޖަލްސާގައި ވާހަކަ ވެސް ދައްކަވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: