ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ފަސޭހަކޮދޭން ގާނޫނަށް ބަދަލު ގެންނަންޖެހޭ: ރައީސް

ވީ އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ.)ގެ މެންބަރުންނާއި ރައީސް ބައްދަލުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ލުއިފަސޭހަކޮދޭން ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ.)ގެ މެންބަރުންނާއި ބައްދަލުކުރައްވައި އައްޑޫސިޓީގައި އަންހެނުންގެ ތަރައްޤީއަށް ކުރިޔަށްގެންދެވޭ މުހިންމު ކަންކަމާގުޅޭގޮތުންނާއި އެކޮމެޓީއަށް ކުރިމަތިވާ ދަތި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައެވެ.

މި ބައްދަލުކުރެއްވުން އޮތީ އައްޑޫސިޓީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމެޓީގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އ.ތ.މ. ކޮމެޓީތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ކައުންސިލުތަކުގެ ބަޖެޓުން މިހާރު ކަނޑައަޅާފައިވާ އިންސައްތަ މިހާރަށްވުރެ މަތިކުރުމަށާއި އަދި ސިޓީ ކައުންސިލުތަކުގެ އ.ތ.މ ކޮމެޓީގެ މެންބަރުންނަށް އިތުރު އެލަންވަންސްތައް ހަމަޖެހުން ފަދަ ކަންކަން ފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުންވެސް އަންހެނުން އިތުރަށް ބާރުވެރިކުރުމަށް މަގުފަހިކުރުމަށް ކުރަންހުރި އިތުރުކަންކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ބައްދަލުކުރެއްވުމުގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުގައި އ.ތ.މ. ކޮމެޓީތަކަށް ބޭނުންވާ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން ފަހިކުރެވެންހުރި އިތުރުކަންކަން ބައްލަވައި އެކަންކަން ފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިހު އައްޑޫސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: