ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިސީޖޭގެ ލަފާއަކުން މިހާތަނަށް އިސްތިއުމާރީ އަޅުވެތިކަމަށް ހައްލެއް ގެނެވިފައިނުވޭ: އާޒިމާ

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އައިސީޖޭގެ ލަފާއެއްގެ މަތިން މިހާތަނަށް އިސްތިއުމާރީ އަޅުވެތިކަމުގެ މައްސަލައަށް ހައްލުތަކެއް ލިބިފައިނުވާކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ “ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު” ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ، އިމުގެ މައްސަލައިގައި ދިވެހިރާއްޖެއާއި ދެކޮޅަށް ވަކާލާތު ކުރާ މޮރިޝަސްއަކީ ގެއްލިފައިވާ ވާކަަމަށް އިދިކޮޅުން ފާހަގަކުރައްވަމުންދާ ސަރަހައްދު ބޭނުންކުރާ ބައެއް ނޫންކަމަށެވެ.

އާޒިމާ ވިދާޅުވީ، އައިސީޖޭގެ ލަފައެއް އޮތްކަމުގެ ވާހަކަތައް ދައްކަމުންދަނީ ދިވެހި ސަރުކާރުންކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ރޫލިންގްއެއް އޮތްނަަމަވެސް އިސްތިއުމާރީ އަޅުވެތިކަމުގެ މައްސަލައަށް ހައްލުތަކެއް ލިބިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، މިއަދާއި ހަމައަށްވެސް މޮރިޝަސްއަށް ޗާގޮސް ހަވާލުކޮށްފައިނުވާކަމަށެވެ.

އާޒިމާ ވިދާޅުވީ، މިއަދާއި ހަމައަށްވެސް މޮރިޝަސްއިން ޗާގޮސް ބޭނުންވެގެން އދއަށް ހުށައަޅާފައިވެސް ނުވާކަމަށެވެ. އެހެންނަމަވެސް ރާއްޖެއިންވަނީ މޮރިޝަސްއަށް ޗާގޮސް ދީފައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ތަން މޮރިޝަސްއަށް ދިނުމަށް ފަހު، ސަރުކާރުންވަނީ އެ އަޑުއުފުލަމުންދާ ފަރާތްތަކަށް ގައުމުގެ މަސްލަހަތު ނަގާލަން މަސައްކަތްކުރާކަމުގެ ތުހުމަތުތައްވެސް ކޮށްފައިކަމަށެވެ. އަދި އެ ނިންމުމަށް ބަދަލެއް ނުގެނެވޭނެކަމަށްވެސް ބުނަމުންދާކަމަށް އާޒިމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރުން އިމުގެ މައްސަލައިގައި ވަކާލާތު ކުރި އިރު އިންސާފު ގާއިމުކުރުމަށް ވަކާލާތު ނުކުރާކަމަށެވެ. އޭނާ ވިދާޅުވީ، ހުކުމް ބެލުމުން ރާއްޖެއިން އެންމެ ފުރަތަމަވެސް ވަކާލާތުކޮށްފައިވަނީ ހަމަހަމައަށް ބެހުމަށްކަން ސާފުވެގެންދާކަމަށެވެ. އާޒިމާ ވިދާޅުވީ އިކުއިޑިސްޓަންސްއަށް ބެހުމުގެ ތެރެއިންވެސް އިންސާފުވެރިވުމުގެ ގޮތުން ކަނޑައެޅިފައިވާ އުސޫލުތަކެއް ވާކަމަށެވެ. އެގޮތުން ހަމަ ހަމައަށް ބަހާލުމުން އެއް ފަރާތަކަށް ބޭއިންސާފުވެރިވެވޭ ނަމަ، އެ ރޮނގަށް ބަދަލުތައް ގެނައުމަށް ވަކާލާތުކުރެވޭނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން އެފަދަ ގޮތަކަށް ކަންކަން ނުކުރައްވާކަމަށެވެ.

އޭނާ ވިދާޅުވީ، ދިވެހި ސަރުކާރުން ކަނޑައެޅި ރޮނގުން ފެށިގެން ބަހައިފި ހާލަތެއްގައި ބޭއިންސާފުވެރި ނުވާކަމަށް ބުނެފައިވާމަކަށެވެ. އާޒިމާ ވިދާޅުވީ، އެއީ ދިވެހިރާއްޖޭގެ ގާނޫނުގައި ސަރަހައްދީ އިމެއް ކަނޑައެޅިފައިވަނިކޮށް ބަނޑާރަނައިބު އިބްރާހިމް ރިފްއަތު ވަޑައިގެން ދެއްކެވި ވާހަކަތައް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: