ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރައީސާއި، 13 މެންބަރުންނަށް ފެންނަ ގޮތަކަށް އިތުބާރު ނެތްކަމަކަން ހުށަނޭޅޭނެ: ރިއްފަތު

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މީގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އާއި، މަޖިލީހުގެ 13 މެންބަރުންނަށް ފެންނަ ގޮތުގެ ސަބަބުން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅޭނެކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ރިއްފަތު ހާޒިރުކޮށް، އޭނާގެ އިތުރުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާއިރު، މަޖިލީހުގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މެންބަރުން އުފެއްދި ހަމަނުޖެހުމުގެ ސަބަބުން މަޖިލީހުގެ ހެދުނުގެ ސެޝަންގައި މި މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.

ބްރޭކްއަށްފަހު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅުއްވާ ދިފާއުގައި ވާހަކަދެއްކެވުމުގެ ފުރުސަތު ރިއްފަތަށް ދެއްވުމުން އެބޭފުޅާ ވިދާޅުވީ، ސިޔާސީ މަސައްކަތުގައި ހަތުރުން މިތުރުންނަށްވެ، މިތުރުން ހަތުރުންނަށްވުމަކީ ދުނިޔޭގެ ތޮބިއްޔަތަށްވެދާނެކަމަށާއި، ނަމަވެސް ގާނޫނީ މަސައްކަތަކީ ތަފާތު މަސައްކަތެއްކަމަށެވެ. ދައުލަތުގެ ބާރުތަކުގެ މައްޗަށް އޮންނަނީ ގާނޫނުތަކުގެ ސިޔާސަތުކަމަށެވެ. ހިތުހުރި ގޮތަކަށް ގާނޫނު މާނަކުރުން ނޯންނަކަމަށާއި، އެކަނކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ކޯޓުތަކާއިކަމަށް ރިއްފަތު ވިދާޅުވިއެވެ.

ދެކުނުގެ އީއީޒެޑުގެ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުން ވެފައިވާ އިހުމާލު ވެސް އިންތިހާއަށް ބޮޑު. އެކަން އަޅުގަނޑު ލަދުވެތިކަމާއެކު ފާހަގަ ކުރަން.

ގާނޫނު އަސާސީގެ 133 ވަނަ މާއްދާއާއި ހިލާފަށް އޭނާ އަމަލުކޮށްފައިވާކަމަށް މަޖިލީހުގެ 13 މެންބަރުން ނިންމީ ގާނޫނުގެ ކޮން އުސޫލަކުންތޯ ރިއްފަތުވަނީ ސުވާލުކުރައްވާފައެވެ. އަދި ގާނޫނު އަސާސީގެ 101 ވަނަ ހ ގައި ސަބަބު ބަޔާންކޮށްގެން މެނުވީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަނޭޅޭނެކަމަށްކަން ރިއްފަތު ފާހަގަކުރެއްވިއެވެ.

އޭނާ ޗާގޮސްގެ މައްސަލައިގައި ވަކާލާތުކުރި ގޮތާއިމެދު، މަޖިލީހުގެ ރައީސް އާއި، މަޖިލީހުގެ 13 މެންބަރުންނަށް ހިތަށް ފެންނަ ގޮތަކީ ގާނޫނު އަސާސީގައި ބުނާ ސަބަބު ނޫންކަމަށް ރިއްފަތު ވިދާޅުވިއެވެ. އަދި ތަކުރާރުކޮށް ރިއްފަތު ވިދާޅުވީ މި މައްސަލައިގައި އޭނާ އިސްކޮށްފައިވާނީ ރާއްޖޭގެ މަސްލަހަތުކަމަށެވެ. ކުރީ ސަރުކާރުތަކުން އިހުމާލުވެފައި އޮތް މި މައްސަލައިގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ރާއްޖެއަށް ހޯދައިދިނީ ކާމިޔާބީކަމަށް ރިއްފަތު ވިދާޅުވިއެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 80%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: