ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ރައީސް ނަޝީދު ނިންމަވައިފި

ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

މި މައްސަލަ މަޖިލީހަށް އެޖެންޑާކޮށް ކުރިއަށްގެންދާ މިއީ ތިން ވަނަ ދުވަހެވެ. މި މައްސަލަ ފުރަތަމަ މަޖިލީހަށް އެޖެންޑާކުރި ދުވަހު މައްސަލަ ކުރިއަށް ނުގެންދެވުނީ ރިއްފަތު ލިޔުމުން ޖަވާބުދާރީވުމުން ދެން ކަން ކުރާނެ ގޮތުގެ އުސޫލެއް އާންމު ކޮމިޓީއިން ފާސްކޮށްފައި ނެތުމުންނެވެ.

އެއަށްފަހު ރިއްފަތު މަޖިލީހަށް ހާޒިރުވުމަށް އެދުމުން ހާޒިރުކޮށްފައިވަނީ މަޖިލީހުގެ އިއްޔަގެ ޖަލްސާއަށެވެ. ނަމަވެސް މެންބަރުންގެ ނިޒާމީ ނުކުތާތަކާއި، އަދި މެންބަރުން ހިންގި ހަމަނުޖެހުމުގެ ސަބަބުން މައްސަލަ މަޖިލީހުގެ ހެދުނުގެ ސެޝަންގައެއް ހުށައެއްނޭޅުނެވެ. ރިފްއަތު ޖަވާބުދާރީވުމުގެ ބައި ފެށުނީ ބްރޭކަށް ފަހު 11:30 ގައެވެ.

ރިފްއަތު ފުރަތަމަ ފުރުސަތުގައި ވާހަކަ ދައްކަވަމުން ގެންދެވިއިރު، ބައެއް މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވަމުން ގެންދެވި އެވެ. އެގޮތުން އެންމެ ފުރަތަމަ ނިޒާމީ ނުކުތާ ނަންގަވައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މައްސަލަ ހުށަހަޅުއްވައި މަޑުއްވަރީ ދާއިރާގެ މެމްބަރު ގިނަ ސުވާލުތައް ކުރެއްވިކަމަށާއި އެކަމަކު ރިފްއަތު ޖަވާބު ދެއްވަނީ ބަހުގެ ހަމަލާތައް ދޭ މޭރުމަކުން އެކި ބޭފުޅުންނަށް އަމާޒު ކުރާ ތުހުމަތުތަކާއި އެކު ކަމަށެވެ.

އެހެންކަމުން އެ ނޫންގޮތަކަށް ކުރިޔަށް ގެންދެވޭނެކަމަށް ގަބޫލު ނުކުރާކަމަށާއި، ޖަވާބުދޭން ޖެހޭނީ މައްސަލަ ހުށަހެޅި މެމްބަރުންގެ ސުވާލުތަކަށްކައެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުމަށް އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ތަޅުން އަނެއްކާވެސް ހޫނުވި ހިސާބަކީ އެއީ އެވެ. އިދިކޮޅު މެމްބަރުން ވެސް ވަނީ އާޒިމްގެ ވާހަކައާއި އެކު އޭނާއަށް ތާއީދުކޮށް ތަޅުމުގައި އަޑުގަދަކޮށްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހަށް ފޮނުއްވި ޖަވާބާއި ގުޅިގެން، އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ބުނެވެސް ކުއްލި މައްސަލައެއް ހުށައެޅިއެވެ. 48 މެންބަރުންގެ ވޯޓާއިއެކު މައްސަލަ ތަޅުމުން ބޭރުކޮށްލުމުންވެސް މައްސަލަ ހުށައެޅުއްވި މެންބަރުން ވަނީ ނަތީޖާ ބަލައިގަތުމަށް ދެކޮޅުހައްދަވާފައެވެ. އަދި ނިޒާމު ގެއްލުވާލުމަށް މަސައްކަތްކުރުމުގެ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވާ ނިންމެވީ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: