ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެސީއަކީ އެތައް މަރުހަލާއެއްގެ ތެރެއިން ހިންގޭ ކަމެއް: ރައީސް ނަޝީދު

ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު: ފޮޓޯ / މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރެސީއަކީ އެތައް ޕްރޮސެސްއެއްގެ ތެރެއިން ހިންގޭކަމެއްކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަނޑާރަނައިބު އިބްރާހިމް ރިފްއަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ބުނެ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުވަނީ އިމްތިޔާޒުގެ މައްސަލައެއް ތަޅުމުގައި ބަހުސްކުރެއްވުމަށާއި ކޮމިޓީއިން ގޮތް ނިންމެވުމަށް ފޮނުއްވާފައެވެ. އެހެންނަމަވެސް މަޖިލީހުގައި ސަރުކާރުގެ އަގުލަބިއްޔަތު އޮތުމުން ބަހުސްކުރުމަށް ފާހެއް ނުވިއެވެ.

މަޖިލީހުގެ ތެރޭގައި ހަލަބޮލިކަން އުފެދިފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ، އިމްތިޔާޒުގެ މައްސަލައެއް ހުށައެޅުއްވުމުގެ ހައްގު ކޮންމެ މެމްބަރަކަށްވެސް ލިބިވަޑައިގެންވާކަމަށެވެ. އަދި އެމަނިކުފާނަށްވެސް އެ ކަން ނުހުއްޓުވޭނެކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ހުސައިން އަކީ ގާބިލު މެމްބަރެއްކަމަށެވެ. އަދި ބަހުސްކުރުމަށާއި ކޮމިޓީއަށްވެސް ފޮނުއްވީ އެހެންކަމުންކަމަށް ރައީސް ނަޝީދު އިޝާރާތްކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މައްސަލަ ހުށައެޅިގެން ދިއުމާއި ދެކޮޅަށް ތިއްބެވި މެމްބަރުން އެހެން މަގެއް އެމަނިކުފާނަށް ދެއްކެވުމުން އެ މަގަކުން ކުރިއަށް ވަޑައިގަންނަވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޑިމޮކްރެސީއަކީ ގިނަ އަދަދެއްގެ މަރުހަލާތަކުގެ ތެރެއިން ހިންގޭ ކަމެއްކަން މެމްބަރުނަށް އެނގިވަޑައިގަންނަވާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެދިވަޑައިގެންފައިވަނީ 13 މެމްބަރެއްކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ކުރެވޭނީ ކުރިމަތިވާ ދަތިތަކަށް ހައްލުތަކެއް ހޯދައިގެންކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ 13 މެމްބަރަކު ހުށައަޅުއްވާފައިވާ މައްސަލަ އެ ބޭފުޅުން އަނބުރާ ނުގެންދަވާ ހިނދު، އެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖުބޫރުވެވަޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭނީވެސް މަޖިލީހުގެ ގަވައިދު ތަންދޭވަރުންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: