ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލްސާގެ މިސްރާބު ގެއްލުވާލަން ސަރުކާރުން ހިންގީ ހުތުރު ދަށުދަރަޖައިގެ އަމަލެއް: ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސް ވަންނަން ބޭނުންވާ މީހުންގެ ފޯމުތައް އީސީއާއި ހަވާލުކުރަނީ..
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޖަލްސާގެ މިސްރާބު ގެއްލުވާލުމަށް ސަރުކާރުން ހިންގާފައިވަނީ ހުތުރު އަދި ދަށު ދަރަޖައިގެ އަމަލެއްކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

“ބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު” ގެ ނަމުގައި އިދިކޮޅު ޕާޓީތަކާއި ސިޔާސީ ލީޑަރުންގެ ބައިވެރިވުމާއިއެކު ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ޒުވާނުންތަކެއްވަނީ “އިންޑީއާ އައުޓް” ޝިޔާރު ޖަހާފައިވާ ބެނާއެއް ބޭނުންކޮށްފައެވެ. އިދިކޮޅު ޕާޓީތަކުންވަނީ އެފަދަ އަމަލެއްގައި އެ ފަރާތްތަކުގެ އަތެއް ނުވާކަމަށް ފާހަގަކޮށް، އެކަމުގެ ތުހުމަތުތައް ސަރުކާރަށް އަމާޒުކޮށްފައެވެ.

ޑިމޮކްރެޓްސްއިންވަނީ ބަޔާނެއް ނެރެފައެވެ. ޑިމޮކްރެޓްސްއިން ބުނެފައިވާގޮތުން، ބެނާ ހިފައިން ތިބި ޒުވާނުންނަކީ ސަރުކާރުން ފޮނުވާފައިވާ ބައެކެވެ. އަދި އެ ކަމުގެ މަގުސަދަކީ ޖަލްސާގެ މިސްރާބު އޮޅުވާލުމަށާއި ހަމަނުޖެހުންތަކެއް އުފެއްދުންކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޑިމޮކްރެޓްސްއިން ބުނެފައިވާގޮތުން، ސަރުކާރުން ހިންގާފައިވަނީ މަކަރުވެރި އަމަލެކެވެ. އަދި އެ އަމަލު ކުށްވެރި ކުރާކަމަށާއި އެކަންކޮށްފައިވަނީ ރާއްޖޭގެ އަވައްޓެރި ގައުމުތަކާއި ދެކޮޅަށް އިދިކޮޅުން ހަރަކާތެއް ހިންގިކަމަށް ދެއްކުމަށް ކަމަށްވެސް ބުނެފައިވެއެވެ. ބަޔާނުގައި ބުނެފައިވާގޮތުން ޑިމޮކްރެޓްސްއިން އެފަދަ އެއްވެސް އަަމަލެއްގައި ޝާމިލުނުވާނެއެވެ.

ޑިމޮކްރެޓްސްއިންވަނީ އެ ޕާޓީގެ ހާރިޖީ ސިޔާސަތު އޮތްގޮސްވެސް ސާފުކޮށްދީފައެވެ. އެގޮތުން އަވައްޓެރި ގައުމުތަކުގެ އިތުރުން އެހެނިހެން ގައުމުތަކާއިއެކުވެސް ގާތް ގުޅުންތަކެއް ދަމަހައްޓާނެކަމަށާއި ރާއްޖޭގެ ޑިމޮކްރެސީގެ ދަތުރުގައި ޝާމިލުވެފައިވާ އަވައްޓެރި ގައުމުތަކަށް ޝުކުރުވެރިވާކަމަށްވެސް ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވާގޮތުން، ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޖަލްސާއަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިމުގެ މައްސަލައިގައި ސިއްރިއްޔާތުގައި ހިންގަމުންދާ މުއާމަލާތްތަކާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އަދި އެއީ ރައީސް ސާލިހުގެ ސަރުކާރުން މަޖިލީހަށާއި ރައްޔިތުންނަށް ކަންކަން ފޮރުވަމުންދާތީ ވެސް އަޑުއުފުލުމުގެ ގޮތުން ހިންގި ހަރަކާތެއްކަމަށް ބުނެފައިވެއެވެ. ޑިމޮކްރެޓްސްއިން ބުނެފައިވާގޮތުން، އެ ޖަލްސާ އަކީ ރައީސް ސާލިހުގެ ސަރުކާރުން ރާއްޖޭގެ ބައެއް ވިއްކާލާފައިވާކަމާއިމެދު އަޑުއުފުލުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ބަޔާނުގައި ޑިމޮކްރެޓްސްއިންވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީ ހިއްސާނުކުރައްވާ ސިއްރުކުރައްވަމުންދާކަމަށްވެސް ފާހަގަކޮށްފައެވެ. އަދި ރައީސް ސާލިހު ރާއްޖޭގެ އިމުން ބައެއް ދޫކޮށްލި މައްސަލައިގައި އެ ފަރާތްތަކުން އެހެނިހެން ސިޔާސީ ޕާޓީތަކާއިއެކުވެސް މަސައްކަތްތައް ކުރިއަށް ގެންދާނެކަންވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: